ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ. އެ މެޑިކަލް ކޭމްޕް އިންތިޒާމްކޮށްފައި ވަނީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިންނެވެ. އެގޮތުން އެ މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ. ”މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް“ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން […]