އެޗްއާރްސީއެމްގެ މެމްބަރު މޫސަ މަގާމުން އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މެމްބަރު މޫސަ ކޮމިޝަނުން އިސްތިއުފާ ދެއްވިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި، އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ. މޫސަ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ވިދާޅުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ […]
އީނާސް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ: މެމްބަރު ސިރާޖު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސްކަމުން އިސްތިއުފާދެއްވި އައިމިނަތު އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވަން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން އެދިވަޑައިގެންފިއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މެމްބަރު ސިރާޖު ވިދާޅުވީ، ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމަށް އަންގާފަައިވަނިކޮށް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ ކަމަށެވެ. އަދި، އީނާސްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީ ހުސައިން […]