ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ތަހްޤީޤް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ތަހުޤީޤީ ކޮމިޝަނެއް އެކުލަވައި ލައިފިއެވެ. އެ މިނިސްޓްރީން އެކުލަވައި ލެއްވި މިކޮމިޓީއިން ބަލަން ނިންމަވާފައިވާ މައްސަލަތަކަކީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހީމްއާއި އަބްދު ހަމީދު އަދި އަލީ ސަމީރު، ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްގެ އިތުރުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު […]