ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިޔާ ޕްލެޓްފޯމްގައި ކުރި އެންމެ ޕޯސްޓަކުން 500 މިލިއަން ޑޮލަރު

އެމެރިކާގެ ރައީސް ކަމަށް މިހާރު ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ އަމިއްލަ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ”ޓްރުތު ސޯޝަލް“ ގައި އޭނާ ކުރެއްވި އެންމެ ޕޯސްޓަކުން ޓްރަމްޕްގެ މީޑިޔާ ކޮމްޕެނީގެ ނެޓް އަގު 500 މިލިއަން ޑޮލަރުން އުފުލިގެންދިޔަ ކަމަށް ސީއެންއެން އިން ރިޕޯޓް ކޮށްފިއެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ”ޓްރަމްޕް މީޑިޔާ“ ގެ ސްޓޮކް ގެ އަގު އުފުލުމަށްފަހު ހުކުރު ދުވަހު އަލުން ވަނީ ވަރަށް ބޮޑަށް އަގު ވެއްޓިފައެވެ. […]

ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަނީ

ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ ”ފޮރިން ޕޮލިސީ“ ބުނާގޮތުން އެމެރިކާގެ ދިފާއީ ވުޒާރާގެ ސިޔާސީ މުވައްޒަފުންނަށްވަނީ އިންތިޚާބުގައި ޓްރަމްޕަށް ވޯޓުލާނެކަމަށް ނުބެލެވޭ މުވައްޒަފުން ވަކިކުރާނެކަމުގެ ނުސީދާ އިންޒާރެއް ލިބިފައެވެ. ދާދިފަހުން ވައިޓް ހައުސްގެ ބައެއް މަސްއޫލުވެރިން ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށްފަހު އެފަދަ ނުސީދާ އިންޒާރުތައް […]