ސައުދީގެ މައްޗަށް ހޫތީންގެ ބޮޑެތި ތުޙުމަތުތަކެއް ފެންމަތިވެއްޖެ

ޔަމަނުގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ވަރުގަދަވަމުންދާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައޫދީ އަރަބިއްޔާއިން 26 ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތުހުމަތުކޮށްފިއެވެ. ހުކުރު ދުވަހު ހޫތީން ބުނި ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސައޫދީން ދިން ހަމަލާތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 300 އަށް އަރާފައެވެ. މި މައުލޫމާތު އޭއެފްޕީން ރިޕޯޓުކޮށްފައިވާއިރު، ސައޫދީގެ ކަމާބެހޭ ފަރާތްތަކުން […]
ޙޫތީންގެ ޙަމަލާތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މައްކާގައި ވައިގެ ޙަމަލާގެ އިންޒާރު ނެރެފި

ޔަމަނުގެ ޙޫތީ ހަނގުރާމަވެރިންގެ ޙަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން މާތްވެގެންވާ މައްކާ ސިޓީގައި ފުރަތަމަ ފަހަރަށް ވައިގެ ޙަމަލާގެ އިންޒާރު ނުވަތަ އެއާ ރެއިޑް އެލާޓް ނެރެފި ކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފިއެވެ. ސަޢޫދީގެ ސިވިލް ޑިފެންސުން އަންގާރަ ދުވަހު ވަނީ އެ ޤައުމުގެ ހުޅަނގު އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ވަގުތީ އިންޒާރުތަކެއް ނެރެފައެވެ. މީގެ ތެރޭގައި މައްކާ، ޖިއްދާ އަދި ތާއިފް ހިމެނެއެވެ. އޭގެ ފަހުން މައްކާއަށް ނެރުނު އިންޒާރު ވަނީ އުވާލާފައެވެ. ކަމާބެހޭ ފަރާތްތަކުން […]
މައްކާއަށް އަމާޒުވި ހަމަލާއަކުން ސަލާމަތްވީ ހަމަ ކިރިޔާ!

ޔަމަނުގެ ހޫތީން ޖަމާއަތުން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް، އެގައުމުގެ ކޯލިޝަން ފައުޖުތަކުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މިދަނޑިވަޅުގައި މި ހާދިސާއާ ގުޅިގެން އިސްލާމްދީނުގެ އެންމެ މާތް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ހާދިސާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދޭ ކަމަށް ބުނާ މިފަދަ ހަމަލާތަކަކީ މާތްވެގެންވާ ބިންތަކާއި މިސްކިތްތަކުގެ ހުރުމަތް […]
ސައޫދީ އަރަބިއްޔާގެ ވަލީއަހުދާއި ޓްރަމްޕާއި ދެމެދު ފޯނުން މިކުރީ ކޮންކަހަލަ މުއާމަލާތެއްބާ؟

އީރާނާއި ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މަޝްވަރާ ކުރުމަށް ބާރުއަޅުއްވައި، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވީ، ރޭވިފައިވާ ހަމަލާތައް ހުއްޓާލިކަން ޓްރަމްޕް އިއުލާން ކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި، ގަލްފުގެ ސަލާމަތް ރައްކާތެރިކުރުމަށާއި، ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ފަދަ ފުޅާ ދާއިރާއެއްގެ ހަނގުރާމައަކުން ދުރުހެލިވުމަށް އެމް.ބީ.އެސް ބާރުއެޅުއްވިއެވެ. މި ފޯން ކޯލަކީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ […]
ޔަމަނާއި ސައޫދީއާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކަށް ބަލައިލުމެއް

ޖުލައި 24 ވަނަ ދުވަހުގެ ރޭ ސައޫދީން ޔަމަނުގެ ހުޅަނގު ޕްރޮވިންސެއް ކަމަށްވާ ހުދައިދާގެ ބަނދަރަށް ދިން ގިނަ ހަމަލާތަކަކާ ގުޅިގެން، އަންޞާރުﷲ އިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ހޫޘީންގެ އަލް-މަސީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައޫދީގެ ހަމަލާތައް އަމާޒުވެފައިވަނީ ހުދައިދާ ސިޓީގައި ހުރި ޓެލެކޮމިއުނިކޭޝަން ކޯޕަރޭޝަންގެ ވަސީލަތްތަކަށެވެ. އަދި މި ހަމަލާގައި އެތަނުގެ މުވައްޒަފަކަށް އަނިޔާވި ކަމަށް އެ ނޫހުން ބުނެއެވެ. މީގެއިތުރުން އެ ޕްރޮވިންސްގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ހަމަލާދީފައިވާ އިރު، ކަމަރާން […]
ސައުދީގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ.އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން […]
އުމްރާވެރިން ބައިބޯވާ ގަޑިތަކުގައި ހަރަމްފުޅަށް ނުދިއުމަށް ސައޫދީގެ ކަމާބެހޭ އިދާރާއިން އަންގަން ފަށައިފި

ރަމްޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށިފައިވާއިރު،މިދުވަސް ކޮޅުގެ ތެރޭ އުމްރާވުމަށް ދާމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ. މިއާއެކު ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ދަނީ އުމްރާވެރިން، އުމްރާގެ ރުކުންތައް އަދާކުރުމަށް އުޅޭއިރު ވީހާވެސް ބޮޑަކަށް ބައިބޯވާ ގަޑިތަކުގައި ހަރަމް ފުޅަށާ އެހެންވެސް އެފަދަ ތަންތަނަށް ނުދިއުމަށް އަންގަމުންނެވެ.އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ގޮތުގައި މެންދުރުފަހު 4ން ރޭގަޑު 10އަށް އަދި ފަތިހު 5ން ހެނދުނު 8އަށް މިއީ މީހުން […]
ސަޢޫދީ އާއި ޤަތަރާ ދެމެދު ހައި ސްޕީޑް ރޭލުން ގުޅާލަނީ

ސަޢޫދީ އާއި ޤަތަރާ ދެމެދު ހައި ސްޕީޑް ރޭލުން ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސައުދީގެ ރަސްމީ މީޑިއާގައި ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ”ހައިސްޕީޑް އިލެކްޓްރިކް ޕެސެންޖަރ ރޭލްވޭ“ އިން ރިޔާޒުގެ ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓާއި ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުވައިދޭނެ ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސައުދީގެ އަލް ހޮފޫފް އާއި ދައްމާމް ވެސް މި ނެޓްވޯކްގައި ހިމެނޭނެއެވެ. އެ ރޭލު ގަޑިއަކު 300 ކިލޯމީޓަރަށް ވުރެ ބާރު މިނުގައި […]
އަމިއްލަޔަށް ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ގެ ޚިދުމަތް ތައާރަފް ކޮށްފި

ބޭރު ގައުމުތަކުގެ މީހުންނަށް،މެދުވެރިވާނެ ފަރާތެއް ނެތި އޮންލައިންކޮށް އަމިއްލަޔަށް އުމްރާ ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ ގެ ޚިދުމަތް ސައުދީއަރަބިއްޔާ ސަރުކާރުން ބުދަދުވަހު ތައާރަފް ކޮށްފިއެވެ. މިޚިދުމަތުގެ ދަށުން އުމްރާވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމާއި އަދި ދަތުރު ކުރާނެ ވެހިކަލް ވެސް އަމިއްލަޔަށް ހަމަޖެއްސޭނެއެވެ. ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުސުކް އުމްރާ ގެ ޚިދުމަތް ތައާރަފްކުރީ ބޭރު ގައުމުތަކުން އުމްރާވުމަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމަށް އަމާޒު […]
ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ހޮސްޕިޓަލުގެ 14 ސެންޓަރަކަށް ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެ

ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަންގަޅު ކަމަށް މަޝްހޫރުވެފައިވާއިރު، އެހޮސްޕިޓަލުގައި 14 ދާއިރާއަކުން ފަރުވާދޭ 14ސެންޓަރަކަށް ސާޖިކަލް ރިވިއު ކޯޕޮރޭޝަން (އެސްއާރުސީ) ން ދޭ ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެއެވެ. މިއީ މުޅި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި މިއީ އެއް ހޮސްޕިޓަލަކަށް އެންމެ ގިނަ އެކްސެލެންސް ސެޓްފިކެޓް ލިބުނު ހޮސްޕިޓަލަށް ވަނީ ވެފައެވެ. ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލަށް 14 ”ސެޓްފިކެޓް އޮފް އެކްސެލެންސް“ ލިބިފައިވަނީ ރައްކާތެރި، މަތީ […]