20އަހަރު ކޯމާގައި އޮންނެވުމަށްފަހު ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަ ވެއްޖެ

”ސްލީޕިންގ ޕްރިންސް“ގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރައްވާފައިވަނީ ބައްޕަ،ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ. ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ކޯމާގެ ހާލަތަށް ދިޔައީ ކިޔަވާ ވިދާޅުވަން ލަންޑަންގައި ހުންނެވިއިރު 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސީޑެންޓަކަށް ފަހުއެވެ. އެދުވަހުން ފެށިގެންވެސް ލައިފް ސަޕޯޓުން ނަގަން ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ ދެކޮޅު […]
ސައުދީ އަރަބިއްޔާ އާއި ރަޝިޔާއާއި ދެމެދު މައިނިން އަދި ފާމަސިއުޓިކަލްސްގެ ބޮޑެތި އިންވެސްޓްމަންޓް ޕާރޓްނަޝިޕްތަކެއް!

ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މައިނިން އަދި ބޭސްވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ކުރަމުންގެންދާކަން އިތުބާރުހުރި މަސްދަރުތަކުން ހާމަވެއްޖެއެވެ. މި ހަފްތާގެ ކުރީކޮޅު ފެށި މި މަޝްވަރާތަކަކީ، ސައުދީ އަރަބިއްޔާގެ ވިޝަން 2030 ގެ އަމާޒުތަކުގެ ތެރެއިން، ތެލުގެ ބާޒާރުގެ ބޭރުން އިގްތިސާދު ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމުގެ ބައެކެވެ.މިގޮތުން، ރަޝިޔާއިން، ރަނާއި ފޮސްފޭޓް ހިމެނޭގޮތަށް، ސައުދީ އަރަބިއްޔާގެ މަޢުދަނީ ވަސީލަތްތަކަށް އިންވެސްޓްކުރާއިރު، ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި ބަދަލުގައި ސައުދީގެ އަމާޒަކީ ކެޕިޓަލް […]
ސައޫދީ އެއާލައިނެއްގެ ކެބިން މެނޭޖަރު ދަތުރު މަތީގައި މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ޖިއްދާއިން ފުރައިގެން ލަންޑަން އަށް ދަތުރުކުރި ސައޫދީ އެއާލައިން ”ސައުދިއްޔާ“ގެ މަތިންދާބޯޓެއްގައި ޑިއުޓީގައި ހުރި ކެބިން މެނޭޖަރު ކުއްލިގޮތަކަށް މަރުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ކެބިން މެނޭޖަރު މުހްސިން ބިން ސައީދު އަލްޒަހްރާނީ މަރުވެފައި ވަނީ ސިއްހީ ކުއްލި މައްސަލައެއް ކުރިމަތިވުމުން ކެބިން ކްރޫ އަދި ބޯޓުގައި އެ ވަގުތު ތިބި ޑޮކްޓަރުންނާއި ނަރުހުން ފަރުވާދީދީ އޮއްވާ ކަމަށް ވެއެވެ. ހާދިސާ ކުރިމަތިވުމަށްފަހު ބޯޓުވަނީ އިމަޖެންސީކޮށް މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓްގައި […]