ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެއް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ. އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެ އަންނަން މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސް އެކަންޏެވެ. އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. އަދި […]