ޖަޕާނުގައި 100 އަހަރުން މަތީގެ ގާތްގަނޑަކަށް 100،000 މީހުން މިހާރު އެބަތިބި

އުމުރުން ދުވަސްވީ މީހުންގެ އައު ރިކޯޑެއް ޖަޕާނުގައި އަނެއްކާވެސް ގާއިމް ކުރެވި،ސަތޭކަ އަހަރުންމަތީގެ މީހުންގެ އަދަދު މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ.     ސަރުކާރުން ހުކުރު ދުވަހު އާންމު ކުރި މައުލޫމާތުތައް ބުނާ ގޮތުން ސަތޭކައަހަރަށް ވުރެ އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ 99،763 އަށް އަރާފައެވެ. މީގެ ތެރެއިން 88 އިންސައްތަ އަކީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. ޖަޕާނުގައި ސަތޭކަ އަހަރަށް ވުރެ އުމުން […]

ރިޔާސީ ބޭނުންތަކަށް ޖެޓަކާއި ގައުމުގެ ބިމުން ބިޔަ މިލިޓްރީ ބޭސްއެއް ދިނީމާވެސް ނުފުދުނު

އަރަބި ގައުމުތަކުގެ ތެރެއިން އެމެރިކާއާއި އެންމެ ގާތް ގުޅުމެއް އޮނަ ކަމަށް ބެލެވެމުން އައި ގަތަރުން އެމެރިކާގެ މިލިޓްރީ ބޭސްއަކަށް ބޮޑު ބިމެއްދީ މިލިޓްރީބޭސް މަރާމާތުކޮށް ހިންގުމަށް ބޮޑެތި ޚަރަދުތަކެއްވެސް ކޮށްދެމުން ގެންދިއުމާއެކު މީގެ ހަތަރުމަސް ދުވަސް ކުރިން ގަތަރަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް  ވަޑައިގަތުމުން ރަތްދޫލައިން މަރުހަބާ ކިޔައި ރިޔާސީ ބޭނުންތަކަށްޓަކައި 400 މިލިއަން ޑޮލަރުގެ އަގުބޮޑު ލަގްޒަރީ ޖެޓެއް ހަދިޔާކޮށް އަދި އެތައް ބިލިއަން އެމެރިކާ ޑޮލަރ އެމެރިކާގައި އިންވެސްޓްކުރަން އެއްބަސްވުމުންވެސް ނަހަލާލު […]

މަސައްކަތްކުރަން ޖެހޭ ވަގުތާއި ނިކުންނަ ނަތީޖާއާ ދޭތެރޭ ވިސްނާލުން ރަނގަޅުވާނެއެވެ.

އަވީވާ ގުރޫޕުން ވަރަށްފަހުން ކުރި ދިރާސާއެއްގައި 2020 ވަނައަހަރުގެ ކޮރޯނާ ވައިރަސްގައި ގައުމުތައް ބަންދުވެގެންދިޔަ ދެ ތިން އަހަރަށްފަހު އަލުން ހަމަޔަކަށް އެޅުނުއިރު މީހުންގެ ވިސްނުމާ ފިކުރަށްވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. އޭގެތެރޭގައި މަސައްކަތުގެ ވެއްޓާއި ކުރާ މަސައްކަތާއި އަދި މަސައްކަތްކުރަންޖެހޭ ގޮތާއި ވަގުތާ ދޭތެރޭވެސް ވިސްނުން ވަނީ ކަފިވެފައެވެ.                        ތަޖްރިބާކާރުންގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހުމުން ފޫހިވުމާއި ފަރުވާ ކުޑަކުރުން ނޫން އެހެން ނަތީޖާއެއް ނުލިބެއެވެ. އަދި ހަމަ އެފަދައިން […]

ޔޫ.އެން. އަދި ޢަރަބީން ޑިމޮކްރެޓި މިނިވަން ފަލަސްތީނެއް ބޭނުންވޭތަ؟

އެންމެފަހުން ފަލަސްތީނުގައި ބޭއްވުނު ”ފްރީ އެންޑް ފެއަރ“ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރި، ރައްޔަތުންގެ 80% ސަޕޯޓް ލިބިފައިވާ ޙަމާސް ބައިވެރި ނުކޮށް އުފައްދާ ފަލަސްޠީނުގެ ދައުލަތެއް ފަލަސްޠީނުގެ ރައްޔިތުން ބަލައި ނުގަންނާނެ ކަން މިޤަރާރު ހުށަހެޅި ޤައުމުތަކަށް ވެސްރަނގަޅަށް އެނގޭނެއެވެ. ފަލަސްޠީނަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި އޮންނަ ދައުލަތެއް ނޫނެވެ. ތިފަދަ ކިތަންމެ ކަރުދާހެއް ފާސްކޮށްފިނޫން ހެއްޔެވެ. މިނިވަން ދައުލަތެކެވެ! ހަމައެކަނި ނަމެއްގައި އޮންނަ ދައުލަތެއް ވެސް ނޫނެވެ. އަދި އިޒްރޭލަށް އެމެރިކާ އާއި އިނގިރޭސިންގެ ފުލް […]

ައަހަރެމެން މި އަންނަނީއެވެ. ތައްޔާރަށް ތިބޭށެވެ.

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ދާދިފަހުން ޗައިނާއިން ބޭއްވި މިލިޓްރީ ޕެރޭޑެއް ބެލުމަށްފަހު އެމެރިކާގެ 7 ވަނަ އާރމީގެ ކޮމާންޑިންގ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް މާރކް ހާރޓިން ފާޅުކޮށްފައިވާ އޭނާގެ ޚިޔާލުގެ ތަންތަންކޮޅެވެ. ޗައިނާގެ މިލިޓްރީ ޕެރޭޑް ހިނގަމުންދިޔައިރު އަޑުއިވެމުންދިޔަ ކޮމެންޓްރީއަށް ހުޅަނގުގެ ގައުމުތަކުން ވިސްނަމުން ގެންގޮސްފައިވަނީ ސިޔާސީ ނަޒަރަކުން ކަމުގައި ލަފާކުރެވެއެވެ. ރަޝިޔާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރާއި އިންޑިއާގެ ބޮޑު ވަޒީރު އަދި ބައެއް ނޭޓޯ ގައުމުގެ ވެރިން ތިއްބެވުން ފާހަގަ ކުރެވިގެން […]

ހަމަނުޖެހުން ބޮޑު ދުވަސް ތަކަކަށްފަހު ނޭޕާލްގައި ފުރަތަމަ އަންހެން ބޮޑުވަޒީރު މަގާމްގެ ހުވާ ކުރައްވައިފި

ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށްފަހު ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފިއެވެ. ހުކުރު ދުވަހުގެ ރޭ ހުވާކުރެއްވި އައު ބޮޑުވަޒީރަކީ ސުޕްރީމްކޯޓުގެ ޗީފް ޖަސްޓިސް ކަން ކުރިން ކުރައްވާފައިވާ ސުޝީލާ ކާކީ އެވެ.އުމުރުފުޅުން 73 އަހަރުގެ ސުޝީލާ ކާކީ އެ މަގާމަށް އައްޔަން ކުރަން އިހްތިޖާޖް ތަކުގެ އިސް ލީޑަރުން އެއްބަސް ވެފައިވަނީ ”ޑީލް“ އެއްގެ ދަށުން ކަމަށް ޚަބަރުލިބެއެވެ. ސަރުކާރުން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބަންދު ކޮށްލުމުން އާންމުގެ […]

ޕާކިސްތާނުގެ ޕަންޖާބްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި

ޕާކިސްތާންގެ ޕަންޖާބުޕްރޮވިންސުގެ ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި ވުމާއި އެކު އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ޕަންޖާބްގެ އިތުރުން ސިންދު ޕްރޮވިންސުންވެސް އެއްލައްކަ ފަންސާސް ހާހެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޗީފް އިނާމް ހައިދަރު މާލިކް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވާފައި ވެއެވެ. ޕާކިސްތާނުގެ އިރުމަތީ ސަރަހައްދަށް މޫސުން ގޯސްވެ ޖޫން މަހުން ފެށިގެން އަންނަނީ ވިއްސާރަ […]

އިއްޔެ އެކަނިވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލާފައިވޭ

އިއްޔެ އެކަނިވެސް ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލު ސިފައިން ދިން ހަަމަލާތަކުގައި 41 މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ 41 މީހެއްގެ ހަށިގަނޑު އިއްޔެ އެކަނިވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 184 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަަނަ […]

އެއްގަމު މަގުން ޗައިނާއިން ބިނާކުރާ ސުއޭޒް ކެނެލް

ސުއޭޒް ކެނެލަކީ ދުނިޔޭގައި އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާއުފުލުމުގައި އެންމެ ގިނައިން ހުރަސްކުރަންޖެހޭ ކަނޑުމަގެވެ. މިސަބަބަށްޓަކައި އެއްތަނުން އަނެއްތަނަށް އަދި އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމަށް ބޭނުންކުރާނެ ޚަރަދު ކުޑަ އަވަސް މަގެއް ހުޅުވުމުން އެތަނަށް ސުއޭޒް ކެނަލޭ ބުނަމަކީ މައުޟޫއުން ބޭރުވެވެނީ ކަމަކަށް ނުވާނެއެވެ.                                            ޗައިނާގެ ޑްރޭގަން ޕްލޭން  ޓްރޭޑް ރޫޓްގެ ސަބަބުން އެމެރިކާއާއި އޭޝިއާ އަދި ޔޫރަޕުން މުދާ އުފުލުމަށްޓަކައި ޝިޕިންގ އަށް ހޭދަކުރެވިގެންދާ ވަގުތު ކުޑަކޮށްލެވިގެންދާނެގޮތް ޗައިނާއިން ވަނީ […]

ނޭޕާލްގައި ޒުވާނުންގެ މުޒާހަރާ އެހާ ހޫނުވެގެން ދިޔައީ ސޯޝަލް މީޑިޔާ ކަނޑާލުމުން

ނޭޕާލްގައި ކޮރަޕްޝަން މާބޮޑަށް އާންމުވެ، އާންމު ރައްޔިތުންގެ ރުޅިގަނޑު ފާޅު ކުރަމުންއައި ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ސަރުކާރުން ބަންދުކޮށްލުމުން ޒުވާނުން ނިކުމެ ކުރަންފެށިމުޒާހަރާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 22 އަށް އެރުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.އޭގެ ކުރިން އާންމުންނާއި ޒުވާނުން ވަނީ ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ހުޅުޖަހާ އަދި ސަރުކާރުގެ އިސް ވެރިންގެ ގެދޮރަށް ވަދެ މުދަލަށް ގެއްލުން ދީ އަދި އަތުޖެހުނު މީހަކަށް ވިއްޔާ އަނިޔާ ކޮށްފައެވެ. ބޮޑުވަޒީރު […]