ނޭޕާލްގައި ޒުވާނުންގެ މުޒާހަރާ އެހާ ހޫނުވެގެން ދިޔައީ ސޯޝަލް މީޑިޔާ ކަނޑާލުމުން

ނޭޕާލްގައި ކޮރަޕްޝަން މާބޮޑަށް އާންމުވެ، އާންމު ރައްޔިތުންގެ ރުޅިގަނޑު ފާޅު ކުރަމުންއައި ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ސަރުކާރުން ބަންދުކޮށްލުމުން ޒުވާނުން ނިކުމެ ކުރަންފެށިމުޒާހަރާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު 22 އަށް އެރުމުން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.އޭގެ ކުރިން އާންމުންނާއި ޒުވާނުން ވަނީ ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ހުޅުޖަހާ އަދި ސަރުކާރުގެ އިސް ވެރިންގެ ގެދޮރަށް ވަދެ މުދަލަށް ގެއްލުން ދީ އަދި އަތުޖެހުނު މީހަކަށް ވިއްޔާ އަނިޔާ ކޮށްފައެވެ. ބޮޑުވަޒީރު […]

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާ 5 މީހަކު މަރުވެއްޖެ

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާ ފަސް މީހުން މަރުވެ ތިން މީހަކު ޒަޚަމްވެއްޖެ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގީ ހިމާޗަލް ޕްރަދޭޝްގެ ވެރިރަށް ޝިމްލާގެ އުތުރުން 210 ކިލޯމީޓަރު ދުރުގައި އޮންނަ ކުލޫ ޑިސްޓްރިކްޓްގެ ޝަރްމާނީ ވިލެޖުގައެވެ.މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އެ އަވަށުގެ މީހުން ނިދާފައި ތިއްބާއެވެ.އެހެންކަމުން މީހުން ސަލާމަތް ކުރެވޭނެ ވަގުތު ލިބިފައި ނުވާ ކަމަށް އެ […]

މިހާތަނަށް ރަޝިޔާއިން ޔޫކްރެއިނަށްދިން އެންމެ ބާރުގަދަ ހަމަލާ ކީވަށް

ރަޝިޔާއާއި ޔޫކްރެއިންގެ ހަނަގުރާމަ ތިން އަހަރަށްވުރެން ދިގުލައި ހަތަރު ވަނަ އަހަރެއް ފެށިގެންދާއިރު އެ ހަނގުރާމަ ހުއްޓުވޭނެގޮތެއް ހޯދަން އެމެރިކާއާއި ޔޫރަޕް އަދި ރަޝިޔާއާއި ޔޫކްރެއިނުންވެސް މަސައްކަތްކުރަމުންދާކަމަށް ބުނާއިރު މިއަދާ ހަމަޔަށްވެސް ހަމަ އެއްވެސް ކަމެއް އެއްބަސްވުމަކަށް ނާދެވެއެވެ. ދިވެހިން ބުނާހެން ކޮނުނު ވަރަކުން ފަސްގިނަވުން ނޫން ނަތީޖާއެއް ނުފެނެއެވެ. ރައީސް ޕޫޓިން ވިދާޅުވަމުން ގެންދަވަނީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިހުރި މީގެކުރިން ޔޫކްރެއިނަށް ނިސްބަތްކުރެވޭ ބިންތަކުގެ އިތުރުން އިރުމަތީ ޔޫކްރެއިން އެއްކޮށް ރަޝިޔާއަށް ލިބެން ޖެހޭނެއެވެ. […]

އަނެއްކާވެސް ރެޑްސީގެ ކަނޑުއަޑީގައި އަޅާފައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިވެއްޖެ

މެދުއިރުމަތީގެ ގައުމުތަކަށާއި އޭޝިއާގެ ބައެއް ގައުމުތަކަށް އާދީއްތަ ދުވަހުންފެށިގެން އިންޓަރނެޓްގެ މުވާސަލާތަށް ބުރޫއަރައިފިއެވެ. ތުހުމަތު ކުރެވޭގޮތުގައި މިއީ ރެޑްސީގެ ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ސަބަބުން މެދުވެރިވެފައިވާ ހާދިސާއެކެވެ. މީގެ ކުރިންވެސް ރެޑް ސީގެ ކަނޑު އަޑިގައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ތުހުމަތު ހޫތީ މުޖާހިދުންގެ ބޮލުގައިވަނީ އަޅުވާފައެވެ. އެހެންނަމަވެސް ހޫތީ މުޖާހިދުން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލް އާންމުގެ ސަބަބުން ހޫތީ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހިންގާ […]

ހަމާސްގެ ވެރިން ޤަތަރުގައި ތިއްބަވަނިކޮށް އިޒްރޭލުން ހަމަލާދިނީ ޓްރަމްޕް އެކަމަށް ”ގޯއަހެޑް“ ދެއްވައިގެން 

ޣައްޒާ ހަގުރާމަ ނިންމުމާއި ބެހޭގޮތުން މަޝްވާކުރަން ކަމަށް ބުނެ ހަމާސްގެ ލީޑަރުން ދޯހާއަށް ގެންގޮސް އުޅުނީ މަރަން ކަމުގައި މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ނެގޯޝިއޭޓިންގ ޓީމް ތައް ޤަތަރުގެ ވެރިރަށް ދޯހާޔަށް ގެންދިއުމަށްފަހު އިޒްރޭލުން ވަނީ ހަމާސްގެ އޮފިޝަލުން ނަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާއަށްފަހު، އޮކްޓޯބަރު 7ގެ މެސަކާ ނުވަތަ ގަތުލުއާމަށް ޒިންމާވާ ފަރާތްތަކަށް، ވަރަށް އަމާޒު ހަމަލާތަކެއް ދީފައިވާނެ ކަމަށް އިޒްރޭލުގެ ދިފާއީ ބާރު އައިޑީއެފުން އެއްބަސްވެފައިވެއެވެ. އަދި މިހަމަލާތައް […]

ނޭޕާލުގައި ސޯޝަލް މީޑިޔާ ބަންދު ކުރުމުން މަޝްރަހު ހޫނުވެ 19 މީހުން މަރުވުމާއި ގުޅިގެން އަލުން ސޯޝަލް މީޑިޔާ ހުޅުވާލައިފި

ނޭޕާލުގައި ސަރުކާރުން ސޯޝަލް މީޑިޔާ ބަންދު ކުރުމުން މަޝްރަހް ހޫނުވެ 19 މީހުން މަރުވުމާއި ގުޅިގެން އަލުން ސޯޝަލް މީޑިޔާ ހުޅުވާލައިފިއެވެ. އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތީ ”ނެޕޯ ކިޑްސް“ ނުވަތަ ސިޔާސީ އިސްވެރިން ނާއި އެހެންވެސް ނުފޫޒުގަދަ ފަރާތްތަކުގެ ދަރިންގެ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އަތްނުފޯރާ ދަރަޖައަށް ފުޅާވުމާއި ގުޅިގެންނެވެ. މުޒާހަރާތަކުގައި މަރުވި މީހުންގެ އިތުރުން ސަތޭކައެއްހާ މީހުންނަށް އެކި އަނިޔާތައް ލިބިގެން ފަރުވާދީފައި ވެއެވެ.     ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެފެށި މުޒާހަރާތަކާ […]

ޗައިނާގެ ބާރަށް އިންޑިއާ ބޯޖަހާއިރު، ދިވެހިރާއްޖެ އަދިވެސް އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައި މިއޮތީ ކީއްވެގެން ހެއްޔެވެ؟

އިންޑިއާގެ އުފެއްދުންތަކަށް %50 އެކްސްޕޯޓް ޓެރިފް ނެގުމަށް އެމެރިކާއިން ނިންމި ނިންމުމާއި ގުޅިގެން އިންޑިއާއިން މިދިޔަ ހަފްތާގައި ވަނީ ޗައިނާއަށް ބޯޖަހާނެކަމުގެ އިޝާރާތެއްކޮށްފައެވެ. އެތައް އަހަރެއް ވަންދެން އިންޑިއާއަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި މީހުން ބުނާ ”ހަރުފަ“އެއްގެ ދައުރު އަދާކުރަމުން އަންނަ ގައުމެކެވެ. އިންޑިއާގެ ހަރުކަށި ބޮޑުވަޒީރު މޯދީ އާއި އޭނާގެ ސަރުކާރުން ވަނީ އިންޑިއާއަކީ އޭޝިއާ ބައްރުގައި އެމެރިކާ، އިސްރާއީލު، ސައުދީ/ޔޫއޭއީގެ ބޭރުގެ މަސްލަހަތު ތަމްސީލުކުރާ އޭޝިއާގެ ބޮޑު ބާރުގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފަ އެވެ. […]

ރަޝިޔާއިން ކެންސަރު ބައްޔަށް ވެކްސިނެއް އުފައްދައިފި: ބޭނުން ކުރަން ރައްކާތެރިބާ؟   

ރަޝިޔާއިން ކެންސަރ ބައްޔަށް ވެކްސިނެއް އުފައްދާ، ވެކްސިން ބޭނުން ކުރަން ތައްޔާރު ވެފައިވާކަން އިއުލާން ކޮށްފިއެވެ. ހުރިހާ ބަލިމީހުންނަށް ހިލޭ ދޫކުރާ މިވެކްސިނަކީ ”mRNA-based” ވެކްސިން އެއްކަމަށާ، ވެކްސިންގެ ނަމަކީ އެންޓަރޯމިކްސް (EnteroMix)  ކަމަށް އެގައުމުގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ވަނީ އިއުލާން ކޮށްފައެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި މިއައު ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރަޔަލްތަކުން އުންމީދީ ނަތީޖާތަކެއް ވަނީ ފެނިފައެވެ. މިގޮތުން ވެކްސިން ބޭނުން ކުރުމުން ކެންސަރުގެ ޓިއުމަރތައް ކުޑަވެ، އަދި އިތުރަށް […]

ދެކުނު ލުބުނާނުގައި ޕީސްކީޕަރުން ތިބި ސަރަހައްދަށް އިޒްރޭލުން ހަމަލާދިންކަމަށް އދ އިން ބުނެފި

ދެކުނު ލުބުނާނުގައި އެކުވެރި ދައުލަތުގެ ފަރާތުން ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދަމަހައްޓާ، ޕީސްކީޕަރުން ތިބި ސަރަހައްދަކަށް އިޒްރޭލުގެ ޑްރޯންތަކުން ހަތަރު ބޮން ވައްޓާލާފައިވާކަމަށް އެކުވެރި ދައުލަތުގެ ޖަމިއްޔާ (އދ) އިން ބުނެފިއެވެ. އދ. އިން ބުދަ ދުވަހު ބުނީ މިއީ، ހަމަލާތައް ހުއްޓާލުމަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރުގައި ނިންމި ނިންމުމަށްފަހު ޚިދުމަތްތެރީން ނައްތާލުމަށްޓަކައި ދީފައިވާ އެންމެ ވަރުގަދަ އެއް ހަމަލާކަމަށެވެ. މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ލުބުނާނުގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯރސް އިން […]

ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނާނެ

ދުނިޔޭގެ ތާރީޚުން ފެންނަމުންދާ ހަގީގަތަށް ބަލާއިރު ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނަކަމަށް އިންކާރު ނުކުރެވޭނެއެވެ. ބާރުގަދަ ގައުމުތަކުން ބައެއްފަހަރު ތާރީޚުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުން ގެންދިޔަނަމަވެސް ވެރިކަން ނިމިގެން ދަނީ އަނގަވަތަށް ވެއްޓުމާއެކުގައެވެ. އިނގިރޭސި ވިލާތުން އިންޑިއާ އަޅުވެތި ކުރަން ބޭނުންވި ވަގުތު ރައްޔިތުންނާއި ގައުމުގެ ވެރިންނާ ދެމެދު އުފެއްދި ފިތުނަ ފަސާދައަކީ މިސާލެއްގެ ގޮތުގައި ފުދޭނެއެވެ. އިންޑިއާއިން ދުވަހަކުވެސް ނުފައިބާގޮތަށް ފައިހަރުކޮށްގެންތިބި ބްރިޓިޝް ރާޖްގެ ތަޚުތު 200 ވަރަކަށް އަހަރު ފަހުން ވެއްޓުމުން ދުނިޔެއަށް […]