ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނާނެ

ދުނިޔޭގެ ތާރީޚުން ފެންނަމުންދާ ހަގީގަތަށް ބަލާއިރު ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނަކަމަށް އިންކާރު ނުކުރެވޭނެއެވެ. ބާރުގަދަ ގައުމުތަކުން ބައެއްފަހަރު ތާރީޚުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުން ގެންދިޔަނަމަވެސް ވެރިކަން ނިމިގެން ދަނީ އަނގަވަތަށް ވެއްޓުމާއެކުގައެވެ. އިނގިރޭސި ވިލާތުން އިންޑިއާ އަޅުވެތި ކުރަން ބޭނުންވި ވަގުތު ރައްޔިތުންނާއި ގައުމުގެ ވެރިންނާ ދެމެދު އުފެއްދި ފިތުނަ ފަސާދައަކީ މިސާލެއްގެ ގޮތުގައި ފުދޭނެއެވެ. އިންޑިއާއިން ދުވަހަކުވެސް ނުފައިބާގޮތަށް ފައިހަރުކޮށްގެންތިބި ބްރިޓިޝް ރާޖްގެ ތަޚުތު 200 ވަރަކަށް އަހަރު ފަހުން ވެއްޓުމުން ދުނިޔެއަށް […]

އިންޑިއަން ހައި ކޮމިޝަނުން މެލޭޝިއާއަށް ވިސާ ފްރީ އެންޓްރީއާ ގުޅޭ އެޑްވައިޒަރީއެއް ނެރެފި

ވިސާ ފްރީ ފެސިލިޓީގެ ދަށުން މެލޭޝިޔާއަށް އެތެރެވުން މަނާކުރާ އިންޑިއާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ވަނީ އެގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. އެޑްވައިޒަރީގައި ދަތުރުވެރިންނަށް އިލްތިމާސްކޮށްފައިވަނީ ލިޔެކިޔުންތައް ހަމަޔަށް ނެތްނަމަ ބޯޑަރާއި ހަމައިން އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮންނާތީ، ހުރިހާ ލިޔެކިޔުންތަކެއް ހަމަޔަށް ހުރިތޯ ބަލައި ޔަގީންކުރުމަށެވެ. މެލޭޝިއާގެ ބޯޑާ ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އެޖެންސީ (އެމްސީބީއޭ) އިން ވަނީ އެންޓްރީ ޕޮއިންޓްތަކުގައި ޗެކްކުރުން ވަރުގަދަކޮށް، ޚާއްސަކޮށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް […]

ފަގީރުކަން ކުޑަކުރުމުގައި މެލޭޝިއާއިން ހޯދި ކާމިޔާބީއަށް ވޯލްޑް ބޭންކުގެ ތައުރީފް!

ފަގީރުކަން ކުޑަކުރުމާއި، ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގައި މެލޭޝިޔާއިން ހޯދާފައިވާ ކާމިޔާބީތަކަށް ވޯލްޑް ބޭންކުން ތައުރީފުކޮށްފިއެވެ. ވޯލްޑް ބޭންކުން ބުނެފައިވާގޮތުގައި، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކާއި ޚިލާފަށް މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން މެލޭޝިޔާގައި ދާއިމީ އާބަން ސްލަމްތަކެއް އުފެދިފައި ނުވެއެވެ. މެލޭޝިއާގެ ކާމިޔާބީ ފާހަގަކުރައްވައި، ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ފޯ މެލޭޝިއާ ޑރ. އަޕޫރްވާ ސަންގީ ވިދާޅުވީ، މިނިވަންކަން ލިބުމަށްފަހު މެލޭޝިޔާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދިޔައީ […]

ގާނާއަށް ނިސްބަތްވާ ފުޓުބޯޅަ ކުޅުންތެރިޔާ މިންތާއަށް މެލޭޝިއާގެ ރަށްވެހިކަން ދީފި

ކުޗިން ސިޓީގެ ކުޅުންތެރިޔާ، ޖޯޑަން މިންތާހް، މެލޭޝިއާ ރަށްވެއްސަކަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ނެޗުރަލައިޒޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން، އޭނާ އެގައުމުގެ ރަސްމީ ރައްވެސްއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ. އުމުރުން 29 އަހަރުގެ ގާނާއަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާއަށް މިހާރު މެލޭޝިއާގެ ފުޓްބޯޅަ މުބާރާތްތަކުގައި ލޯކަލް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހައްގު ލިބިފައިވާއިރު، މީގެ ސަބަބުން ސްކޮޑް ހޮވުމުގައި އޭނާގެ ކްލަބަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސުޕަ ލީގުގެ ކުޗިން ސިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ބަޔާނެއްގައި […]

ކޮފީ އާއި ޗޮކްލެޓް އެކްސްޕޯޓް ކޮށްގެން ޖަރުމަނަށް ބޮޑު އާމްދަނީއެއް، އެއީ އެ ގައުމުގައި ހައްދާވެސް އެއްޗެއް ނޫން!

ކޮފީ ބީންސް ނުވެސް ހައްދާ ޖަރުމަނަށް 2023 ވަނަ އަހަރު ކޮފީ އެކްސްޕޯޓް ކުރުމުން 5.9 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ 2022 ވަނަ އަހަރު މުޅި އެފްރިކާ ބައްރަށް ކޮފީއިން ލިބުނު 3.6 ބިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. ދުނިޔޭގައި ކޮފީ އުފައްދާ ގައުމުތަކުގެ އެންމެ މޮޅު ދިހަ ގައުމުގެ ތެރޭގައި އިތިއޮޕިއާ އާއި ޔޫގަންޑާ ހިމެނުނު ނަމަވެސް، ރޯސްޓް އަދި ޕެކޭޖްޑް ކޮފީ ޕްރޮސެސްކުރާ އަދި ބޭރުކުރާ ފަރާތެއްގެ ހައިސިއްޔަތުން […]

ޝީ، ޕޫޓިން އަދި ކިމް ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިން ޕިންގ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އާއި ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ. ޓްރަމްޕް މިމޭރުމުން ކޮމެންޓް ކުރައްވާފައިވަނީ ޗައިނާގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ”ވިކްޓަރީޑޭ ޕެރޭޑް“ ބުދަދުވަހު ބާއްވަމުން ދަނިކޮށް އެމުނާސަބަތާ ދިމާކޮށެވެ. މިޕެރޭޑް ބައްލަވާލެއްވުމަށް މިއަހަރު ދުނިޔޭގެ 26 ގައުމެއްގެ ހެޑްސް އޮފް ސްޓޭޓުން […]

250،000 އޮސްޓްރޭލިޔާ ޑޮލަރުގެ ކުޅޭއެއްޗެތި ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި

އޮސްޓްރޭލިޔާގެ އެޑިލައިޑްގައި ގިނަ އަދަދަކަށް ކުޅޭ އެއްޗެތި، ޚާއްސަ ކޮށް ކުޑަކުދިން ރާވާ ބްލޮކްސް(ލެގޯ ސެޓް) ވަގަށް ނަގަމުން ދިޔަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހާ ވަގަށް ނަގާފައިވާ 2،500 އައިޓަމް ފެނިފައިވާއިރު، އޭގެ ތެރޭގައި ނުކަނޑާ އޮތް 1،700 ލެގޯ ފޮށި ހިމެނެއެވެ. މި ތަކެތި ފެނިފައި ވަނީ އެ މީހާ އުޅެމުން އައި ގެ ބަލާފާސް ކުރުމުގެ ތެރޭ ގައެވެ. އެޑިލައިޑްގެ ޑިޕާޓްމަންޓް ސްޓޯރު ތަކުން […]

އިންޑޮނީޝިޔާގެ މަޖިލީސް މެމްބަރުންގެ މުސާރައާއި އިނާޔަތް މަހަކު 100 މިލިއަނުގައި، ސަރުކާރާ ދެކޮޅަށް ގިނަބަޔަކު އިހުތިޖާޖު ކުރަނީ!!

އިންޑޮނީޝިޔާގައި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ ދަރަޖަޔަށް މައްޗަށް ގޮސްފައިވާތީ އެކަން ހުއްޓުވުމަށް އާންމުން ކުރަމުންގެންދާ އިހުތިޖާޖްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައްބަޔަކު މަރުވެ އިމާރާތްތަކަށް ގެއްލުން ދެމުން އެބަދެއެވެ. މިގޮތުން އާންމުން ތަންތާ ހުޅުޖަހާ ވެރިންގެ މުދަލަށް ގެއްލުން ދެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އާންމުންގެ ރުޅިގަނޑު ފަޅައިގެން ގޮސްފައިވަނީ ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިޔަށް ދަނިކޮށް އުމުރުން 21 އަހަރުގެ ޑެލިވަރީ ކުއްޖަކަށް ފުލުހުން ހަމަލާދީ އެކުއްޖާ މަރާލިހަމައިންނެވެ. އެހާދިސާއަށްފަހު ނިކުން […]

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް 600އަށް ވުރެގިނަ މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ  އިރުމަތީ ސަރަޙައްދެއް ކަމަށްވާ ކޫނާރު އަދި ނަންގަހާރު ޕުރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައިސް 622 މީހުން މަރުވެ، އިތުރު 1,500އަށްވުރެ ގިނަ މީހުންނަށް އަނިޔާ ތައް ލިބިއްޖެއެވެ. ރިކްޓަރ މިންގަނޑުން6 ގެ ބާރުމިނުގައި، ރޭ އެތާގަޑިން ދަންވަރު 11:47 އައި ބިންހެލުން އުފެދިގެން އައީ ބިމުގެ 8 ކިލޯމީޓަރު އަޑިންކަމަށް ޚަބަރުތައް ބުނެއެވެ. މިހާ ނިސްބަތުން ތިލައިން ބިންހެލުން އުފެދިގެން އައުމުން ލިބޭ ގެއްލުންތައް މާބޮޑުވާކަމަށް ކަމާބެހޭ މާހިރުން ބުނެފައި ވެއެވެ. މިގޮތުން ރޭގެ ބިންހެލުމާއި […]

ނިމުނު ޞަފަރުމަހު ފަންސާސް ދެމިލިއަނަށްވުރެ ގިނަ މީހުން ހަރަމްފުޅަށާއި މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރި!

ނިމުނު ޞަފަރު މަހުގެތެރޭގައި ފަންސާސް ދެމިލިއަން, އަށްސަތޭކަ ތޭވީސްހާސް, ނުވަސަތޭކަ ފަސްދޮޅަސް ދެ މީހުން މާތްވެގެންވާ ހަރަމް ފުޅަށާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރި ކަމަށް އެ ދެމިސްކިތުގެ ކަންކަން ބަލަހައްޓާ އިދާރާއިން ހާމަ ކޮށްފިއެވެ. މީގެ ތެރެއިން އެކާވީސް މިލިއަން ހަތަރުސަތޭކައަށް ވުރެގިނަ މީހުން މަސްޖިދުލް ހަރާމްއަށް ޒިޔާރަތްކޮށް އެ މިސްކިތުގައި ނަމާދު ކޮށްފައި ވެއެވެ. އަދި 51ހާހަށް ވުރެގިނަ މީހުންނަށް ގެފުޅު އަރިހުގައިވާ ޙިޖްރު އިސްމާއިލް ކިއުނު ތަންކޮޅުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްވެސް […]