އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. މިއާއެކު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، އެ ނިންމުމަކީ ޔަހޫދީ ދައުލަތާ އެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ޞުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ފަލަސްޠީނުގެ މިނިވަންކަން ލައިގަތުމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ވީޑިއޯ މެސެޖެއްގައިއެތިން ގައުމަށް މުޚާތަބް ކުރައްވާ ވިދާޅުވެފައިވަނީ އެތިން […]

ޖަޕާނުގެ 100 އަހަރުގެ ޑޮކްޓަރަކު އަދިވެސް ބަލިމީހުން ބަލަނީ

ޖަޕާނުގެ ވަކަޔާމާ ޕްރިފެކްޗާ އަށް ނިސްބަތްވާ 100 އަހަރުގެ އަންހެން ޑޮކްޓަރެއް ބޭސްވެރިކަމުގެ ދާއިރާއިން އަދިވެސް ކުރިއަށްދާއިރު، އޭނާ ރިޓަޔާވުމުގެ ވިސްނުމެއް ނުގެންގުޅެނީ އާންމު ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމަށް އެހީތެރިވުމުގެ ބޭނުމުގައެވެ. ކައިނާންގެ ކަސަމަޓްސޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑރ. ޓެރޫ ކަސަމަޓްސޫ ހަފްތާއަކު ތިން ދުވަހު އައުޓްޕޭޝަންޓުން ބަލައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އޭނާ ގަވާއިދުން ބަލާ ބަލިމީހުންނެވެ. ވަކަޔާމާ ބޭ ކުރިމަތީގައި ހުންނަ މި ހޮސްޕިޓަލުގައި އޭނާ ބަލިމީހުންނާއި ބައްދަލުކޮށް […]

ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާ ބެހޭ ފިލްމެއް

ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާއި ބެހޭ ފިލްމެއް އިންޑޮނީޝިޔާގައި ވައިރަލް ވެއްޖެއެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމް ”ނޯމާ“ ގެ ވާހަކަ އެގައުމުގައި ވައިރަލްވެ އާންމުން އެވާހަކަ ދައްކަމުންދާތާ މިހާރު އެތައް މަހެއް ވެއްޖެއެވެ. މިފަދަ މައުލޫތަކަށް ހަދާ ފިލްމް ތަކަށް އާންމުންގެ ޝައުގުވެރިކަން ލިބުނު ނަމަވެސް ނޯމާ ފިލްމަށް މިހާ ސަމާލުކަން ލިބެމުން ދަނީ އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމަކަށް ވާތީ ކަމަށް ވެއެވެ. އިންޑޮނީޝިޔާގެ ޖާވާ […]

ފަރަންސޭސި ”ފަސްޓްލޭޑީ“ އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް ފިރިކަލުން ރައީސް މެކްރޯން ސައިންޓިފިކް ހެކި ހުށަހަޅުއްވަނީ

ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ގެ އަނބިކަނބަލުން ބްރިޖިޓް މެކްރޯން އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް އެދެކަނބަލުން އެމެރިކާގެ ކޯޓަކަށް ފޮޓޯ އަދި ސައިންޓިފިކް ހެކި ހުށަހަޅުއްވަން ގަސްތު ކުރައްވާކަމަށް އެދެކަނބަލުން ގެ ލޯޔަރު ހާމަކޮށްފިއެވެ. ލޯޔަރު ޓޮމް ކްލެޔަރ ބުނެފައިވާ ގޮތުގައި މެކްރޯން އާއި އަނބިކަނބަލުން މިގޮތަށް ނިންމެވީ  އޮވެންސް ނަމަކަށް ކިޔާ އިދިކޮޅު އިންފްލުއެންސަރަކު، ބްރިޖިޓް އުފަންވެފައިވަނީ ފިރިހެނެއްގެ ގޮތުގައި ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ކޮންޓެންޓް ފެތުރުމާއި ގުޅިގެން އޭނާއާއި ދެކޮޅަށް […]

ފިލިޕީންސްގައިވެސް ކޮރަޕްޝަނާ ”ނެޕޯބޭބީސް“ގެ މައްސަލަ އާއި ދެކޮޅަށް އާންމުން ތެދުވެއްޖެ

*ފިލިޕީންސްގައިވެސް ދުވަހަކު ނުނިމޭ، ނުވަތަ ވުޖޫދުގައި ނުވާ އަގުބޮޑު ޕްރޮޖެކްޓް ތައް ކޮރަޕްޓް ފަރާތްތަކާ ހަވާލުކުރަމުން ދާކަމަށްވޭ *ރައީސް ދާދި ފަހުން ފްލަޑް ކޮންޓްރޯލް ޑޭމެއް ހުޅުވާދެއްވަން ވަޑައިގެންނެވިއިރު ޑޭމް ވުޖޫދުގައިވެސް ނެތްކަން ވަނީ ހާމަވެފައި *މަޖިލީސް މެމްބަރުންނަކީ ”ކިނބޫތަކެއް“ގެ ގޮތުގައި ސިފަކޮށް އާންމުން ދަނީ އޭއައި ވީޑިއޯ ތައް ހަދަމުން ފިލިޕީންސްގެ ރަށްފުގެ ބައެއް ހިސާބުތަކާ ވެރިރަށް މެނީލާއާއި ދެމެދު އާންމުގޮތެއްގައި މިހާރު ދަތުރު ކުރަނީ ކެނޯ ބޯޓު ތަކުގައެވެ. އެއީ މަގުތަކުގައި ފެންބޮޑުވެފައިއޮންނާތީއެވެ. އެ […]

ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން: އީރާން

ފަލަސްތީން މައްސަލަޔަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން ކަމުގައި އީރާނުން ބުނެފިއެވެ. ދޯހާގައި ކުރިޔަށް ދިޔަ އަރަބި އިސްލާމިކް ސަމިޓުން ފާސްކުރި ބަޔާނުގައިވާ ބައެއް ބައިތަކާ ދެކޮޅުކަން ހާމަ ކުރަމުން އީރާނުން ބުނެފައި ވަނީ ބަޔާނުގައި “ ދެ ދައުލަތުގެ ހައްލު“ އަދި އެމެރިކާ އިސްވެ ކުރިޔަށް ގެންދާ ”ޕީސް އިނީޝިއޭޓިވްސް“ މި އިބާރާތްތަކަށް އެއްބަސް ނުވާ ކަމުގައެވެ. މިނިވަން ނިއުސް ނެޓްވަރކެއް ކަމަށްވާ ”ޓީ އެމްޖޭ“ ގެ […]

ގަތަރުގައި ބޭއްވުނު އަރަބި އަދި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުން

ގަތަރުގައި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ކުއްލި ބައްދަލުކުރެއްވުން ހިނގަމުންދިޔަ ކޮޓަރިކޮޅަށް ވަނުމުގެ ކުރިން އަޅުގަނޑުމެންނަށް މީޑިއާތަކުން އަބަދުވެސް ފާހަގަކުރެވޭ 2 ނުކުތާއެއް ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލާނަމެވެ. އަރަބި އަދި އިސްލާމީ ގައުމުތައް ނުވަތަ އަރަބި-އިސްލާމީ ގައުމުތައް، އީރާނުގެ މަދަދު ލިބޭ ޓެރަރިސްޓުން، ސުންނީންނާއި ޝިޔާއިން މިއީ ހައްތާވެސް އިސްލާމީ އުންމަތް ބައިބައި ކުރުމަށް ބައިނަލް އަގްވާމީ މީޑިއާގައި ބޭނުންކުރާ ބަހުރުވައެއްކަން ފާހަގަ ކުރެވެއެވެ. އަދި ވަރަށް ގިނަފަހަރަށް އިސްލާމީ ގައުމުތަކުގެ ޚަބަރުތަކުގައި އެންމެ މުހިންމު ނުކުތާތައް […]

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެ

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ […]

ކުއަލަލަމްޕޫރުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ދިހަ ތަނެއް ބަންދު ކުރުމަށް އަމުރުކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ކުއަލަލަމްޕޫރުގެ ދިހަ ރެސްޓޯރެންޓެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ބަހައްޓަންޖެހޭ މިންގަނޑުގައި ހިފެހެއްޓިފައި ނުވާތީ ބަންދުކުރަން އަންގައިފި އެވެ. ގަވާއިދުތަކާއި ޚިލާފަށް ހުންނަ އެހެނިހެން ތަންތަނާއި ދެމެދުވެސް، މި މަސް ފެށުނީއްސުރެ އެކިއެކި އޮޕަރޭޝަންތަކުގައި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ކުއަލަލަމްޕޫރު ސިޓީ ކައުންސިލުން ވަކިވަކި މީޑިއާ ބަޔާންތަކުގައި ބުނެފައިވެ އެވެ. އެގޮތުން އެ ފިޔަވަޅުތައް އެޅީ އާންމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށް ބުނެފައިވާއިރު، މެލޭޝިއާ ސަރުކާރުން ގެންދަނީ މި ޝަކުވާތައް ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އަދި ހުރިހާ […]

ސްޓޭމްޕް ޑިއުޓީގެ މައްސަލައިގައި ނާއިބު އިސްތިއުފާ ދެއްވުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެބިނެޓް ބަދަލުކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އެންޖެލާ ރޭނަރ އޭނާގެ ހޯވް ފްލެޓުގެ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭވަރަށްވުރެ 40،000 ޕައުންޑް މަދުކޮށް ޑިއުޓީ ދެއްކި ކަމަށް އެއްބަސްވެވަޑައިގަންނަވައި، އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޮޑުވަޒީރު ކޭއާ ސްޓާމަރ އޭނަގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. އެކަމަނާ ވަޒީރުކަމުގެ ކޯޑާއި ހިލާފުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އަށް މަގާމުގައި ހުރެވެން ނޯންނާނެކަމަށް ބުނެފައިވަނީ އެތިކްސް ވޮޗްޑޯގަކުންނެވެ. މިގޮތުން، ޖަސްޓިސް ސެކްރެޓަރީގެ މަގާމާއި ލޯޑް ޗާންސެލާގެ މަގާމު އަދާކުރާ ޑޭވިޑް […]