ވެނެޒޫލާގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން އަވަހަށް އެ ގައުމުން ފޭބުމަށް އިންޒާރު ދީފި

ކުއްލި ހާލަތުގައި ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެތީވެ ވެނެޒޫލާގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ގައުމުން އަވަހަށް ފައިބަން ކަރަކާސްގައި ހުންނަ އެމެރިކާ އެމްބަސީން އިންޒާރުދީފިކަމަށް ފޮކްސް ނިއުސްގެ ޚަބަރުގައި ބުނެފިއެވެ. މި އިންޒާރު އައިސްފައިވަނީ ވެނެޒޫލާގެ މަގުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ކަމުގައިވެސް ބުނެފައިވެއެވެ. ކަލެކްޓިވޯސް ގެ ނަންދެވިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން މަގުތައް ބަންދުކޮށް އެމެރިކާގެ ރައްޔިތުންނާއި އެމެރިކާއަށް ތާއީދު ކުރާ މީހުން ހޯދަން އަތްފުނާ އަޅަމުންގެންދާކަމަށްވެސް އެ އިންޒާރުގައި […]
އެމެެރިކާއިން މެކްސިކޯއަށް އަރައިގެންފިނަމަ

އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް އާއި އަނބިކަބަލުން ވަގަށްނަގައި އަދި އެ ގައުމުގެ އިގްތިސާދު މައްޗަށް ވެރިވެ ގަތުމާއި އަވަށްޓެރި އެހެންގައުމުތަކަކީވެސް އެމެރިކާގެ ބައިތަކެއް ކަމަށާއި އެގައުމުތައްވެސް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް އެމެރިކާގެ ރައީސް އިންޒާރު ދެއްވަމުންގެންދަވާއިރު މުޅިދުނިޔޭގެ ސިޔާސީ މަސްރަހް މިވަނީ ފަހުގެ ތާރީޚުގައި ދުވަހަކުވެސް ނުދެކޭ މިންވަރަށް ހަލަބޮލިވެފައެވެ. ބާރުގަދަ ގައުމުތަކުން އެމެރިކާގެ ހަރަކާތާއި ބަސްމަގު ކުށްވެރި ކުރަމުންދާއިރު ވަރަށްމަދުންނަމަވެސް އެމެރިކާއަށް ތާއީދުކޮށް ވާހަކަ ދައްކާ ސިޔާސީ ބޭފުޅުންވެސް މީޑިއާތަކުން ޖާގަހޯދަމުން […]
އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފި

އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފިއެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިރާނުގައި އެގައުމުގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައި ވަނީ އެ ގައުމުގެ އިގްތިސާދު ދަށްވެ އިރާނުގެ ފައިސާގެ އަގު ދަށްވެފައި ވާތީއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ ބައިގިނަވެފައި ވާއިރު އީރާނުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީ (އެޗްއާރްއޭއެންއޭ) އިން ބުނި ގޮތުގައި އީރާނުގައި […]
އޮންލައިންކޮށް ޖަރީމާ ހިންގާ، ކުދިން އަމިއްލަޔަށް މަރުވާހިސާބަށް ގެންދިޔަ ޒުވާނަކަށް ދައުވާކޮށްފި

ޖަރމަނީގެ ހެމްބަރގްގައި އޮންލައިންކޮށް އެތައް ޖަރީމާތަކެއް ހިންގައި،އޭނާގެ އަމަލުތަކުގެ ސަބަބުން 13 އަހަރުގެ ކުއްޖަކު އަމިއްލަޔަށް މަރުވުމާއި ގުޅިގެން 21 އަހަރުގެ ޒުވާނެއްގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައިފި އެވެ.“ވައިޓް ޓައިގަރ“ ގެ ނަމުގައި ހަރަކާތްތެރިވާ މި ޒުވާނާއަކީ ދުނިޔޭގެ އެތައް ގައުމެއްގައި ސައިބަރ ޖަރީމާތައް ހިންގާ ފަރާތްތައް ހިމެނޭ ގްރޫޕް ”764“ ގެ މެމްބަރެއް ކަމަށް ވެއެވެ. އިދާރާތަކުން ބުނެފައިވާ ގޮތުގައި ”ވައިޓް ޓައިގަރ“ ވަނީ އުމުރުން 11 އަހަރާ 15 އަހަރާ ދެމެދުގެ އެތައް […]
ބާރުގަދަގައުމުތަކުގެ ކޯޅުންގަނޑުތެރޭގައި ދުނިޔޭގެ މުސްތަގްބަލް ނޭނގުމެއްގެ ތެރެއަށް

ސީ އެން އެން އަދި އޭ ބީ ސީ ގެ އެންމެފަހުގެ ޚަބަރުތަކުގައި ވެނެޒޫލާއިން ޗައިނާއާއި އީރާން އަދި ރަޝިޔާއާއި ކިއުބާއާއެކު އޮންނަ ގުޅުން ކަނޑާލަން އެމެރިކާ ސަރުކާރުން އަންގައިފިއެވެ. އެހެންނަމަވެސް ވައިޓްހައުސް އިން މިކަމާބެހޭގޮތުން ވާހަކަދައްކަން ބޭނުމެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ ރިޔާސަތުގައި އިސްލާހުކުރެވުނު އެމެރިކާގެ 19 ވަނަ މޮންރޯ ޑޮކްޓްރިން ގައިވާގޮތުން ވެސްޓަރން ހެމިސްފެއަރ އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާގެ ބާރުގެ ދަށުގައެވެ. މިދިޔަ އަހަރު ފަހުކޮޅު މޮންރޯ ޑޮކްޓްރިން ރައީސް ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ […]
ނޫމާ އިންޑިޔާގައި މިހާރު ބޮޑު އަގު ލިބޭ މަލެއް

އިންޑިޔާގެ އާސާމް ސްޓޭޓްގައި ދިރިއުޅޭ އަންހެނަކު ކިޔާދިން ގޮތުގައި މީގެ ދެތިން އަހަރު ކުރިޔާ ޖެހެންދެންވެސް ”ބަޓަރފްލައި ޕީ“ ގެ ނަމުން ނަންދީފައިވާ ނޫމަލަކީ ހަމައެކަނި ފާރުތައް ޒީނަތްތެރި ކުރުމަށް އަރުވާ ވެޔޮގަނޑެކެވެ. ނަމަވެސް ފަހުން އޭނާޔަށް އަޑުއިވުނު ގޮތުގައި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބައެއް އަންހެންވެރިން ވިޔަފާރިޔަށް މިމާ ހައްދަން ފަށާފައިވެއެވެ. މި ހަބަރު ލިބުމާއި އެކު އެމީހުންނާ ގުޅިގެން މި ވިޔަފާރީގައި ބައިވެރިވުމަށް ނިންމީ ކަމަށް އޭނާ ކިޔާދީފައި ވެއެވެ. މި ނޫމާ ބޭނުން […]
ވެނެޒުއޭލާއިން 50 މިލިއަން ފީފާގެ ތެޔޮ އެމެރިކާއާއި ހަވާލުކުރާނެ: ޓްރަމްޕް

ވެނެޒުއޭލާގައި ނަގާތެލުގެ 50 މިލިއަން ފީފާއާއި ހަމަޔަށް އެމެރިކާ އަށް ލިބޭނެ ކަމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިއީ 2.8ބިލިއަން ޑޮލަރުގެ ތެލެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމް ޓުރުތު ސޯޝަލްގައި ލިއުއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ މިގޮތުން އަތުލާ ތެޔޮ ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެންގޮސް، ބާޒާރުގެ އަގުގައި ވިއްކައިގެން ލިބޭ ފައިސާ ވެނެޒުއޭލާގެ ރައްޔިތުންނާއި އެމެރިކާގެ މަންފާއަށް ބޭނުންކުރުމަށްޓަކައި، އެ ފައިސާގެ ކޮންޓްރޯލް އޭނާ ނަންގަވާނެ ކަމަށެވެ. މި މަޝްރޫޢު ”ވަގުތުން“ ތަންފީޒުކުރުމަށް އެމެރިކާގެ […]
އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުން 3 ވަނަ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމާދިމާލަށް

ސަންދާނުގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުމުން 3 ވަނަ ބޮޑު ހަނގުރާމައެއް ފެށުމަށް މަގު ހުޅުވިދާނެކަމަށް އިޝާރާތްކޮށް ސީ އައި އޭ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައި ބޭފުޅަކު ހާމަކުރައްވާފައިވާ ތަސައްވުރެއްގެ ތަންތަންކޮޅެވެ. ޗައިނާގެ ޚާރިޖީވަޒީރު ދެއްވި އިމަރޖެންސީ ބަސްދީގަތުމަކަށް ރިއާޔަތްކޮށް ވާހަކަތައް ކުރިއަށް ގެންދަވަމުން ދުނިޔެ އަނެއްކާވެސް ބޮޑު ހަނގުރާމައަކާ ދިމާއަށް ދާކަށް އަޅުގަނޑުމެން ހަމައެކަކުވެސް ބޭނުމެއް ނުވާނެއޭބުނެ ސީ އައި އޭގައި އެބޭފުޅާކުރި ތަޖްރިބާއިން ކުޑަތަންކޮޅެއް ހިއްސާކުރައްވާފައިވެއެވެ. ވެނެޒޫލާއަކީ ދުނިޔޭގައި 3 […]
ވެނެޒުއެލާ އަށް ފަހު ޓްރަމްޕްގެ ނަޒަރު ހުރީ ކޮން ގައުމުތަކަކަށް؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސް ކަމުގެ ދެވަނަ ދައުރުގައި ބޮޑަށް ސަމާލުކަން ދެއްވަމުން ގެންދަވާތަން ފެންނަނީ ފޮރިން ޕޮލިސީ އަށާ އެދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެއްވުމަށެވެ. މިގޮތުން އެންމެ ފަހުން ކުރެއްވި އެއްކަމަކީ ވެނެޒުއެލާ އާއި ދެކޮޅަށް ދެއްވަމުން ގެންދެވި އިންޒާރު ތަކަށް އަމަލީ ސިފަ ގެންނަވާ ރޭގަނޑެއްގެ ދަންވަރު ސިފައިން ފޮނުވައިގެން އެގައުމުގެ ރައިސް އާއި އަނބިކަނބަލުން، ވަރަގަދަޔަށް ހިމާޔަތް ކުރެވިފައިވާ ޚާއްސަ ގެކޮޅުގައި ތިއްބަވަނިކޮށް ހައްޔަރު ކޮށްގެން ގެންދިއުމެވެ. މިކަން […]
ވެނުޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކުރުން ޗައިނާއިން ކުށްވެރިކޮށްފި

އެމެރިކާއިން ވެނެޒުއެލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުން ޗައިނާއިން ކުށްވެރިކޮށްފިއެވެ. ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން މިކަން ކުށްވެރިކޮށްފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ޕާކިސްތާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ވެނެޒުއެލާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވީ ހުރިހާ ޤައުމަކަށް ވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށެވެ. އަދި އެމެރިކާގެ މި އަމަލު ހަރުކަށި […]