ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި ވެނެޒޫލާގެ ރައީސް ކިޑްނެޕް ކުރުން

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް ކިށްނެޕްކުރުން ބައިނަލް އަގްވާމީ ދުނިޔޭގައި ސިޔާސީ މަސްރަހު ދިރާސާ ކުރައްވަމުންގެންދާ ފުންނާބު އުސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގެ ޚުލާސާއެކެވެ. މިއީ އެމެރިކާއިން ހިންގަމުންގެންދާ ޣައިރުގާނޫނީ ގޮށްމުށުގެ ބާރަށް އިތުރު ކުރެވިގެންދިޔަ ސަފްހާއެކެވެ. ވެނެޒޫލާއަށް އަރައިގަނެ އެ ގައުމު އަތުލުމަކީ 2017 ގައިވެސް ރައީސް ޓްރަމްޕް ގެންގުޅުއްވި ވިސްނުންފުޅެކެވެ. އެކަމުގައި އޭރުވެސް ރައީސް ޓްރަމްޕްގެ އެންމެ އަރިސް މޭސްތިރިއަކީ ސެނެޓަރ މާރކޯ ރުބިއޯ އަދި މިހާރުގެ ޚާރިޖީ […]
އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ އަށް ތައްޔާރު ކަމަށް ވެނެޒުއެލާ އިން ބުނެފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސް އަސްކަރީ ބާރު ބޭނުންކޮށްގެން ގެންދިއުމަށްފަހު އެމެރިކާއިން ދެމުން ގެންދާ އިންޒާރު ތަކަށް ވެނެޒުއެލާއިން ރައްދު ދީފިއެވެ. ވެނެޒުއެލާގެ ދައުލަތުގެ ޓީވީ އިން އާންމުކުރި ބަޔާނެއްގައި އަސްކަރިއްޔާ އިން ބުނީ ޤާނޫނު އަ¹ސާސީއަށް ވަފާތެރިވެ، ބޭރުގެ ނުރައްކާތަކުން ޤައުމުގެ އިސްތިޤްލާލް ދިފާޢުކުރަން ތައްޔާރަށް ތިބި ކަމަށެވެ.އޭގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިގޮތުން،ވެނެޒުއެލާގެ ސަރުކާރުން އެމެރިކާއަށް އެއްބާރުލުން […]
ޖަޕާނުގައި ބޭނި ބޮޑު އެންމެ ކަނޑު މަހަކަށް 3.2 މިލިއަން ޑޮލަރު ލިބިއްޖެ

ޖަޕާނުގެ ޓޯކިޔާގެ މަސް މާރުކޭޓެއްގައި ނީލަންކީ ބްލޫފިން ޓޫނާ ކިޔާ ވައްތަރުގެ އެންމެ މަހެއް 3.2 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.މިއީ 510.3 މިލިއަން ޔެން އެވެ. 342ކިލޯގެ ބަރުދަން ހުރި މިބޮޑުމަސް ގަނެފައިވަނީ ޖަޕާނަށް ޚާއްސަ މަހުގެ ކެއުމެއް ކަމަށްވާ ސޫޝީ ތައްޔާރުކުރާ ސޫޝީ ޒަންމާއީ ކިޔާ ޗެއިން ގެ ފަރާތުންނެވެ. މި ސޫޝީ ޗެއިނުން ހިންގާ ވަރަށް ގިނަ އައުޓްލެޓްތައް ޖަޕާނާއި އަދި ޖަޕާނުން ބޭރުގައިވެސް ހުރެއެވެ. މި ބޮޑުމަސް ގަތުމަށްފަހު ކުންފުނީގެ ރައީސް ކިޔޯޝީ […]
އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ އަށް ތައްޔާރު ކަމަށް ވެނެޒުއެލާ އިން ބުނެފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރެސް އަސްކަރީ ބާރު ބޭނުންކޮށްގެން ގެންދިއުމަށްފަހު އެމެރިކާއިން ދެމުން ގެންދާ އިންޒާރު ތަކަށް ވެނެޒުއެލާއިން ރައްދު ދީފިއެވެ. ވެނެޒުއެލާގެ ދައުލަތުގެ ޓީވީ އިން އާންމުކުރި ބަޔާނެއްގައި އަސްކަރިއްޔާ އިން ބުނީ ޤާނޫނު އަސާސީއަށް ވަފާތެރިވެ، ބޭރުގެ ނުރައްކާތަކުން ޤައުމުގެ އިސްތިޤްލާލް ދިފާޢުކުރަން ތައްޔާރަށް ތިބި ކަމަށެވެ.އޭގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިގޮތުން،ވެނެޒުއެލާގެ ސަރުކާރުން އެމެރިކާއަށް އެއްބާރުލުން […]
ޖަޕާނުގެ މަޖިލިސް ކުރާގޭގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އިތުރުކުރަން ގޮވާލާ ކެމްޕެއިންގައި ބޮޑުވަޒީރު ސަނާއޭ ބަައިވެރިވެ ވަޑައިގަންނަވާ

ޖަޕާނުގެ މަޖިލިސް ކުރާގޭގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އިތުރު ކުރުމަށް ބާރުއަޅާ މަޖިލީހުގެ 60 އަންހެން މެމްބަރުން ގުޅިގެން ޚާއްސަ ކެމްޕެއިނެއް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. މިކަމަށް ކުރިމަތިލީ އަންހެން މެމްބަރުންގެ ތެރޭގައި ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ ވެސް ހިމެނި ވަޑައިގަންނަވައެވެ. ކުރިޔާ ޚިލާފަށް ޖަޕާނުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ އަދި އިންތިހާބު ކާމިޔާބު ކުރާ އަންހެން މެމްބަރުންގެ އަދަދު މިއަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި […]
ޗައިނާގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި

ދުނިޔޭގައި ދެވަނަޔަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގައި އާބާދީ އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ފިޔަވަޅު ތަކެއް އަޅައިފިއެވެ. މިގޮތުން ޖެނުއަރީ 1ވަނަ ދުވަހުން ފެށިގެން ”ކޮންޓްރަސެޕްޓިވްސް“ ނުވަ ދޭތެރެ ދުރުކުރާ ބާވަތް ތަކުން 13 އިންސައްތައިގެ ޓެކްސް އެއް ނަގާނެކަން ވަނީ އިއުލާން ކޮށްފައެވެ. އަދި ”ޗައިލްޑް ކެއާ“ ނުވަތަ ކުދިން ބެލުމަށް އުޖޫރައެއް ދިނުން ލާޒިމް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 1994 ވަނަ އަހަރުން ފެށިގެން ޗައިނާގައި ހިންގަމުން […]
ސައޫދީ އަރަބިއްޔާގައި ފޮނި ބުއިންތަކަށް ނަގާ ޓެކްސް ބޮޑުކޮށްފި

ހަކުރަކީ ސިއްހަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިކުރުވާ އެއްޗަކަށް ވާއިރު، ސައޫދީއަރަބިއްޔާ ގައި ވިއްކާ، ހަކުރުއަޅާފައިވާ ބުއިންތަކަށް ނަގާ ޓެކްސް މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.އެގައުމުގެ ”ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ“ (ޒަކްޓާ) އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ފޮނި ބުއިންތަކަށް ނަގާ ޓެކްސް ބޮޑުކުރެވިފައި ވެއެވެ.މިގޮތުން މިފަދަ ބުއިންތައް ހަތަރު ގްރޫޕަކަށް ބަހާލެވި 50 އިންސައްތައިން ޓެކްސް ނަގަން ފަށާއިރު އެންމެ ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކަށް އެޔަށް ވުރެ މަތިން ޓެކްސް […]
އިސްރާއީލުން ގައްޒާގައި ކުރާ އެއްވެސް ކަމަކާ ދޭތެރޭ އަހަރެންގެ ފަރުވާލެއްނެތް: ޓްރަމްޕް

ރައީސް ޑޮނާލްޑް ޓްރަމްޕުގެ މަރަ-ލާގޯ ރިސޯޓުގައި އިސްރާއީލުގެ ބޮޑުވަޒީރާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިއާއިން ގައްޒާގެ ދެވަނަ ފޭސްއާބެހޭގޮތުން ކުރިމަތި ކުރި ސުވާލަތަކަށް ޖަވާބުދެއްވަމުން ގައްޒާގައި އިސްރާއީލުން ކޮންމެ ކަމެއް ކުރިއަސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެއްޖެއެވެ. އަހަރެން ބަލަން ބޭނުންވަނީ ދެންތިބި މީހުންކުރާ ކަމަކާއި ނުކުރާކަމެކެވެ. އިސްރާއީލުން އަހަރެންގެ ހުށައެޅުމަށް ފުރިހަމައަށް އެއްބާރުލުންދޭކަން އަހަރެން ގަބޫލުކުރަމެވެ. އެކަމަކު ( ނުސީދާގޮތެއްގައި ހަމާސްއަށް އަމާޒުކުރައްވައި ) ދެންތިބި މީހުންނަނަކީ ހިތުން މާވަރުގަދަ ބައެކެވެ. އަހަރެމެން ދެވަނަ ފުރުސަތެއް ހުޅުވާދިނީމާވެސް […]
ޔުކްރެއިން ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރުވެފައިވަނިކޮށް ރަޝިޔާގެ ވަރުގަދަ ހަމަލާއެއް

ރަޝިޔާއިން އޮތީ ރައީސް ޓްރަމްޕްގެ ހުށައެޅުމާއެއްގޮތަށް ޔޫކްރެއިނާއެކު ސުލްހަ ގާއިމްކުރަން ފުރިހަމައަށް ތައްޔާރަށް ކަމުގައި ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޯފް ވިދާޅުވެ ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރު ވެފައިވަނިކޮށް ޓްރަމްޕްގެ ހުށައެޅުން ގަބޫލު ނުކުރާކަން ދެއްކުމުގެގޮތުން މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތައް ދިނުމަށް 500 ވަރަކަށް ޑްރޯނާއި ސާޅީހަކަށް ކިންޒަލް މަރުކާގެ މިސައިލް […]
ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފި

އިސްރާައީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 71،266 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 171،222 މީހުން ޒަޚަމްވެފައިވާ […]