ސޮމާލީ ލޭންޑްގެ ސަރުކާރު އެންމެފުރަތަމަ ގަބޫލުކުރި ސަރުކާރަކަށް އިސްރާއީލް

ތިރީސް އަހަރުވަންދެން ސޮމާލިއާއިން ވަކިވެގަތުމަށް ހަނގުރާކުރަމުންގެންދިޔަ ރައީސް އަބްދިއްރަޙްމާނު މުހަންމަދު އަބްދި ﷲ ގެ ސަރުކާރު އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކަށް އިސްރާއީލް ވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ސޮމާލީލޭންޑް ސަރުކާރުން އިސްރާއީލު ސަރުކާރާއިއެކު ސޮއިކުރި ސިޔާސީ ގަރާރާބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ސޮމާލީލޭންޑްގެ ސަރުކާރު އިސްރާއީލުން ބަލައިގަތުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އިސްނެގުމާއެކު ބައެއް އަރަބިގައުމުތަކާއެކު އިސްރާއީލުން ސިޔާސީގުޅުން ގާއިމް ކުރުމުގެ ސިލްސިލާއަށް އިތުރުކުރެވުނު ބޮޅެއްކަމަށެވެ. ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކުރަމުންގެންދާ ގޮތުގައި […]
ބަޔަކުމީހުން ނިކަމެތި ކޮށްލަން ބޭނުންނަމަ އެބައިމީހުންގެ ދީނީ އަގީދާ ކޮށާލާށެވެ!

މިއީ 15 ވަނަ ގަރުނުގައި ޕޯޗުގީޒުންގެ ބާރު ގަދަވެ ގައުމުތައް އަޅުވެތި ކުރަމުން ދިޔަ ގޮތުގެ ޚުލާސާއެކެވެ. އެ ދުވަސްވަރު ޕޯޗްގީޒުން ދުނިޔޭގެ ކަންކޮޅުތަކަށް ހަންފެތުރުމުގެ ސިޔާސަތުގެ ކޮންމެވެސް މިންވަރެއް އަޅުގަނޑުމެން ދިވެހިންވެސް ވަނީ ތަޖްރިބާކޮށްފައެވެ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން ޕޯޗްގީޒުންގެ ނުބައި ރޭވުމުން ދިވެހި ބިން ސަލާމަތް ކުރުމަށްޓަކައި މާތް ﷲ މި ގައުމަށް ބޮޑުތަކުރުފާނު މެދުވެރިކުރެއްވީއެވެ. މި ލިއުމަކީ ބޭނުމަކީ ގައުމުތައް އަޅުވެތިކުރުމުގައި ޕޯޗްގީޒުން ނަސޯރާދީން ބޭނުން ކޮށްފައިވާގޮތް ތާރީޚުގެ ސަފަޙާތަކުން ކިއުންތެރިންނަށް ގެނެސްދިނުމެވެ. […]
ބަންގްލަދޭޝްގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޠާރިޤު ރަޙްމާން 17 އަހަރަށްފަހު ޤައުމަށް އެނބުރި ވަޑައިގެންފި

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމަށް އެންމެ ކުރީގައި ދެން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ސިޔާސީ އިސް ފަރާތެއް ކަމަށްވާ ޠާރިޤް ރަޙްމާން 17 އަހަރު ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ. އުމުރުން 60 އަހަރުގެ ޠާރިޤް ރަޙްމާން އަކީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ. އަދި ބާރުގަދަ ޒިޔާ ޚާއްދާނުގެ އިސްފަރާތެކެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި، މަނީ ލޯންޑަރިންގއާ ގުޅޭ ދައުވާއަކާއި ބޮޑުވަޒީރު އަވަހާރަކޮށްލަން ރޭވުމާ […]
ސައުދީއަރަބިއްޔާ އިން ދޭ އެންމެ މަތީ ”ނެޝަނަލް އޮނަރ“ ޕާކިސްތާންގެ އާމީ ޗީފް އަށް އަރުވައިފި

ސައުދީއަރަބިއްޔާ އިން ދޭ އެންމެ މަތީ ”ނެޝަނަލް އޮނަރ“ ނުވަތަ ގައުމީ ޝަރަފުގެ މެޑަލް، ޕާކިސްތާންގެ ބާރުގަދަ އާމީ ޗީފް، ފީލްޑް މާޝަލް އާސިމް މުނީރު އަށް އަރުވައިފިއެވެ. މިކަން ފާހަގަކޮށް ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނެފައިވަނީ ކައުންޓަރ ޓެރަރިޒަމް ފަދަ މުހިންމު ދާއިރާތަކުން ސައޫދީއަރަބިއްޔާ އާއި ޕާކިސްތާންއާއި ދެމެދު، އެއްބާރުލުން އިތުރު ވަމުންދާ މިންވަރު މިކަމުން ހާމަކޮށްދޭ ކަމުގައެވެ.އާމީ ޗީފް އާސިމް މުނީރުއަށް ރަސްގެފާނުގެ ފަރާތްޕުޅުންދޭ ”ކިންގ އަބްދުލްއަޒީޒް މެޑަލް އޮފް އެކްސެލެންޓް ކްލާސް“ އެރުވުމުގެ ކުރިން، […]
އެމެރިކާ އާއި އީރާނުގެ ދުޝަމްނީ ފެށުނީ ކިހިނެތް!

އީރާނައި އެމެރިކާގެ ދުޝްމަނީ ފެށިފައިވަނީ އިނގިރޭސި ވިލާތުގެ ސަބަބުންނެވެ. ހަމައެކަނި 3 ދުވަހުގެ ތެރޭގައި ސީ އައި އޭ އިން އީރާނުގައި އޭރުއޮތް އިންތިޚާބީ ވެރިކަން ވައްޓާލުމަށް ބޭނުންކުރީ ރިޝްވަތު ދިނުމާއި ފައިސާބެހުމުގެ އުކުޅެވެ. ބެލްފޯރ ޑިކްލަރޭޝަނާއެކު އިސްރާއީލު އުފަންވެގެން އައުމުން އެމެރިކާއާއި އީރާނުގެ ދުޝްމަނީއަށް އިތުރު ގޮފިތަކެއްގެ ދިރުން ލިބިގެން ދިޔައުމަކީ އެހެން ވާހަކައެކެވެ.އީރާނަކީ އެއްވެސް ޒަމާނެއްގައި ގައުމެއްގެ އަޅުވެތިކަމުގައި ހޭދަކުރި ގައުމެއްކަން ތާރީޚުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް 1901 ވަނަ އަހަރުން ފެށިގެން އިނގިރޭސީން […]
ރަޝިޔާގެ ހަމަލާއަށްފަހު ޔޫކްރެއިން ކަނު އަނދިރީގައި

ކޮންމެ ހަނގުރާމައެއްގައިވެސް އެންމެބޮޑު ގެއްލުމާ ކުރިމަތިލާންޖެހޭނީ އާންމު ރައްޔިތުންނޭ ބުނާ އުސޫލުން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާވެސް ދެ ގައުމުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރިކަން ކޮންމެދުވަހަކު ހާމަވަމުންދާއިރު ވެރިކަމުގައިތިބި ބަޔަކު އަދިވެސް ގެންދާތަން ފެންނަނީ ގޮތްދޫނުކުރުމުގެ ވަލުގައި ހިފާއްޓައިގެން ތިބޭތަނެވެ. އާންމު ރައްޔިތުންގެ ހާލާދޭތެރޭ ކުޑަކޮށްވެސް ރަހުމެއް ނެތް ކަހަލައެވެ. ޔޫކްރެއިންގެ ހަކައާއާއި ބެހޭ ވަސީލަތްތަކަށް އަނެއްކާވެސް ރަޝިޔާއިން ހަމަލާ ދިނުމާގުޅިގެން އެ ގައުމުގެ ވެރިކަންކުރާރަށް ކީވް ގެ ވަށައިގެންވާ […]
އީރާނުން އީޖާދުކުރަނީ ހަތަރުވަނަ ޖެނެރޭޝަންގެ ނިއުކްލިއަރ ހަތިޔާރުކަން ހާމަވެއްޖެ

އިސްރާއީލުގެ ޔެދިއޯތު އަހްރޮނޯތު ނޫހުގައި މިދިޔަ ހުކުރުދަވަހު ޝާއިއު ކޮށްފައިވާ ރިޕޯރޓެއްގައި އީރާނުގެ ސައެންސްވެރިން ގެންދަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބިފައިނުވާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އީޖާދެއްކުރަމުން ކަމަށް 12 ދުވަހުގެ ހަނގުރާމައިގެ ކުރިންވެސް އިސްރާއީލާއި އެމެރިކާއަށްވެސް އެނގިފައިވާކަން އެ ނޫހުން ބުނެފައިވެއެވެ. އީރާނުން އީޖާދުކުރާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ޔުރޭނިއަމް ނުވަތަ ޕްލޮޓޯނިއަމްވެސް ބޭނުން ނުވާނެކަން ވަނީ އެނގިފައެވެ.އިސްރާއިލާއި އެމެރިކާއިން ސިފަކޮށްފައިވާ ގޮތުގައި އީރާނުންކުރަމުން ގެންދަނީ ހަތަރުވަނަ ޖެނެރޭޝަންގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އީޖާދެކެވެ. […]
ބްރިކްސްގެ އާންމު ފައިސާއަކުން އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލެވިދާނެތަ؟

އިގްތިސާދީ ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔެއަށް ކުރިމަތިވެފައިމިވަނީ ވަރުގަދަ އިގްތިސާދީ ހަނގުރާމައެކެވެ. މިއަދާހަމަޔަށް ދުނިޔޭގެ އިގްތިސާދުގެ ލޭނާރު ކަމުގައި ބެލެވުން ޕެޓްރޯ ޑޮލަރ އާ ދެކޮޅަށް ތެދުވި 5 ގައުމެއްގެ ގޮތްދޫނުކުރުން ދުނިޔޭގެ ބާޒާރުގައި ގިނަ ބައިބައިވުންތަކެއްގެ ވިސްނުން އަށަގަންނުވައިފިއެވެ. ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ އާންމު ފައިސާ ބޭނުން ކޮށްގެން ދުނިޔޭގެ ބާޒާރުން ގަނެ ވިއްކުމުގެ ފުރުސަތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންދާތަން ފެންނާން ފަށައިފިއެވެ.މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ބްރިކްސް ވެރިންގެ ބައްދަލު ކުރެއްވުމުގައި އެ ޖަމާއަތުން […]
ޗަައިނާގެ އުފެއްދުންތައް ޔޫރަޕްގެ ބައެއް ގައުމުތަކަށް ފޮނުވާދިނުމުގައި މައިދޮރާއްޓަކަށް އީރާން

ޗައިނާގެ އުފެއްދުން ތަކުގެ ތެރެއިން ޔޫރަޕްގެ ބައެއް ގައުމު ތަކަށް އަހަރަކު އެތެރެކުރެވޭ ކަމަށް އަންދާޒާ ކުރެވިފައިވާ 60 މިލިއަން ޓަނުގެ މުދާ އުފުލުމަށްޓަކައި 6 ގައުމެއް ގުޅިގެން ރޭއިލްވޭމަގެއް ހުޅުވުމަށް އެއްބަސްވެ ޗައިނާއާއި އީރާން އަދި ކަޒަކިސްތާނާއި އުޒުބަކިސްތާން އަދި ތުރުކީ އާއި ތުރުކުމެނިސްތާނުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ މި ރެއިލްވޭ މަގުގައި ރަންދޮރާށި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ 6 ގައުމުގެ ވިސްނުމަކީ އެ ގައުމުތަކުގެ […]
އިންޑިޔާގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވްވާ މައްސަލަ ބޮޑުވެފައި

އިންޑިޔާގެ ބައެއް ސްޓޭޓް ތަކުގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވް ވާ މައްސަލަ އިތުރުވަމުންދާތީ ކަންބޮޑުވުން އުފެދިފައިވާކަން ހާމަވެއްޖެއެވެ. ތެލަސީމިޔާ އަކީ ޖެނެޓިކް ގޮތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އަކަށް ވާއިރު ތެލަސީމިޔާޖެހިފައިވާކުދިން އެނީމިޔާ ފަދަ ބަލިތަކަށް ހުށަހެޅުން ދުރުކޮށް އަދި ފުރާނަ ސަލާމަތް ކުރުމަށްޓަކާ ގަވާއިދުން ލޭއަޅަން ޖެހެއެވެ.އިންޑިޔާގެ މަދްޔާ ޕްރަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުދަދުވަހު ހާމަކޮށްފައިވާ ގޮތުގައި އުމުރުން ތިންއަހަރާ 15 އަހަރާދެމެދުގެ، ތެލަސީމިޔާ ޖެހިފައިވާ ފަސް ކުއްޖަކު އެޗް.އައި.ވީ އަށް ޕޮޒިޓިވް […]