އެމެރިކާ-އީރާނު ހަމަލާތަކާއެކު ޚަލީޖު ހޫނުވެ، ތެލުގެ ސަޕްލައިއަށް ނުރައްކާވެއްޖެ!

ސްޓްރެއިޓް އޮފް ހޯރްމޫޒްގައި ހިނގަމުންދާ ކުރިމަތިލުންތަކާއެކު، ޚަލީޖުގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އޮތް ކަންބޮޑުވުންތައް ބޮޑުވެފައިވަނިކޮށް، އަންގާރަ ދުވަހު އެމެރިކާ އާއި އީރާނުން އަސްކަރީ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. އެންމެ ފަހުން ހިނގި މި ކުރިމަތިލުންތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އީރާނުން ސިފަކުރި ގޮތުގައި ”އެމެރިކާގެ ދުޝްމަން އުޅަނދަކަށް“ މިސައިލާއި ޑްރޯން ހަމަލާ ދީފައިވާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. […]
ބަންގްލަދޭޝްގައި ފެންބޮޑުވެ 51 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، 51 މީހަކު މަރުވެއްޖެއެވެ. ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތަކުން ދައްކާގޮތުން، އެ ގައުމުގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 7 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 1.02 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ޝިންހުއާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 6 ވަނަ ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ […]
މެދުއިރުމަތީގައި ނުރައްކާތެރި އާ މަރުހަލާއެއް ފެށިއްޖެ

ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ތެހެރާނުން ހޯމަ ދުވަހު ބުނުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މިއާއެކު، ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް މަގަށް ކުރިމަތިވެފައިވާ ނުރައްކާ ވަނީ އިތުރަށް ބޮޑުވެފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި، ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އަސްކަރީ މަރުކަޒުތަކަށް މި […]
”ވަދާއީ ސަލާމަކާ ނުލައި ވަޅުލެވިފައި“

ގާޒާގެ ގެދޮރު ސުންނާފަތިކޮށްލި ނުރައްކާތެރި ވައިގެ ހަމަލާތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެތައް ހާސް އާއިލާތަކެއް އަދިވެސް ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެމީހުންގެ ލޯބިވާ މީހުންގެ ހަށިތަކާ މެދު އޮތް ހިތްދަތި ނޭނގުމެއްގެ ތެރޭގައެވެ. މިއީ އެމީހުންގެ ހިތާމަތައް ނިމުމެއް ނެތް ތަހައްމަލަކަށް ބަދަލުކޮށްލި ކަމެކެވެ. މީގެ ތެރޭގައި އުމުރުން 34 އަހަރުގެ ފިދާ ހާޖީ ހިމެނެއެވެ. 16 ނޮވެމްބަރު 2023 ގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ގާޒާ ސިޓީގެ […]
އީރާނާ ދެކޮޅަށް އެމެރިކާއިންކުރާ ހަނގުރާމަ އެމެރިކާއަށް ގެއްލިއްޖެ

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެމެރިކާގެ މަޝްހޫރު އެމް އެސް. ނަވް ނުވަތަ ކުރީގެ އެމް އެސް އެން ބީ ސީ މީޑިއާއިން މެދުއިރުމަތީގެ ހަނގުރާމައިގެ މިއަދުގެ ހާލަތު ބަޔާންކޮށްދީފައިވާ ރިޕޯރޓަކާއި ހަނގުރާމައިގެ ހާލަތު އަލްޖަޒީރާއިން ބަޔާންކޮށްފައިވާގޮތުގެ ޚުލާސާއެކެވެ. ސުވިޒަރލޭންޑުގެ މެމޯރެންޑަމް އޮފް އަންޑަރސްޓޭންގއަށްފަހު އަނެއްކާވެސް އެމެރިކާއާއި އީރާނުން ހަމަލާތައް ބަދަލުކުރަމުން ގެންދަން ފަށައިފިއެވެ. މިފަހަރުގެ ހަމަލާތައް ކުރިއަށްވުރެން ނުރައްކާތެރިވެފައި ދެފަރާތަށްވެސް ލިބޭ ގެއްލުންތައް ގިނައެވެ.މިފަހަރު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތައްދޭން ފެށުނު ސަބަބެއްކަމަށް ބުނެފައިވަނީ […]
ގެރި ކަތިލި މީހަކު މެރި 14 މީހަކަށް ހުކުމް އިއްވި މުސްލިމް ފަޑިޔާރަކަށް މަރުގެ އިންޒާރު ފޮނުވަން ފަށައިފި

އިންޑިޔާގައި، މަސްކެއުމަށްޓަކައި ގެރި ކަތިލި ކަމަށް ތުހުމަތު ކުރެވޭ މުސްލިމަކަށް އަނިޔާކޮށް ދަންޖައްސާ މެރުމުގައި ބައިވެރިވި، ހިންދޫ ދީނުގެ 14 މީހަކަށް ހުކުމް އިއްވި މުސްލިމް އަންހެން ފަޑިޔާރަކަށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި މަރުގެ އިންޒާރު ދޭން ފަށައިފި ކަމަށް ޚަބަރު ލިބެއެވެ. މިސާދަ މީހުންނަށް ކޯޓުން އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. މަދްޔާ ޕްރަދޭޝް ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓެއްގައި ޖޫންމަހުގެ 12 ވަނަ ދުވަހު ނިންމާފައިވާ ޝަރީއަތުގައި ފަޑިޔާރު ތަބައްސުމް ޚާން ވަނީ 14 […]
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައި ވަނީ މިއަދު ، ޖުލައި 12 ވަނަ ދުވަހުއެވެ. ޝައިޚް އަލްޘާނީ، ޤަޠަރުގެ ވެރިކަން ކުރައްވާފައި ވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.ޙަމަދު ބިން ޚަލީފާ އަލްޘާނީ ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅާއެވެ. ޝައިޚް އަލްޘާނީ ގެ […]
ކުރިއަށްއޮތް ސާޅިހަކަށް ގަޑިއިރުތެރޭގައި ހަނގުރާމައިގެ މަންޒަރު މުޅިން ބަދަލުވެދާނެ

މެދުއިރުމަތީގެ ހަނގުރާމައިގާ ކުރިއަށްއޮތް 48 ގައި ހަނގުރާމައިގެ ނުރައްކާތެރިކަން އިންތިހާއަށް ބަދަލުވެ އީރާނުން ދުވަހަކުވެސް ނުދެކޭފަދަ ނުރައްކާތެރި ހަމަލާތަކެއް އީރާނުން ތަޖްރިބާކުރަންޖެހޭނެކަމަށް އެމެރިކާގެ ރައީސް ނޭޓޯގެ ބައްދަލުކުރުމުގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި އިންނަވާފައި އިއުލާން ކުރައްވައިފިއެވެ. އީރާނާއެކު އެއްބަސްވެފައިވާ މެމޯރެންޑަމް އޮފް އަންޑަރސްޓޭންޑިންގ މިހިސާބުން ނިމުނީއެވެ. އީރާނުގެ ތެލާއި ފެނުގެ ނިޒާމް ފުނޑާލާނެކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.ރައީސް ޓްރަމްޕްގެ އިންޒާރަށް އީރާނުގެ ސަލާމަތީ ކައުންސިލުން ދިން ޖަވާބުގައި އީރާނުން ބައިނަލް އަގްވާމީ ނިއުކްލިއަރ […]
ހޯރްމުޒް ބަންދުކޮށް ގަލްފު ހޫނުވެއްޖެ

ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި އުޅަނދަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، އެމެރިކާއިން މި ހަފުތާގައި އީރާނުގެ އިސްތިރާތީޖީ ބަނދަރުތަކަށް އަމާޒުކޮށް ދިން ތިންވަނަ ބުރުގެ ވައިގެ ހަމަލާތަކާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް ސެންޓްކޮމް އިން ބުނި ގޮތުގައި، އެންމެ ފަހުން މި ދިން ހަމަލާތަކަކީ ސައިޕްރަސްގެ ދިދަ ޖަހާފައިވާ ”އެމް/ވީ ޖީއެފްއެސް ގެލެކްސީ“ ނަމަކަށް ކިޔާ ކޮންޓެއިނަރު އުޅަނދަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ […]
ރަޝިޔާގެ އެސް-400 މަރުކާގެ ދިފާއީ ނިޒާމަކީ ޚިޔާލީ ފޮލައެއްނޫން

ހަނގުރާމައެއްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކޮންމެ ވަގުތެއްގައި މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔު އެނގުން ބޭނުންވާނެއެވެ. އާންމު މީޑިއާތަކުން އަބަދުވެސް ގިނައިން ޚަރަދުކުރާ ފަރާތަކަށް ސަޕޯރޓްކޮށް ޚަބަރުތައް ގެނެސް ދިނުމަކީ އާދައެކެވެ. ސަންދާނުގެ ލިއުންތެރިންނަށް މި ގެނެސްދެނީ ދުނިޔޭގެ މަސްރަހް ދިރާސާ ކުރެއްވުމުގައި ވަރަށް ޚާއްސަ މަގާމެއް ހޯއްދަވާފައިވާ ބްރައިޓްން ހަރިސް ޗާރލްސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ޕޯސްޓްކޮށްފައިވާ ރިޕޯރޓެކެވެ.ދާދިފަހުން އިސްރާއީލުން އީރާނަށް ދޭން އުޅުނު ވައިގެ ހަމަލާއަކީ ހަގުރާމައެއްގައި މިހާތަނަށް އީރާ ދެކޮޅަށް އިސްރާއީލުން ދިނުމަށް ރޭވި އެންމެ […]