އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ތަންތަނުގެ ލިސްޓުގައި މައްކާ އަދި މަދީނާ

2025 ވަނަ އަހަރު 19.5 މިލިއަން ހައްޖު އަދި އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތް ކޮށްފައި ވީނަމަވެސް، އެންމެ ގިނައިން މީހުން ޒިޔާރަތް ކުރި ތަންތަނުގެ ލިސްޓުން މައްކާއަށް ލިބިފައިވަނީ 5ވަނަ އެވެ. އަދި މަދީނާއަށް ލިބިފައިވަނީ ހަތްވަނަ އެވެ. 2025 ވަނަ އަހަރު 18.03 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައޫދީއަރަބިއްޔާއަށް ޒިޔާރަތް ކޮށްފައިވާއިރު، 1.5 މިލިއަން މީހުން ހައްޖުވުމަށްޓަކާ އެގައުމަށް ގޮސްފައިވެއެވެ. މިއަދަދު ތަކަށް ބަލާއިރު އުމްރާ ގެ އަޅުކަން އަދާކުރުމަށް […]

އަދުގެ ނަސޭހަތް

އެ ގެއެއްގައި ތަޤުވާވެރިކަން އާލާވެއްޖެ ނަމަ ކައިވެނި ތައް ނުރޫޅޭނެތެވެ. ކޮންމެ ހެން ވަކިވާން ޖެހޭ شرعي ސަބަބެއް މެދުވެރި ވިޔަސް ދަރިންނަށްޓަކައި ދީނަށްޓަކައި ، އޮންނަންޖެހޭ މަޞްލަޙަތުތަކަށް ރައްކާތެރި ވާނެ އެވެ. ޢިއްޒަތާއި ޢަބުރު ރައްކާތެރިކޮށް ސިއްރުތަކަށް އަމާނާތްތެރި ވާނެއެވެ. އިންސާނިއްޔަތުކަން ދަމަހައްޓާނެއެވެ. وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴿٢﴾.އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.(سورة الطلاق آية2) وَمَنْ يَتَّقِ اللَّهَ يَجْعَلْ […]

މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އަޅުންގެ ކިބައިގައި ހުންނަ ސިފަތައް!

މާތް ﷲގެ އެންމެ ލޯބިވެތި އަޅުންގެ ތެރެއިންވުމަށް ބޭނުން ނުވާނީ ކޮން މުސްލިމަކު ހެއްޔެވެ؟ މި މަގުސަދުގައި ގިނަ މުސްލިމުންނަށްވެސް އެއް ސުވާލެއް ކުރިމަތިވެއެވެ. މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އަޅުންގެ ކިބައިގައި ހުންނަން ޖެހޭނީ ކޮން ސިފަތަކެއްބާއެވެ. މީގެ ޖަވާބު ކީރިތި ޤުރުއާނުން ފެންނަން އެބައޮތެވެ. އެކަލާނގެ ވަނީ ”ޢިބާދުއްރަޙްމާން“ގެ ނަމުން ނަންދެވިފައިވާ މުއުމިނުންގެ މާތް ބައެއްގެ ސިފަތައް ބަޔާންކޮށްދެއްވާފައެވެ. މި ސިފަތައް ބަޔާންކުރައްވާފައިވަނީ ސޫރަތުލް ފުރުޤާންގެ 63އިން ފެށިގެން 76 ވަނަ އާޔަތުގެ ނިޔަލަށެވެ. […]

އިސްލާމީ ތާރީޚުގެ އެންމެ ހިތާމަވެރި ސަފްހާގެތެރެއިން – 3

https://sandhaanu.today/65827/ އާއި ގުޅޭ .. މާތް ނަބިއްޔާގެ ދެލޯފުޅު ބަންދުވުމާއެކު އައިޝާގެ ފާނަށް ވަރަށްބާރަށް ކީރިތި ކުރެއްވުނެވެ. އެ އަޑަށް ހުރިހާ އަނބިކަނބަލުން އެ ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއެވެ. މާތް ނަބިއްޔާގެ ހަށިކޮޅު އެދުމަތީގައި ވެޑުވުމަށްފަހު ހަށިކޮޅުގައި ފޮތިގަނޑެއް އަޅުއްވައި ނިވާކުރެއްވުނެވެ.                                                    އަބޫބަކުރުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު އަވަސް އަވަހަށް އަސްމަތީގައި ވަޑައިގެން މާތް ނަބިއްޔާގެ މޫނުފުޅުގައި ބޮސްދެއްވައި ކީރިތިކުރައްވަމުން ވިދާޅުވިއެވެ. “ އަހަރެންގެ އެކުވެރި ރަޙްމަތްރިޔާއެވެ. މިއަދަށްފަހު ދުނިޔެމަތީގެ އެއްވެސް ހިތްދަތިކަމެއް ކަލޭގެފާނަށް ދެން ލިބިވަޑައި […]

އަހުލުބައިތުންދެކެ ނުރުހުމަކީ މުނާފިޤުކަމުގެ ޢަލާމަތެކެވެ.

ޢަލީގެފާނުދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ޤަދަރަށް އުނިކަން ލިއްބައިދޭ ކަންކަމަށް ތިމާގެ ހިތް ބުރަވުމަކީ އެމީހާގެ އީމާންކަމާއި ނިފާޤުކަން ވަޒަންކޮށްދޭ މީޒާނެކެވެ.މާތްﷲ ވަޙީކުރައްވާފައިވެއެވެ: ”قُلْ لَا أَسْأَلُكُمْ عَليهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى“ (އަލްޝޫރާ: 23). މިއާޔަތުގެ މާނައަކީ: ”އޭރަސޫލާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ދީނަށް ގޮވައިލެއްވުމުގައި، ތިޔަބައިމީހުންގެ ކިބައިން ތިމަންކަލޭގެފާނުގެ ގާތްތިމާގެ މީހުންދެކެ ލޯބިވުން ފިޔަވައި ، އެއްވެސް އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ.“ މިއާޔަތުގެ ތަފްސީރުގައިވާ އެއްބަސްފުޅަކީ، އިތުރު އެކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ ބޭފުޅުންދެކެ […]

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު، އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނޭއީގެ ފުރަތަމަ މެސެޖުގެ ދިވެހި ތަރުޖަމާ:

سْمِ اللهِ الرَّحْمٰنِ الرَّحِيْمِ ”މާތްﷲގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.“ ”ތިމަންރަސްކަލާނގެ ނަސްޚު ކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ“ ▪️ﷲގެ މަގަށް ގޮވާލައްވާ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ނިޝާންތައް އުނގަންނައިދެއްވި މާތް ނަބިއްޔާއަށް ސަލާމް ހުއްޓެވެ. ﷲގެ ދީން ގާއިމުކުރައްވާ، އެކަލާނގެ މަގަށް ހުޅުވިފައިވާ ދޮރާށްޓަށް ސަލާމް ހުއްޓެވެ. ﷲގެ ޙައްޤު ބަސްފުޅަށް ނަޞްރުދެއްވާ، އެކަލާނގެ ޚަލީފާއަށް […]

ޝީޢީ ކާފިރު ސުންނީ މުސްލިމު ކިޔުން ހުއްޓާލާށެވެ.

މިއީ އިޒްރޭލުން މެދުއިރުމަތީގައި ހިންގަމުން އަންނަ ލޭއޮހޮރުވުންތަކާއި ބިން ވެރިކުރުމުގެ ޖަރީމާތަކާއި ދެކޮޅަށް އަމިއްލަ ނަފުސާއި ޤައުމުގެ ދިފާޢުގައި އިޒްރޭލަށް ގެއްލުމެއް ދޭ ކޮންމެ ބަޔަކަށް ތާއީދު ކުރާކަން ދައްކަންޖެހޭ ވަގުތެއް ކަމަށް ވީނަމަވެސް ދިވެހިންގެ ތެރެއިން މަދު މީހަކު މުސްލިމުންގެ މެދުގައި ފަސާދަ އުފެދޭގޮތަށް އީރާނާއި މެދު ނަފްރަތު އުފެދޭ ބާވަތުގެ ވާހަކަތައް ލިޔެ މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ދޫކުރަމުން ގެންދިޔުމަކީ، މިއަދު އިސްލާމީ އުއްމަތު އޮތް ހާލަތަށްބަލާއިރު ދުންއަރާތަނަކަށް ދަރުއުކުން ފަދަ ކަމަކަށް ނޫނީ […]

އާޔަތުﷲ ޚާމަނާއީ ހިމެނިވަޑައިގަތީ މި ފަހުގައި އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި ޤާއިދުންގެ ތެރެއިންނެވެ.

ޝައިޠާނީ އިސްރާއީލާއި އަދި އެމެރިކާގެ ޙަމަލާގައި، އީރާނުގެ އިސްލާމީ އިންޤިލާބުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު ޢަލީ ޙުސައިނީ ޚާމަނާއީ ޝަހީދުވެވަޑައިގެންފިކަން އީރާނުގެ ދައުލަތުގެ ޓީވީން އިޢުލާންކޮށްފިއެވެ. މި ޙަމަލާގައި ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބި ދަރިކަލުންނާއި ކާފަ ދަރިކަލުންވެސް ޝަހީދުވެފައިވާ ކަމުގައި ވެއެވެ. ޚާމަނާއީ އެ ޝަހީދުވެ ވަޑައިގަތީ މި އުންމަތުގެ އެންމެ ނުބައި ދުޝްމަނުންނާއި ކެރިގެން ކުރިމަތިލުމުގައި ލާމަސީލު މިސާލެއް ދައްކަވަމުންނެވެ. ރަމަޟާން ރޯދަ މަހުގައެވެ. ސީދާ ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށެވެ. ދާއޫދު ގެފާނާއި […]

ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް: ހުތުބާ

ޢިލްމަކީ ޖާހިލުކަމުގެ އަނދިރީން އިންސާނާ ނެރެދީ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ ނޫރެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ.“ މިއެވެ. އެ މައުޟޫޢުގައި ދިން ހުކުރު ހުތުބާގައި ވަނީ މިއީ އަހަރެމެންގެ ދަރީން، އައު ޢަޒުމަކާއެކު ދިރާސީ އައު އަހަރުގެ ދަތުރު ފެށި ހަފުތާކަން ހަނދާންކޮށްދީ މަދަރުސާގެ ދޮރޯށިތަކުން ދަރިވަރުން ވަންނަ މަންޒަރުން، އުންމީދުތައް އައުކޮށްދޭކަން ހަނދާންކޮށްދީފައެވެ. ހުތުބާގައި ބުނީ މިއީ އެ ދަރީންގެ މުސްތަޤުބަލު ބިނާކުރުމުގެ އައު […]

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާއެކު ފަސޭހަކަމެއް ވާނޭކަން: ހުތުބާ

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް“ މިއެވެ. ހުތުބާގައި ބުނީ މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށާއި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނޭ ކަމަށާއި އެ ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެއް ކަމަށެވެ. ”އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި […]