މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް: ހުތުބާ

މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ހުތުބާދީފައި ވަނީ ”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫޢުގެ މައްޗަށެވެ. މިއަދުގެ ހުތުބާގައި ވަނީ އެ މައުޟޫޢުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ. ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށާއި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، […]

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތު

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށް ދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަ ކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ.   ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ. ދަންނަންޖެހޭ […]

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުބައިކަން

މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މީހެއްގެ މުދަލެއް އަތުލައިގަތުމަށްޓަކައި ދޮގުވެރި ޙާލުގައި ހުވާކުރިމީހާ ދަންނާށެވެ! އެމީހާ ﷲއާ ބައްދަލުކުރާނީ އެކަލާނގެ އޭނާ ދެކެ ރުހިވޮޑިނުގަންނަވާ ޙާލުގައެވެ. “ ( ބުޚާރީ މުސްލިމު)މާތް ﷲ ރުއްސުންލެއްވި އިބުނި މަސްޢޫދު އަރިހުން އަރިހުން ރިވާވެގެންވޭ މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އެއްވެސް ޙަޤީޤަތެއް ނެތި މުސްލިމެއްގެ މުދާ ހުވާ ކޮށްގެން އަތުލާމީހާ ޤިޔާމަތް ދުވަހުން މާތް ﷲ އާ […]

ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި

މިއަދުގެ ހުތުބާގައި ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަމަށް ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ފާހިޝް އަމަލުތަކާއި ދުރުހެލިވުން“ މިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރުން އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައި ކަަމަށެވެ. ”لَمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَمْ […]

ހަޔާތުގެ ޑައިރީގެ އެންމެ އަގު ބޮޑު ޞަފްހާ އަކީ މައިންބަފައިންނެވެ.

ހެޔޮލަފާ މައިން ބަފައިން އުފެއްދޭނީ ﷲގެ ކަލާމް ފުޅު ކީރިތި قرآن އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތަކީ ތަރުބިއްޔަތުގެ މަންހަޖު ކަމުގައި ދެކިގެނެވެ. ކިތަންމެ ބޮޑު ޔުނިވަރސިޓީއަކުން ކިތަންމެ ބޮޑު ސަނަދެއް ލިބުނެއްކަމަކު ކީރިތި ޤުރުއާނުގައި އޮތް އެއްޗެއްގެ މައްޗަށް ޅަފަތުގެ ޖީލު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ނުވަތަ އެފޮތުގައި އޮތް އެއްޗެއް ވިސްނައިގަތުމުގެ ޤާބިލުކަން ސިކުނޑީގައި ނުއިންދައިފިނަމަ އިންސާނާގެ ހިތުގައި އިޙްސާންތެރިކަމެއް އަމާނާތްތެރިކަމެއް ނުވާނެއެވެ. މިއީ ދުނިޔެ ދައްކާ […]

އަޅުކަންތައް ކުރުމުގައި إخلاص ތެރިކަން ބޭނުންވޭ

 اللهއަށް ކިޔަމަން ތެރިކަން އަދާ ކުރުމުގައްޔާއި އެ إله އަށް އަޅުކަން ކުރުމުގައި إخلاصތެރިކަން ނެތިއްޖެނަމަ އެ ކަމެއް قبول އެއް ނުކުރެވެއެވެ. الله ގެ ޙަޟުރަތުން އައިސްފައިވާ قدسي  حديث އެއްގައި  رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވިއެވެ. رَوَى مُسْلِم ٌعَنْ أَبِي هُريْرَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «قَالَ اللَّه تعَالى: أنَا أغْنى الشُّرَكَاءِ عَنِ الشِّركِ، منْ عَملَ عَمَلا أشْركَ فيهِ مَعِى غَيْرِي، تَركْتُهُ وشِرْكَهُ». މާނައީ: މާތްالله ރުއްސުންލެއްވި أبوهُريْرَةގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރައް ވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު حديثކުރެއްވިއެވެ. اللهُ سُبْحَانَهُ وَتَعَالى وحيކުރެއްވިއެވެ. ތިމަންއިލާހު ވޮޑިގެންވަނީ شريكކުރާ މީހުންގެ شريكކުރުމުން ހުސްތާހިރުވެވޮޑިގެންނެވެ. މީހަކު […]

إخلاصތެރިކަމުގެ ސިފައަކީ ނަބީބޭކަލުންގެ ސިފައެކެވެ.

موسى عليه السلامގެ إخلاصތެރިކަމުގެ ސިފަ ބަޔާންކުރައްވަމުން މާތްالله، وحىކުރެއްވިއެވެ. )وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا(. މާނައީ:- ކަލޭގެފާނު މި ފޮތުން موسىގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيارކުރައްވާފައިވާ ބޭކަލަކު ކަމުގައި އެ ކަލޭގެފާނު ވިއެވެ. އަދި رسولއަކު  إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނަކީ إخلاصތެރިބޭކަލުންގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالى ސިފަކުރެއްވި ބޭކަލުންނެވެ. މާތް الله،  وحيކުރެއްވިއެވެ. )وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ * إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ * وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَار(. މާނައީ :- އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނު ހަނދުމަކުރައްވާށެވެ! (އެ ބޭކަލުންނީ) ހެޔޮ عملކުރެއްވުމަށް ބާރުގަދަ ބުއްދީގެ أهلވެރިންނެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ބޭކަލުން ސާފު خصيلةއަކުން މާތްކުރައްވައި خيارކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން އެ ބޭކަލުންވަނީ ތިމަންރަސްކަލާނގެ حضرة ގައި خيارކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. ނިޔަތުގައި إخلاصތެރިކަން އޮވެއްޖެ ނަމަ އެ ކަމެއް […]

އިޚްލާޞްތެރިކަން

މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ إخلاصތެރިކަމުގެ ސިފައެވެ. އެ އާއި ނުލައި މުސްލިމެއްގެ أخلاق ފުރިހަމައެއް ނުވެއެވެ.  مكةއިން مدينة އަށް  މުސްލިމުންގެ ތެރެއިން އަންހެން ކަނބަލަކު ހިޖުރަކުރެއްވިއެވެ. އެ ކަމަނާގެ ނަމަކީ ام قيس އެވެ. އެއަށް ފަހު أصحاب ބޭކަލަކު ހިޖުރަކުރެއްވިއެވެ. އެ ބޭކަލަކު ހިޖުރަކުރެއްވީ އެ ކަމަނާއާ ކައިވެނިކުރުމަށެވެ. اللهގެދީނަށް نصرދިނުމަކަށް ނޫނެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم، އެ ފަދަ އަމަލުތައް ގޯސްކުރެއްވިއެވެ. އަދި ﷲއަށް ޚާލިސް ނުކުރެވޭ ކަންތަކުގެ ހަގީގަތް ބަޔާންކޮށް ދެއްވިއެވެ. ފަހެ حديثކުރެއްވިއެވެ. وعَنْ أَميرِ الْمُؤْمِنِينَ أَبِي حَفْصٍ عُمرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: […]

ތައުބާ:ސަތޭކަ މީހުން ގަތުލުކޮށްފައި ހުރި މީހެއްގެ ތައުބާ ގަބޫލުކުރެއްވުނު ވާހަކަ!

މާތްالله ރުއްސުންލެއްވި أبو سعِيد سَعْد بْنِ مالك بْنِ سِنان الْخُدْرِيގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހުންގެ ތެރޭގައި ނުވަދިހަނުވަ މީހުން قتل ކުޅަ މީހަކު އުޅުނެވެ.  ފަހެ އެ މީހާ ބިންމަތީގައިވާ އެންމެ މޮޅު علم ވެރިޔަކު ހޯދަން އުޅުނެވެ. އެހިނދު އޭނާއަށް راهب އަކަށް إشارة ކުރެވުނެވެ. ފަހެ އެ މީހާ އެ راهبގެ ގާތަށް ގޮސް ސުވާލުކުރިއެވެ. ”ހަމަކަށަވަރުން ތިމަންނަވަނީ ނުވަދިހަނުވަ މީހުން قتل ކޮށްފައެވެ. ވީމާ ތިމަންނައަށް […]