ވިލިމާލޭގައި އަޅާ ހައުސިންގ ޔުނިޓުތައް ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭން، މާލެ ސިޓީގެ ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތައް ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ައެމަނިކުފާނު މިހެން ވިދާޅުވީ، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭން، ވިލިމާލޭގައި ދިރިއުޅޭ މީހުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓަކީ، މާލޭ ސަރަހައްދުގައި އެޅުމަށް ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި 500 ހައުސިންގ […]

ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގައި ރައްޔިތުން ވިސްނަންޖެހޭ ބައެއް ޝަރުތުތައް

ކޮންމެފަދަ ވެރިކަމުގެ ނިޒާމެއްގައިވެސް ބުނެފައި އޮންނަނީ އެއީ ރައްޔިތުންނަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ބަޔަކު އިސްވެތިބެ ހިންގާ ވެރިކަމެއް ކަމުގައެވެ. އެކަމަކު ޙަގީގަތަކީ ކޮންމެ ވެރިކަމުގެ ނިޒާމަކީވެސް ގައުމުގެ ވަކި ބަޔަކު އެބައެއްގެ ފައިދާއަށްޓަކައި އިޚްތިޔާރުކުރާ ނިޒާމެކެވެ. ވެރިކަމުގެ ޢިލްމުގެ ތަޖްރިބާކާރުން ވެރިކަމުގެ ނިޒާމްތައް ކިޔާދީފައިވާ އަންނަނީ މިފަދަ މިސާލު ގޮތެއްގައެވެ. މީހެއްގެ މިލްކުގައި 2 ބަކަރި އޮތްކަމުގައި ވެފައި އެތަނުން އެއް ބަކަރި އޭނާއަތުން އަތުލުމަށް ފަހު އެ ބަކަރި ޖެހިގެންހުރި ޢާއިލާއަށް ސަރުކާރުން ދިނުމަކީ ސޯޝަލިޒަމްގެ […]

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. .އީ-ވިސާ ތަޢާރަފް ކުރުމާ ގުޅިގެން އެކަންކަމަށް ސަމާލުވުމަށް އެދި އިމިގްރޭޝަނުން ވަނީ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަން ހާމަކޮށްފައެވެ. އަދި މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްޚަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. ”އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް. މިއަދުން ފެށިގެން ރާއްޖެއަށް […]

ވޭމަންޑޫގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ.ވޭމަންޑޫ ގައި ހުޅުވައިދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މިއަދު ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް […]

ދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިސްލާމް ދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. ”މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ […]

އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިންހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ރާއްޖޭން ޕަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ވާކަން ތަކުރާރުކޮށް، އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ. އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ޕަލަސްތީނު ރައްޔިތުންގެ […]

ރައުދު ކުށަށް އިއުތިރާފްވެއްޖެ

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އެއްބަސްވެއްޖެއެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ […]

ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފި

ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފިއެވެ. ސައުދީ ސަރުކާރުން ހަދިޔާކުރި 25500 މުސްހަފުގެ ތެރޭގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ އެ މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ. މި އަހަރުގެ އޭޕްރީލްމަސް ތެރޭގައި ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 25،000 މުސްހަފާއެކު އިއްޔެ ހަދިޔާކުރި 25،500 މުސްހަފާއެކު މި އަހަރު ސައުދީން ރާއްޖެއަށް ހަދިޔާކުރި މުސްހަފްގެ އަދަދު ވަނީ 50500 އަރާފައެވެ. މުސްޙަފްތައް ރަސްމީކޮށް […]

މާލެ ސަރަހައްދުގައި ހުޅުވާ ޔޫޕީއެޗް ސެންޓަރުގެ ޚިދުމަތް ނޮވެންބަރު 22ން ފެށިގެން ލިބޭނެ

މާލޭ ސަރަހައްދުގައި ހުޅުވުމަށް ހަމަޖެހިފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ (ޔޫޕީއެޗްސީ)ގެ މާފަންނު ބްރާންޗްގެ ޚިދުމަތް މި ނޮވެމްބަރު 22ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ. މިއަދު ނެރުނު އިޢުލާނެއްގައި އައިޖީއެމްއެޗުން ވަނީ، އެ ސެންޓަރުން ދެވޭ ޚިދުމަތްތައް ހާމަކޮށްފައެވެ. މިގޮތުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި؛ޖީޕީ ކްލިނިކް:ޢާއިލީ ބޭސްވެރިކަމުގެ ޑޮކްޓަރުންގެ ޚާއްޞަ ޚިދުމަތްއާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތްޖީޕީގެ ޑޮކްޓަރުން ލަފާދެއްވާ ލޭގެ ޓެސްޓުތައް ހެދުމުގެ ޚިދުމަތްޑްރޮޕްބޮކްސް މެދުވެރިކޮށް […]

ސެލޫނެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

މާާލޭގައި ހިންގަމުންދާ ސެލޫނެއް ބަލައިފާސްކޮށް ދިވެއްސަކާއި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހ. އަރިހިޔާގޭގައި ހިންގަމުންދާ ”ޕީސް ސެލޫން އެންޑް ސްޕާ“ ބަލައިފާސްކޮށް، ދިވެހި ފިރިހެނަކާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.މި ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ރިވެލި، […]