ރާއްޖޭގައި ތިބީ އެޗްއައިވީ ޖެހިފައި ތިބި 36 މީހުން

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެެގޮތުން މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން […]

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހުތައް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ޕީއެންސީއަށް ނިސްބަތްވާ މެންބަރެއް ކަމުގައިވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެގޮތުން އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތާޢީދާއެކުއެވެ.

ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ކަނޑު އުޅަނދެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ. މިއީ ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް ހަދިޔާކުރި އުޅަނދެކެވެ. އެގޮތުން މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ. މި އުޅަނދު ރަސްމީކޮށް ޙަވާލުކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، […]

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަނީ

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ނިންމައިފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ ސްރިލަންކާއަށް އެރި “ދިތުވާ” ތޫފާންގެ ސަބަބުން އެ ގައުުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން އެ އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތްގާތްއެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި […]

ލަންކާއަށްކުރާ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާއަށް މިހާރު ކުރަމުން އަންނަ ބޯވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވެފައި ވާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ […]

ކުރީގެ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސް އެވެ. މަރުގެ އިންޒާރު ދީފައި ވަނީ ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު 2021 ވަނަ އަހަރުއެވެ. ފޭސް ބުކުގައި އެ މީހާ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް […]

މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައިފި!

މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުއްވައިފިއެވެ. ަެއެ ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. ެެއެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ސްކޫލެއް ކަމަށެވެ. މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތަޢުލީމުގެ ޕާތްވޭއެއް އިތުރުވެ، ޢަމަލީ އަދި ސިނާޢީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުޤުވެރިވާ ދަރިވަރުންނަށް ފުރުޞަތުތައް […]

ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ […]

އަަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި ޕާކިންގ ޒޯނަކާއި ޕާކެއް ހަދަނީ

ޗާނދަނީމަގުގައި ހުންނަ، ޢަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ޕާކަކާއި ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މައްޗަންގޮޅީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޢަރަބިއްޔާ ހިންގި އިމާރާތް މިހާރު ބާވެފައި ވުމާއެކު، އެތަން ތަޅާލުމަށް ނިންމެވީ ކަމަށެވެ. އަދި އެ ބިމުގެ ބޮޑު ބައި ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުމަށާއި، އަދި ކުޑަ ޕާކެއް ހެދުމަށް ޕްލޭންކޮށްފައި ވާކަމަށް އެކަނިކުފާނު ވިދާޅުވިއެވެ. އެއީ […]

ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގައި ރައްޔިތުން ވިސްނަންޖެހޭ ބައެއް ޝަރުތުތައް

https://sandhaanu.today/63872/ އާއި ގުޅޭ ……ދިވެހިރާއްޖޭގެ ތާރީޚު ފެށުނުއިރުވެސް މިގައުމުގައި ރަސްކަލަކު ތިއްބެވިއެވެ. އެކަމަކު އެ ރަސްގެފާނު ރަސްކަމަށް އިސްކުރެވުނު ގޮތެއް މުއުތަބަރު ގޮތެއްގައި ތާރީޚުން އެނގޭކަށްނެތެވެ. އުފަންވުމުގައިވެސް ރަސްކަލަކަށް ވެފާއޮތުން އެކަށީގެންވެއެވެ. އެއަށްފަހު އެކިއެކި ދަރިފަސްކޮޅުން ރަސްކަމުގެ ސިލްސިލާއެއް ދެމިގެން އައިސްފައިވާކަން ތާރީޚުން އެނގެއެވެ. އެއް އާއިލާގެ ރަސްކަން އެހެން އާއިލާއަކުން ދަމައިގަތުމަށްޓަކައިވެސް ތަފާތު އުކުޅުތައް ހުރީ ބޭނުންކޮށްފައެވެ. މިކަހަލަ ދުވަސްތަކަކަށް ފަހު ގާނޫނު އަސާސީއެއް އެކުލަވާލެވި ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްތަކަށް ބަދަލުކުރަން މަޖިލީހުގެ ތެރެއިން ނިންމެވިއެވެ.މަޖިލީހަކީ […]