ރައީސް ޑރ.މުޢިއްޒުގެ މަންދޫބުގެ ހައިސިއްޔަތުން ޑރ.ޝަހީމް ގަމްބިއާއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގަމްބިއާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ގަމްބިއާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ އޯއައިސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބުގެ ގޮތުގައެވެ.

ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ 30 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން މިއަދު ހެނދުނު 10:38 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.  އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.  މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން […]

މިއަދަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް

ދުނިޔޭގެ ޕްރެސް ފްރީޑަމް ޑޭ މޭ މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރަމުން ދާއިރު އެފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމާމެދު ވިސްނާލަން ޖެހެއެވެ. އދގެ ކަނޑައެޅުމަކަށް އެފަދަ ދުވަހެއް ފާހަގަކުރަން ނިންމީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ޒާތުގައި ހިމާޔަތް ކޮށް،ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ޕްރިންސިޕަލްސް ނުވަތަ އުސޫލުތައް އެގޮތުގައި ހިފަހައްޓާ އެކަމަށް އެންމެންގެ މެދުގައިވެސް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. ކޮންމެ ގައުމެއްގައިވެސް ނޫސްވެރިކަމަކީ އެކި ކަންކަމާގުޅޭ ތެދު ހަގީގަތް ހާމަކުރުމަށް އޮންނަ ވަސީލަތެވެ.  ނަމަވެސް ނޫސްވެރިން ނުވަތަ މީޑިޔާ ބޭނުން […]

ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަޤީޤަތަކަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.  ރައީސްގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ […]

އިސްރާޢީލުން ބޭނުންވާ ސުލްޙައަށް ޙަމާސްއިން އެއްބަސްކުރުވުން

އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ފަނާކުރަނިވި ޣައިރުގާނޫނީހަނގުރާމައިގެ ޖަރީމާތައް ހުއްޓާލާން އެގައުމުން ކަނޑައަޅާފައިވާ ޝަރުތު ތަކަކަށް އަވަހަށް އެއްބަސްކުރުވަން އެމެރިކާއިން ބޭނުމެވެ. އަދި ޙަމާސް އިން ހިފާއްޓާފައި ތިބި ރަހީނުން އަވަހަށް ދޫކޮށްލުމަށެވެ. މިކަމަށް ސަޕޯޓްހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މެދުއިރުމައްޗަށް ކުރަމުންގެންދާ ދަތުރުގައި ރިޔާޒުގައި ހުރެ އެކަމަށް ބާރުއަޅަމުން ގެންދާކަމަށް ރޮއިޓާސްއިން ޚަބަރު ދީފިއެވެ. ސަޢޫދީ އެރޭބިޔާގައި މިހާރު ހިނގަމުންދާ ދުނިޔޭގެ އިކްނޯމިކް ފޯރަމްގެ ތެރޭގައި ސަޢޫދީގެ އޮފިޝަލުންނާއި ބައްދަލުކޮށް ބްލިންކަން ވިދާޅުވެފައިވަނީ އިސްރާއީލުން ހުށައަޅާފައިވަނީ ވަރަށް އާދަޔާ ޚިލާފް ލުއިތަކެއް ކަމަށާއި މިފުރުސަތު ނަގާނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަނގުރާމަ ހުއްޓުވުމަށް މިހާރު އޮތް […]

އިޒްރޭލު ގޮތް ހުސްވެފައި، ގަތުލުއާންމާއެކު ބާރުގައި ނުހިފެހެއްޓިދާނެ ކަމަށް އެމެރިކާ އޮތީ ބިރުހީވެފައި!

އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ކުށުގެ ކޯޓު (އައިސީސީ) އިން އަމުރާ ގުޅިގެން އެ ކޯޓާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިޑެން ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިއީ މީގެކުރިން ދުވަހަކުވެސް ކަންތައް ކޮށްފައިވާ ގޮތެއްނޫނެވެ. އެގޮތުން، އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ބުނެފައިވަނީ ންތަންޔާހޫއާއި އިޒްރޭލުގެ އެހެނިހެންވެސް އިސް އޮފިޝަލުން ހައްޔަރުކުރުމަށް އައިސީސީއިން އަމުރެއް ނެރެފިނަމަ އެމެރިކާއިން ބަދަލު ހިފާނެކަމަށް އިންޒާރު ދީފައެވެ. “ބައިޑެން ސަރުކާރުން އެއްވެސް ރައްދެއް ނުދޭނަމަ، އެމެރިކާގެ ރައްޔިތުންނާއި، ސިޔާސީ ވެރިންނާއި، އޮފިޝަލުން […]

އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހުންގެ ގައިން އާންމުނޫން ސައިޑް އިފެކްޓެއް ފެންނަ ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ

ދިފާޢީ ވެކްސިންތަކުން އާންމުކޮށް ނުފެންނަ ސައިޑް އިފެކްޓެއް އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހުންގެ ގައިން ފެންނަ ކަމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ. މިގޮތުން، އިނގިރޭސި ވިލާތުގެ ކޯޓަކަށް ގާނޫނީ މައްސަލައަކާއި ގުޅިގެން އެސްޓްރާޒެނެކާއިން ހުށަހެޅި ލިޔެކިޔުންތަކެއްގައި، ބޭސް އުފައްދާ މި ކުންފުނިން ތައްޔާރުކުރި ކޯވިޑް-19 އެސްޓްރާޒެނެކާ ވެކްސިނުން، އާންމުކޮށް ނުފެންނަ މައްސަލައެއް ކަމުގައިވާ ތްރޮމްބޯސިސް ވިތް ތްރޮމްބޯސައިޓޯޕީނިއާ ސިންޑްރޯމް (ޓީޓީއެސް) ފެންނަކަމަށް އެކުންފުނިން ބަޔާންކޮށްފައިވާކަން ހާމަވާއިރު، މިއީ ވަރަށް މަދު ހާލަތެއްގައި މެނުވީ ނުފެންނަ މައްސަލައެއްކަމަށް އެ ކުންފުނިން […]

އިޒްރޭލު ފަތުރުވެރިޔާއާއި ގުޅޭގޮތުން ކުރި ޓްވީޓަށް 700،000 އަށްވުރެ ގިނަ ވިއުޒް!

ދިވެހިރާއްޖެއަށް އައި ފަތުރުވެރިޔަކު، އޭނާއަކީ އޮޒްރޭލު ރައްޔިތެއްކަން ދިވެހިރާއްޖޭގެ ރަށެއްގެ އާންމުންނަށް އެނގުމާއެކު އޭނާ އެރަށަށް އެރިޔަ ނުދީ ހިފެހެއްޓި ޙަބަރު “ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް” ހިންގަވާ ފަރާތުން އެކްސް، ކުރީގެ ޓްވިޓަރގައި ހިއްސާކުރުމުން އެ ޓްވީޓަށް 700،000 އަޡްވުރެ ގިނަ ވިއުޒް ލިބިއްޖެއެވެ.  ޕޯސްޓްކުރިތާ 12 ގަޑިއިރުތެރޭގައި 300،000 ވިއުޒް ލިބި އެ ޕޯސްޓް ވައިރަލްވެފައިވާއިރު، 24 ގަޑިއިރު ވެގެން ދިޔައިރު 700،000 ފަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން އެޓްވީޓް ބަލާފައިވެއެވެ.  ޓްވީޓްކުރެއްވި […]

އިންޑިޔާގެ މުސްލިމުން : އަމިއްލަ ގައުމުގަވެސް ފަރުދާވެފަ؟  

އިންޑިޔާގެ އާގްރާ ގައި ދިރިއުޅެމުން އައި މުސްލިމް އާއިލާ އަކަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކު އެއްދުވަހަކު ރޮމުން ރޮމުން ގެއަށް އައެވެ. މަންމަ ސުވާލު ކުރުމުން އޭނާބުނީ ކްލާސްކުދިން ތިމަންނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ އެއްޗެތި ކީ ކަމަށެވެ. ކުއްޖާގެ މަންމަ ކިޔާދިން ގޮތުގައި އެދުވަހު އެކުޑަކުއްޖާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވިއެވެ. ގެއަށް އައިއިރު ހުރީ އަތް ގޮއްމުށް ކަވައިގެން ކަމަށް މަންމަ ބުންޏެވެ. ހަމައެކަނި މުސްލިމަކަށް ވީތީ ފާޑުފާޑު ނަންތައްކިޔާ ޖެއްސުންތައް […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި  ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.   ފުލުހުން ބުނީ ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.   ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ބްރޭންޑެޑް 1117 ފުޅި، 210 ޕެޓް ފުޅި އަދި 2357 ދަޅު ބިޔަރެވެ.  މީގެ އިތުރުން […]