އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހުންގެ ގައިން އާންމުނޫން ސައިޑް އިފެކްޓެއް ފެންނަ ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

ދިފާޢީ ވެކްސިންތަކުން އާންމުކޮށް ނުފެންނަ ސައިޑް އިފެކްޓެއް އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހުންގެ ގައިން ފެންނަ ކަމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ.

މިގޮތުން، އިނގިރޭސި ވިލާތުގެ ކޯޓަކަށް ގާނޫނީ މައްސަލައަކާއި ގުޅިގެން އެސްޓްރާޒެނެކާއިން ހުށަހެޅި ލިޔެކިޔުންތަކެއްގައި، ބޭސް އުފައްދާ މި ކުންފުނިން ތައްޔާރުކުރި ކޯވިޑް-19 އެސްޓްރާޒެނެކާ ވެކްސިނުން، އާންމުކޮށް ނުފެންނަ މައްސަލައެއް ކަމުގައިވާ ތްރޮމްބޯސިސް ވިތް ތްރޮމްބޯސައިޓޯޕީނިއާ ސިންޑްރޯމް (ޓީޓީއެސް) ފެންނަކަމަށް އެކުންފުނިން ބަޔާންކޮށްފައިވާކަން ހާމަވާއިރު، މިއީ ވަރަށް މަދު ހާލަތެއްގައި މެނުވީ ނުފެންނަ މައްސަލައެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޓީޓީއެސްގެ ސަބަބުން ލޭކްލޮޓްވުން އިތުރުވެ، ހަށިގަނޑުގައި ހުންނަ ޕްލެޓްލެޓްގެ އަދަދު ދަށްކުރުވައެވެ.

ޓެލެގްރާޕްއާއި ހަވާލާދީ އެނގޭ ގޮތުގައި، އެސްޓްރާޒެނެކާއިން މިފަދައިން އެއްބަސްވުމުގެ ސަބަބުން، އެތައް މިލިއަން ޕައުންޑްގެ ގާނޫނީ މައްސަލަތަކަކާއި އެކުންފުނިން ކުރިމަތިލާން ޖެހޭނެއެވެ.

Loading

One Response

  1. ކީއްވާނީ. އެއޮތީ ގަދަބާރުން ޖައްސައިފާ. ދެން މިހާރު އެބުނަނީ އެއީ ވަރަށް ނުރައްކާ އެއްޗެކޭ. އެ ވިއްކާ ހުސްކޮށްފި. މީހުންޔަށް ގަދަބާރުން މަޖްބޫރުކޮށްގެން ތަޅައިފި. ވިއްކާ ހުސްކޮށްފި. ދެން އޯކޭނު؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް