މިއަދަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ޕްރެސް ފްރީޑަމް ޑޭ މޭ މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރަމުން ދާއިރު އެފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމާމެދު ވިސްނާލަން ޖެހެއެވެ. 
އދގެ ކަނޑައެޅުމަކަށް އެފަދަ ދުވަހެއް ފާހަގަކުރަން ނިންމީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ޒާތުގައި ހިމާޔަތް ކޮށް،ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ޕްރިންސިޕަލްސް ނުވަތަ އުސޫލުތައް އެގޮތުގައި ހިފަހައްޓާ އެކަމަށް އެންމެންގެ މެދުގައިވެސް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. 
ކޮންމެ ގައުމެއްގައިވެސް ނޫސްވެރިކަމަކީ އެކި ކަންކަމާގުޅޭ ތެދު ހަގީގަތް ހާމަކުރުމަށް އޮންނަ ވަސީލަތެވެ. 
 ނަމަވެސް ނޫސްވެރިން ނުވަތަ މީޑިޔާ ބޭނުން ވާގޮތަށް އެކަން ނުކުރެވޭ ހާލަތްތައްވެސް އަންނަނީ މަދެއްކޮން ނޫނެވެ. މިގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމާ ބިރުދެއްކުމާ ހަރުކަށި ރައްދު ތަކުގެ އިތުރުން ސެންސަރު ކުރުންވެސް ވަނީ އާންމުވެފައެވެ. 
އެތަނެއްގައި ކޮރަޕްޝަން އާންމުވެ ނުސީދާކޮށް ހިނގާ ކަންތައްތައް ގިނަވެއްޖެ ނަމަ ތެދުހާމަ ކުރުމަށް މަސައްކަތް ކުރާ ނޫސްވެރިންގެ ބޮލުގަ ”އަޅާ އޮބާލެއް“ އިތުރު ވާނެއެވެ. އަނގަމަތީ ޓޭޕް އަޅާލެއް ގިނަވާނެއެވެ. 
ސަރުކާރު ތަކުންނާއި އާންމު ރައްޔިތުންވެސް ނޫސްވެރިންގެ މަސައްކަތަކީ އުނދަގޫ މަސައްކަތެއްކަން ރަގަޅަށް ދެނެގަނެ، ޕްރެސް އައުޓްލެޓް ތަކާއި ނޫސްވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށް ދިނުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. 

ޕްރެސް ފްރީޑަމް ޑޭ ގެ މިއަހަރުގެ ތީމް އަކީ ”އަ ޕްރެސް ފޯދަ ޕްލެނެޓް: ޖަރނަލިޒަމް އިން ދަ ފޭސް އޮފް އެންވައިރަންމެންޓަލް ކްރައިސިސް“ މިއެވެ. 
މިއީ ދުނިޔޭގެ މިއަދުގެ ތިމާވެށީގެ ހާލަތުގެ މައްޗަށް ހޭލުންތެރިކަން އުފެއްދުމަށް ނޫސްވެރިކަމުގެ ތެރޭން ބާރުއެޅުމަށް ހިތްވަރުދޭ ތީމް އެކެވެ. 
މި އަހަރުގެ ޕްރެސް ފްރީޑަމް ޑޭ ކޮންފަރެންސް ކުރިޔަށް ދަނީ މޭ 2ން 4ށް ޗިލީގެ ސެންޓިއާގޯގައެވެ. 
އެހެން ހުރިހާކަމެއްގެ ހަގީގަތްވެސް ހާމަ ކުރުމަށް ނޫސްވެރިން ކުރާ މަސައްކަތެކޭ އެއްފަދައިން ދުނިޔޭގެ ތިމާވެށީގެ ހާލަތު ދުނިޔެއަށް ހާމަކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ނޫސްވެރިންނަށެވެ. 
މިގޮތުން ދުނިޔެއަށް މިވަގުތު ކުރިމަތިވަމުންދާ ތިމާވެށީގެ ބޮޑެތި ކާރިސާ ތަކުގެ ސާފުތެދު ޚަބަރު ގެނެސްދީ ގެއްލުންލިބޭ މީހުންގެ ހަޔާތް އަލުން އާބާދު ކުރުމަށް ކުރެވޭ މަސައްކަތަށްވެސް ނޫސްވެރިންނަށް އެހީތެރިވެވިދާނެއެވެ. 

ޕްރެސް ފޯ ޕްލެނެޓް“ މިތީމް އަށް ޔުނެސްކޯއިން މި އަހަރުވަނީ ކާޓޫނު ސީރީސް އެއް ވެސް ނެރެފައެވެ.
 މި ސީރީސްގައި ތިމާވެށީގެ ގޮންޖެހުން ތައް ހައްލުކުރުމަށް ނޫސްވެރިންނަށް އަދާކުރެވިދާނެ ދައުރު ދައްކާދޭނެއެވެ. 
  ދުނިޔޭގެ ޕްރެސް ފްރީޑަމް ޑޭ ފާހަގަ ކުރަމުންދާއިރު، ދުނިޔޭގެ ކަޅި އެތަނަކަށް މި ވަގުތު ހުއްޓިފައިވާ ޣައްޒާގައި ކުރިޔަށް ދާ ހަނގުރާމައިގައި މިހާތަނަށް ވަނީ 141 ނޫސްވެރިން މަރާލާފައެވެ. ޣައްޒާގެ ތެދުޚަބަރުތައް ދުނިޔެއަށް ހާމަކުރުން ހުއްޓުވުމުގެ ގޮތުން ސީދާ އެމީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައެވެ.

Loading

One Response

  1. ތި އުފައްދައިގެން އުޅޭ ގައުމުތަކަކީ ފޭކް އެކެވެ. އެހެނީ އެވެރިކަމެއް ބޭނުންނުވާ ޚަބަރެއް ފަތުރާއިރަށް އެކަމެއް މަނާކުރޭ. އެމެރިކާގައި އެ އުޅެނީ ޓިކްޓޮކް މަނާކުރަން އެ އުޅެނީ! އަނެއްކޮޅުން މިހާރު އިޒްރޭލޭ ކިޔުންވެސް މަނާކުރީ. އަދި އެމީހުންގެ ޖަނަވާރު އަނިޔާތަކުގެ ވާހަކަ ލިޔެކިޔުންވެސް އެ މަނާކުރީ. އެހެންވެ މިބުނީ ހުސް ފޭކް ދުވަސްތަކެކެވެ. ކޮބާ ޖޫލިއާ އާސަންޖޭ އޮސްޓްރޭލިއާ އެޑިޓަރު. ކޮބާ ޝަރީޢަތް؟ ކޮބާ ލިޔެކިޔުމުގެ މިނިވަންކަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް