އިޒްރޭލު ގޮތް ހުސްވެފައި، ގަތުލުއާންމާއެކު ބާރުގައި ނުހިފެހެއްޓިދާނެ ކަމަށް އެމެރިކާ އޮތީ ބިރުހީވެފައި!

Loading

Facebook
Twitter
WhatsApp

އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ކުށުގެ ކޯޓު (އައިސީސީ) އިން އަމުރާ ގުޅިގެން އެ ކޯޓާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިޑެން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިއީ މީގެކުރިން ދުވަހަކުވެސް ކަންތައް ކޮށްފައިވާ ގޮތެއްނޫނެވެ.

އެގޮތުން، އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ބުނެފައިވަނީ ންތަންޔާހޫއާއި އިޒްރޭލުގެ އެހެނިހެންވެސް އިސް އޮފިޝަލުން ހައްޔަރުކުރުމަށް އައިސީސީއިން އަމުރެއް ނެރެފިނަމަ އެމެރިކާއިން ބަދަލު ހިފާނެކަމަށް އިންޒާރު ދީފައެވެ.

“ބައިޑެން ސަރުކާރުން އެއްވެސް ރައްދެއް ނުދޭނަމަ، އެމެރިކާގެ ރައްޔިތުންނާއި، ސިޔާސީ ވެރިންނާއި، އޮފިޝަލުން ހައްޔަރުކުރަން އަންނަންވެސް އައިސީސީއިން ޖެހިލުމެއް ނުވާނެ. މިއީ އެމެރިކާގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް .”، ކޮންގްރެސްގެ ސްޕީކަރ މައިކް ޖޯންސަން ބުނެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ދެ ޕާޓީގެ ކޮންގްރެސް މެންބަރުން ވެސް އަންނަނީ އައިސީސީއިން ފަހަތަށް ނުޖެހޭނަމަ އައިސީސީގެ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅައި ގާނޫނު ފާސްކުރުމަށް ތައްޔާރުވަމުންނެވެ.

Loading

3 Responses

  1. އެމެރިކާ އޮރިޔާންވެފާ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް. އިޒްރޭލް ލައްވާ ހުރިހާ ޖަރީމާ ހިންގުވަނީ އެމެރިކާއިން. ވަރަށް ޖަނަވާރު ބައެއް.

  2. އެމެރިކާއިން ބުނީމާ އައިސީޖޭ އިން ވެސް ޖެހޭނީ ބަސް ގަބޫލުކުރަން. އެހެންނޫނީ ކޯޓު އުވާލާފައި ހަމައެކަނި ފަޓުލޫނު އަތަށް ދޭނީ. އޭރުން ފަނޑިޔާރުންވެސް ޖެހޭނީ ވަޒީފާއަކަށް އެމެރިކާގައި ސަލާން ޖަހަން. ފަނޑިޔާރުންނަށްވެސް އެހެންގޮތެއް ނެތް. އެމެރިކާ ބުނާގޮތަކަށް ހުކުމް ލިޔަން ޖެހޭނީ.

  3. އެޖަނަވާރު ނަތެންޔާހޫ އެރެސްޓްކުރަން ވޮރަންޓެއް ނެރުނަސް އެމެރިކާއިން އެ ޓެރެރިސްޓަސް ޙިމާޔަތް ދޭނެއެވެ. ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ. އިޒުރޭލުން އެމެރިކާގެ މީހުން މެރިޔަސް އެމެރިކާގެ ސަރުކާރަކުން އެ ޓެރެރިސްޓުންނަށް އެއްވެސް ފިޔަވޅެއް ނާޅާނެއެވެ. އެހެނީ އިޒްރޭލް ހިންގާ ޖަރީމާތަކަކީ އެމެރިކާގެ އެޖެންޓެއްގެ ޙައިސިއްޔަރުން ހިންގާ ޖަރީމާތަކެއްވީމައެވެ. އެނޫނީ ގާޒާގައި 40ހާސް މައިންނާއި ދަރީން ބަރައި 75 މީހުން އަތްފައި ބުރިއަރުވާލާ އެންމެން ކުރިމަތީ މައިން ދަރީން ރޭޕްކުރަމުންދާއިރު އެމެރިކާއިން 2000 ޓަނުގެ ބޮމާއި 64 ބިލިއަން ޑޮލަރު ކީއްކުރަން އިޒްރޭލަށް ދޭންވީ؟ ދުނިޔޭގެ ހުރިހާ ނުލަފާކަމެއްގެ ބޮހަކީ އެމެރިކާގެ ސަރުކާރެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް