ކުޅުދުށްފުށި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކުޅުދުށްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ކުޅުދުށްފުށި ސިޓީގެ ”ގޮންބުލިމާގެ“ ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ ސްޓޭޝަނަށް ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ބަދިގެއިން އަލިފާން ނިއްވާލެވުނީ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. […]

އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ދީފި

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ބަންދުކުރުމަށް ކްރިިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން މިއަދު ބުނީ މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް […]

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ. ޑރ. ޝަހީމްގެ ވާހަކަފުޅުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވުމަށް ގޮވާލެއްވިއެވެ.  ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް […]

މާލެއިން 16 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން 16 މީހުންނާ އެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ރޭ ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.  ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ”ރޯޝަނީ“ ބޯޓު ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.  އެމްއެންޑީއެފުން ބުނީ ރޯޝަނީ ބޯޓު ފަރަށް އެރިއިރު އޭގައި 16 މީހުން ތިބި ކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް […]

ކައުންސިލުތަކުގެ 6 ގޮނޑީގެތެރެއިން 4 ގޮނޑި ޕީއެންސީއަށް, ޑިމޮކްރެޓްސް އަދި އެމްޑީޕީ އަށް 1

މިއަދު ބޭއްވި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ހަތަރު ބައި-އިލެކްޝަނެއް ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.އުތީމާއި ނ.ލަންދުއާއި ނ.ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.ތަކަންދޫ އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއިން ވަނީ ހަތަރު އިންތިޚާބެއް ކާމިޔާބުކޮށްފައެވެ. އެ އިންތިޚާބުތަކަކީ އުތީމު ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަން ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ […]

އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލު ހައްޔަރުކޮށްފި

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހަވީރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ […]

ނޫސްވެރިކަމުގެ މިނިވަން ކަމަށް ”ސަންދާނު“ ކުރި ބިރުވެރި ދަތުރު

ދުވަސްވަރަކީ ދެހާސް އެއްވަނަ އަހަރެވެ.  ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމަކީ އެއިރު ދިވެހިން ދަންނަ އެއްޗެއް ނޫނެވެ. މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޭރު ވަނީ ވަރަށްވެސް ބޮޑަށް ހިފަހަށްޓާފައެވެ. ވެރިކަމުގެ ފަރާތުން އެކަމަށް ބިރުވެރިކަން އުފަށްދާފައިވާ ހިނދުމެ ހިތުގެ ޝުޢޫރު ފާޅުކޮށްލުމަށް ”ސަންދާނު“ގެ ނަމުގައި ޤައުމީ ލޯބި ހިތުގައި އިންތިހާއަށް އުފެދިފައިވާ ތިން ދިވެހި ދަރިޔަކު ސިއްރުން ލިޔުމެއް ލިޔެ ސަންދާނު ނިވެސް ބުލެޓިންގެ ގޮތުގައި ޚިޔާލުތައް އިންޓެނެޓްގެ ޒަރީޢާއިން ފާޅު ކުރަން ފަށިއެވެ. […]

ނޭޓޯއާއި އިސްރާއީލް އަދި އަރަބި ގައުމުތައް ގުޅިގެންވެސް  ދެނެއް އީރާން ނުހުއްޓުވޭނެ 

މެދުއިރުމަތީގެ ފަލަ ސުރުޚީތަކުގެ ނަމުގައި ސީ އެން އެން އިން ހަފުތާއަކު ތިންފަހަރު ގެނެސްދޭ ޕްރޮގްރާމުގެ މިހަފުތާގެ ފުރަތަމަ ޕްރޮގްރާމުގައި ބަލާލާފައިވަނީ އީރާނުން އިސްރާއީލަށް ދިން ޙަމަލާގައި ބޭނުންކުރި މިސައިލާއި ޑްރޯން ތަކުގެ މައްޗަށެވެ. ސީ އެން އެން އިން ބުނެފައިވާ ގޮތުގައި އެ ހަތިޔާރުތައް ހަމަލޮލުން ދެކިލުމަކީ ދުވަހަކުވެސް ލިބިދާނެކަމަށް އުންމީދުކުރި ފުރުސަތެއް ނޫނެވެ.                       ސީ އެން އެން އަށް މި ފުރުސަތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ […]

މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން: ޖަމީލު

މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މި ސަރުކާރުން އައި ފަހުން ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔައީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅި ތަން ކަމަށާއި ކުރިން ކަންތައް ކުރިގޮތާ ތަންފުކެއް ވެސް ތަފާތެއް ނުފެންނަ ކަމަށެވެ. އެގޮތުން ގާނޫނަށް ގޮންޖެހުން އާންމުވެފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. […]

ތިލަފުށީގެ 1 ވަނަ އަދި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފިއެވެ. އެޗްޑީސީއިން ބުނީ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް އިއްޔެ ހުޅުވާލައިފައިވާއިރު ބީލަމުގެ އުސޫލުން […]