ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. 39 އަހަރުގެ ޚިދުމަތަށްފަހު އޭނާ ރިޓަޔަރ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ޢަބްދުއްރަޙީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. […]
ދެރަ ނިކަމެތި މީހާއަށް ކުޑަ އިންސާފޭ ބުންނަޖެހެނީ މިހެންވީމާ
ހަތްދިހަ އަހަރު ވަންދެން ހުޅުވާލެވިފައިވާ ޖަލެއްގައި އެއްވެސް އިންސާފަކާ ނުލައި ގައުމެއްގެ ނަސްލު އެއްކޮށް ގަތުލު އާންމަކަށް ހުރަހޮޅިފައިވާއިރު އެއީ ޖަލުބަލަހައްޓާ ގައުމުގެ ދިފާއުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި މުލައްދަނޑީގެ ބާރުހުރި ގައުމުތަކަކުން މުޅިދުނިޔެއިން ގަބޫލުކުރުން މިއޮތީ މަޖުބޫރު ކުރުވާފައެވެ. ނަސްލު ނެތިކޮށްލުމަށްޓަކައި ގަތުލު އާންމަށް ހުރަހޮޅިފައިވާ ގައުމުން އިސް އުފުލާލިއަސް އެއީ އެބައިމީހުންގެ އިންފަހަނަޅާ ދެވުނީއެވެ. ނަތީޖާއަކަށް ވެގެންދަނީ ބޮލުގައި ބަޑި ޖައްސާފައި މަންޒަރު ބަލަން މަޖުބޫރު ކުރުމާއެކު މައިންބަފައިންނާއި ފިރިމީހާގެ ކުރިމަތީގައި އެތައްބަޔަކުވެގެން އަނބިމީހާ ހޮސްޕިޓަލެއްގެ […]
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ުކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ. މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރަށެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ވ.އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލި ދެ ދައުވާއާ ގުޅޭ މައްސަލައެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވީ ރިޝްވަތު ގަބޫލުކުރުމާއި, މަނީ ލޯންޑަރ ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާާ ސާބިތުވުމުން […]
އެންޓި-ކެމްޕޭނުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނަމްބަރެއް ހަމަޖައްސައިފި
މި މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރާ އެންޓި-ކެމްޕެއިނުގެ މައްސަލަތައް ރިޕޯޓުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަ ނަމްބަރެއް ތައާރަފުކޮށްފި އެވެ. މިކަން ހާމަކޮށް އީސީން ބުނީ މަޖިލިސް އިންތިހާބާ ގުޅިގެން އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ނުވަތަ އެންޓި-ކެމްޕެއިނުގެ އަމަލުތައް މިހާރު ރިޕޯޓުކުރެވޭނެ ކަމަށެވެ. އެގޮތުން އީސީން ވަނީ އެންޓި ކެމްޕެއިނު ކުރަމުން އަންނަކަން ފާހަގަކުރެއްވިއްޖެ ނަމަ ފޮޓޯ އާއި […]
ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފި
އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފިއެވެ. ފުވައްމުލަކު އުތުރު ދާއިރާއަކީ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ދާއިރާއެކެވެ. އެމްޑީޕީން މިއަދު ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް އެ […]
ޔޫއޭއީއާއި ކައިރި ގައުމުތަކަށް ވެހުނު ބޯވާރޭގައި އަވަށްޓެރި އޮމާނުގައި ފެންބޮޑުވެ 18 މީހަކު މަރުވެއްޖެ
އަންގާރަ ދުވަހު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މިގޮތުން، ބޮޑެތި މައި ހައިވޭތަކުގައި ފެންބޮޑުވެ، އުޅަނދުތައް މަގުމައްޗަށް ދޫކޮށްލާފައި ދުބާއީގެ ރައްޔިތުން ވަނީ ރައްކާތެރިކަން ހޯދާފައެވެ. މީގެއިތުރުން، އަވަށްޓެރި ގައުމުތަކަށްވެސް ކުރި ބޯ ވިއްސާރައިގައި، އޮމާންގައި ފެންބޮޑުވުމާއި ގުޅިގެން 18 މީހަކު މަރުވެފައިވާއޮރު، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޮމާނުން މިހާރު އަންނަނީ ތޫފާނަށް ތައްޔާރުވަމުންނެވެ. ދަންވަރުގެ ވަގުތުގައި ކުރަންފެށި ވިއްސާރައިގައި މަގުތަކުގައި ނުހިންދޭ […]
މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ރަށްރަށައް ދާން ފަށައިފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ރަށްރަށައް ދާން ފަށައިފިއެވެ. މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ އިން ފެށިގެން ފުލުހުން ރަށްރަށް ފުރަންފަށާފައިވާއިރު، އިއްޔެ މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ. އަދި ރޭ ފަތިހު އުތުރުގެ […]
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން ޢައްޔަންކުރައްވައިފި
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ޑރ. މޫސާ އަންވަރު ޙަސަން އާއި މ. ހިތިމާގެ، ޑރ. ޢަލީ ޒާހިރު އެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް މިހާރު އެކުލަވާލާފައިވާ ގޮތް: 1.ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) […]
ކެތްތެރިވެލައްވާ
ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ވެގެން ނޫނީ މިގައުމުގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންގެ ކަރުބުޑުގައި ނުލާނެއެވެ. މިގައުމުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިޔަކު ނުވަތަ ރައީސަކު ހޮވުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގައި އުފެދެމުން އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ކޮށްނުދޭ ކަންކަން ބަލައި ފާރަވެރިވުމަށް ވެސް ބަޔަކު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ޖުމްހޫރިޔާގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު […]
ބޯކޮށް ވާރޭވެހޭނެކަމާއި އުދައަރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މިރޭ ބޯކޮށް ވާރޭވެހި ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މެންދަމު 00:30 އަށެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވެއެވެ.