ޔޫއޭއީއާއި ކައިރި ގައުމުތަކަށް ވެހުނު ބޯވާރޭގައި އަވަށްޓެރި އޮމާނުގައި ފެންބޮޑުވެ 18 މީހަކު މަރުވެއްޖެ 

Loading

Facebook
Twitter
WhatsApp

އަންގާރަ ދުވަހު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މިގޮތުން، ބޮޑެތި މައި ހައިވޭތަކުގައި ފެންބޮޑުވެ، އުޅަނދުތައް މަގުމައްޗަށް ދޫކޮށްލާފައި ދުބާއީގެ ރައްޔިތުން ވަނީ ރައްކާތެރިކަން ހޯދާފައެވެ. 

މީގެއިތުރުން، އަވަށްޓެރި ގައުމުތަކަށްވެސް ކުރި ބޯ ވިއްސާރައިގައި، އޮމާންގައި ފެންބޮޑުވުމާއި ގުޅިގެން 18 މީހަކު މަރުވެފައިވާއޮރު، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޮމާނުން މިހާރު އަންނަނީ ތޫފާނަށް ތައްޔާރުވަމުންނެވެ. 

ދަންވަރުގެ ވަގުތުގައި ކުރަންފެށި ވިއްސާރައިގައި މަގުތަކުގައި ނުހިންދޭ ވަރަށް ފެންބޮޑުވެފައިވާއިރު، ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވައިގެ ދަތުރުތަކަށް ވަނީ ހުރަސް އެޅިފައެވެ. މީއީ އެންމެ ގިނައިން ދަތުރުކުރާ އެމިރެޓްސްގެ ވެރިރަށް ކަމުގައިވާއިރު، ބައިނަލްއަޤްވާމީ ދަތުރުތަކަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއަރޕޯޓުވެސް މެއެެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް