ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފި

Loading

Facebook
Twitter
WhatsApp

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކެންޑިޑޭޓަށް ތާއީދުކުރަން އެމްޑީޕީއިން ނިންމައިފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާއަކީ މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ދާއިރާއެކެވެ.

އެމްޑީޕީން މިއަދު ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން ދަނޑިމަގު. އަނޯނާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް އެ ޕާޓީއިން ތާއީދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރަފުއްދީނަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓެކެވެ.

އެމްޑީޕީން ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީނަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް