ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ

Loading

Facebook
Twitter
WhatsApp

ުކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރަށެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ވ.އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލި ދެ ދައުވާއާ ގުޅޭ މައްސަލައެވެ.

އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވީ ރިޝްވަތު ގަބޫލުކުރުމާއި, މަނީ ލޯންޑަރ ކުރުމުގެ ދައުވާއެވެ.

މި ދެ ދައުވާާ ސާބިތުވުމުން 2023 ޑިސެމްބަރު 25 ގައި އިއްވީ 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރުމުގެ ހުކުމެވެ.

ރައީސް ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ އޮކްޓޫބަރުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް