އިންޑޮނޭޝިއާއާއި މެލޭޝިއާގައި މެކްޑޮނަލްޑްސް އަދި ސްޓާބަކްސް ބޮއިކޮޓުކޮށް ބޮޑެތި ގެއްލުންތަކެއް!

އިންޑޮނޭޝިއާގެ އަންޓްރަޕްރަނޯރެއް ކަމަށްވާ ޕުޓްރާ ކެލާނާ ކޮންމެ ރަމަޟާން މަހެއްގައިވެސް އާދައިގެ މަތީން އެކި ރެސްޓޯރެންޓްތަކާއި ކާބޯތަކެތި ވިއްކާ ފްރެންޗައިސް ތަކަށް ރޯދަ ވީއްލުމަށް ޒިޔާރާތްކުރި ނަމަވެސް، މިފަހަރު ނުދާނެ ތަނެއް އެބައޮތްކަމަށް އޭނާ ބުނެއެވެ. މެކްޑޮނަލްޑްސް އެވެ. އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމާއެކު ގިނަ ގައުމުތަކުގެ ރައްޔިތުން ގެންދަނީ އެބގައުމަށް އެތެރެކުރާ އިޒްރޭލުގެ މަސްލަހަތު އޮންނަ މުދާ ބޭނުންނުކޮށް ބޮއިކޮޓް ކުރަމުންނެވެ. އަދި އިޒްރޭލުގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ ޚިދުމަތްވެސް ބޮއިކޮޓްކުރަމުންނެވެ. މިގޮތުން، […]

ޔަމަނުން އިޒްރޭލުގެ އެއިލަތް މިސައިލްގެ ޑިފެންސް ފޫއަޅުވާލާފައިވާކަން ކަށަވަރުވެއްޖެ

ޔަމަނުގެ ހޫތީ މުޖާހިދުން އިޒުރޭލުގެ ވައިގެ މިސައިލްގެ ޑިފެންސް ފޫއަޅުވާލާފައިވާކަން އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އިން އަންގާރަ ދުވަހު ކަށަވަރުކޮށްދީފިއެވެ. އައިޑިއެފް އިން ބުނެފައިވަނީ، ގޮތްނޭނގޭ އެއްޗެއް އެއިލަތު ގެ އުތުރުން ފެނިފައިވާކަމުގެ ރިޕޯޓުތައް އާދީއްތަ ދުވަހު ލިބިފައިވާ ކަމަށާއި، އެއީ ރަތް ކަނޑާއި ދިމާއިން އައި ކްރޫޒް މިސައިލެއްކަން އެނގިފައިވާކަމަށެވެ. މީގެ ކުރީން ހޫތީން ފޮނުވާފައިވާ މިފަދަ ހުރިހާ މިސައިލެއްވެސް އެރޯ އެކެއް ނުވަތަ ތިނެއް މިސައިލް ޑިފެންސް ނިޒާމުގެ އެހީގައި ގޮއްވާލާފައިވާއިރު، ސީރިއާއިން […]

ރިޔާސީ އިންތިޚާބު ރައީސް ޕޫޓިންގެ ކާމިޔާބު ކުރެއްވުން: ހުޅަނގުން ބުނީ ގަބޫލުނުކުރާ ކަމަށް!

ރަޝިޔާގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ބޮޑުތަނުން ކާމިޔާބު ކުރައްވައިފައިވާއިރު އެއީ ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފް ޚުދުމުޚުތާރު އިންތިޚާބެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ގޮވަން ފަށައިފިއެވެ. ރަޝިޔާގެ ރައީސަކު ހޮވުމަށް ރަޝިޔާގައި އިންތިޚާބު ބޭއްވިއިރު ހުޅަނގު ބޭނުންވާ މީހަކު ހޮވެންޖެހޭނެ ކަމަށް އެމީހުނަށް ގަބޫލުކުރެވޭކަމީ ޙައިރާންވާންޖެހޭ ކަމެކެވެ. އިތުރު 6 އަހަރު ދުވަހުގެ މުއްދަތަކަށް ރައީސް ޕޫޓިން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޗައިނާއާއި އިންޑިއާއި އަދި އީރާނާއި އުތުރު ކޮރެޔާއިން މަރުޙަބާގެ އަތް ދަމާލައިފިއެވެ.ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަށްފަހު […]

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެއްޖެ

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި ބުރާސްފަތި ރޭ ފަތިހު […]

މެލޭޝިއަން އެއާލައިންސްއިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށަނީ

 މެލޭޝިއަން އެއާލައިންސްއިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.   އެ އެއާލައިނުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައި ޓިކެޓް ގަތުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފައެވެ. މެލޭޝިއަން އެއާލައިނުން ބުނީ އެ ޤައުމުގެ ވެރިރަށް ކުއަލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާނީ އަންނަ އޮގަސްޓުގެ ފުރަތަމަ ދުވަހު ކަމަށެވެ. ރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1,276 ރ. އެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 2,820 […]

މިވަނީ ކީއް؟ މި ސަރުކާރަކީ ހާދަބައެއްގެ ދުޢާއާއި ބުރަ މަސައްކަތެވެ!

މިއަދު ސަރުކާރުގެ މަތީ މަޤާމުތަކެއް ކުރިން އަދާކުރައްވާފައިވާ ޤަދަރުވެރި ޢާއިލާއެއްގެ ޢިލްމީ ބޭފުޅަކު އަޅުގަނޑާ ބައްދަލުކޮށްލުމަށް ވަޑައިގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި ވިދާޅުވިއެވެ. އަޅުގަނމެން ވެރިކަން ޙަވާލުކުރީ ޑރ. މުޢިއްޒު އާއެވެ. އެޑްވައިޒަރުން އައްޔަންކުރެއްވުމަކުން މައްސަލައެއް ނޫނެވެ. އެކަމަކު ވެރިކަން ކުރައްވަންވާނީ ރައީސްއެވެ. ޕާޓީ ހިންގަން ވަކިބަޔަކު ތިބެންވާނެއެވެ. ސަރުކާރުން ދޭނީ ސަޕޯޓެވެ. އެހީތެރިކަމެވެ. ސަރުކާރު ހިންގަވާންޖެހޭތީ ޕާޓީ ނުހިންގުނު ވާހަކަ ނުވަތަ ޕާޓީ ހިންގަންޖެހޭތީ ސަރުކާރު ނުހިންގޭ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. މާލޭގެ މޭޔަރުކަން ގެއްލުނު […]

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް އެބަ ކުރިއަށްދޭ: ރައީސް

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގައި ވިލިމާލޭ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތް ރަނގަޅު ކޮށްދެއްވުމާ ގުޅޭ ގޮތުން މާލެ ސިޓީ ވ. ފަޒީލާ މަންޒިލް، އަހްމަދު ޝިފާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ރައީސް މިއަދު ވިދާޅުވީ ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ […]

އިސްރާއީލުގެ ހަމަލާތައް ހުއްޓުވަން އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް

ޑެއިލީ ބީސްޓުން އިއްޔެ ހަވީރު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ހިނގައްޖެއެވެ. މީގެ ކުރިން އިސްރާއީލުގެ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އަމުރުކޮށްދިނުން އެދި އެތައްފަހަރަކު އެހެން ގައުމުތަކުން ޔުނައިޓެޑް ނޭޝަންސްއަށް ހުށައެޅި ގަރާރުތައް ވީޓޯ ކުރުމަށްފަހު ވަގުތުން ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދި މިދިޔަ ބުދަދުވަހު އެމެރިކާއިން ހުށަޅައިފިކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ. ސައޫދީ އެރޭބިއާގެ ނިއުސް ޗެނަލް އަލް ހަދަސް […]

އެކަށިގެންވާ މާހައުލެއް ނެތްކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފި

މިރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ. މިގޮތަށް ނިންމިއިރު މި އިންތިޚާބު ފަސްކުރަން ދެފަހަރެއްގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އަންގަވައިފައެވެ. އޭގެފަހުން އެންޓި ކޮރަޕްޝަން […]

ސުލްހައިގެ މަޝްވަރާ އިޚްތިޔާރުކުރަން މަޝްވަރާދިނުމުން އިސް ފާދިރީއަށް ރުޅިގަނޑު ބާލައިފި

ޔޫކްރެއިނުން ރަޝިޔާއާއެކު ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބުނުވާނެކަން އެނގުމުން އަމާންދީ ހުދު ދިދަ ނެގުމުގެ ހިތްވަރު ޔޫކްރެއިންގައި ހުންނަން ޖެހޭނެ ކަމަށް ނަސާރާ ދީނުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންސިސް ވިދާޅުވެއްޖެއެވެ.  ވެޓިކަންގައި މެންދުރުގެ އަޅުކަމަށްފަހު އެބޭފުޅާގެ ޚާއްސަ ސްޓޫޑިއޯގައި އިންނަވާފައި ދެއްވި ބަސްދީގަތުމެއްގައި އިސް ފާދިރީ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެތީ ރަޝިޔާއާއެކު މަޝްވަރާގެ މޭޒު އިޚްތިޔާރުކޮށް ސުލްޙައިގެ ވާހަކަތަކުން ރަނގަޅު ގޮތެއް ނިންމަން މަސައްކަތްކުރުމަކީ ނާކާމިޔާބީގެ ލަދުވެތިކަމުން އެއްކިބާވުމަށް އޮތް […]