މިވަނީ ކީއް؟ މި ސަރުކާރަކީ ހާދަބައެއްގެ ދުޢާއާއި ބުރަ މަސައްކަތެވެ!

Loading

Facebook
Twitter
WhatsApp

މިއަދު ސަރުކާރުގެ މަތީ މަޤާމުތަކެއް ކުރިން އަދާކުރައްވާފައިވާ ޤަދަރުވެރި ޢާއިލާއެއްގެ ޢިލްމީ ބޭފުޅަކު އަޅުގަނޑާ ބައްދަލުކޮށްލުމަށް ވަޑައިގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި ވިދާޅުވިއެވެ.

އަޅުގަނމެން ވެރިކަން ޙަވާލުކުރީ ޑރ. މުޢިއްޒު އާއެވެ. އެޑްވައިޒަރުން އައްޔަންކުރެއްވުމަކުން މައްސަލައެއް ނޫނެވެ. އެކަމަކު ވެރިކަން ކުރައްވަންވާނީ ރައީސްއެވެ. ޕާޓީ ހިންގަން ވަކިބަޔަކު ތިބެންވާނެއެވެ. ސަރުކާރުން ދޭނީ ސަޕޯޓެވެ. އެހީތެރިކަމެވެ. ސަރުކާރު ހިންގަވާންޖެހޭތީ ޕާޓީ ނުހިންގުނު ވާހަކަ ނުވަތަ ޕާޓީ ހިންގަންޖެހޭތީ ސަރުކާރު ނުހިންގޭ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. މާލޭގެ މޭޔަރުކަން ގެއްލުނު ސަބަބަކީ އާޒިމު އާ ވާދަކުރެވޭނެ ވަރުގެ މީހަކު ނުނެރުއްވުމެވެ. ރައީސްގެ ފޭލިއަރއެއްކަމުގައި ބަލައެއް ނުގަނެވެއެވެ.

އާޒިމު ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓް ވީމާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ޑރ. މުޢިއްޒު މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތިލެއްވި ފަހަރު ވެސް ހޮވި ވަޑައިގަތީ ޑރ.މުޢިއްޒު އާ ވާދަކުރެވޭނެ ވަރުގެ މީހަކު އެމްޑީޕީއިން ނެރެފައި ނުވާތީއެވެ.

މާލެއަކީ ދިވެހީންގެ ކެޕިޓަލް ސިޓީކަން އެނގެން ޖެހޭނެއެވެ. ހުރިހާ ގޮތަކުން ޢިލްމީ އަދި ފުއްދުންތެރީން ވެސް ގިނައީ މާލޭގައެވެ. މުޖުތަމަޢުގެ ގިނަ ބަޔަކު ބަލައި ނުގަންނަ ޢިލްމެއް ހިލްމެއް ނެތް ބައެއް ފަރާތްތަކަށް އެކަށީގެންނުވާ ބޮޑެތި މަޤާމުތައް ދެއްވާނަމަ ވޯޓަށް އޭގެ އަސަރު ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ސްކޫލެއްގެ ގްރޭޑް 8 އަށް ކިޔަވައިދޭ ޓީޗަރެއް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ސަރުކާރުގެ ފަރާތުން ތަޢުލީމީ މަންހަޖު މެކްހަށް ޖައްސަވާ ވާހަކަ ދެއްކެވީމާ މެޖޯރެޓީ ރައްޔަތުން ގަބޫލެއް ނުކުރާނެއެވެ. މިކަހަލަ ކިތަންމެ “ އުނބު“ ތަކެކެވެ.

ހެޔޮ ވެރިކަމެއް ކުރުމުގެ ނިޔަތް އޮންނަ ސަރުކާރަކުން ސިޔާސީ މީހުންނަށް ސިޔާސީ ވަޒީފާ ހަމަޖެއްސުމުގެ ކުރިން ކުޑަމިނުން ފުލުސް އޮފީހުގައި އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުޙުމަތުގެ ރެކޯޑް އޮތްތޯ ބަލާލެވެން ވާނެއެވެ. އަދި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލައެއް ފޮނުވާފައި އޮތްތޯ ނުވަތަ ނޫންތޯ ސާފުކޮށްލެވެން ވާނެއެވެ. އޭރުން ސިޔާސީ ގޮތުން މަޤާމުތަކަށް އަންނަ މީހުންނަށާ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެކަމަށް ފެނެއެވެ.

ބައެއް ފަހަރު ބޮޑެތި ޖިނާޢީ ތުޙުމަތު ކުރެވި ތަޙްޤީޤު ނިންމާ ދަޢުވާ ކުރެވިފައިވާ މީހުންގެ ދަޢުވާ ސިޔާސީ ބޭނުމަށް އެމްޑީޕީސަރުކާރުގެ ދުވަސްވަރު ޕީޖީ އޮފީހުން ސަރުކާރުން އަނބުރާ ގެންގޮސްފައި އެބަހުރިއެވެ. އެފަދަ ގޮތަކަށް ދަޢުވާ އަނބުރާ ގެންގޮސްފައިވާ ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުކަމުގައި ވެސް ހުރިކަން ފާހަގަ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހއ.އިހަވަންދޫ، ޢަބްދުލްމާނިޢު ޙުސައިނުގެ މައްޗަށް ވެސް ޖިނާޢީ ދަޢުވާއެއް ކުރެވި އޭނާ ކޯޓަށް ފިލައިގެން އުޅުމުގެ ސަބަބުން ޙާޟިރު ނުކުރެވިފައި ވަނިކޮށް އެމައްސަލަ ޕީޖީއޮފީހުން އަނބުރާ ގެންދިޔައީއެވެ. އެއަށްފަހު ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީގައި ހުންނަވާ މެންބަރަކަށް ދިޔުމަށްފަހު އެމްޑީޕީގެ މެޖޯރިޓީ އޮތް ޖޭއެސްސީއިން އޭނާ ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރިއެވެ.

މިފަދަ ކަންކަމަކީ ނުރައްކާތެރި ކަންކަމެވެ. ދައުލަތް ހިންގުމަށް ރައްޔިތުން އިސްކުރާ ސަރުކާރުތަކުން މިފަދަ ޒިންމާދާރު ކުޑަ ޢަމަލުތައް ހިންގައިގެން ނުވާނެއެވެ. އަދި ވެރިކަމަށް އިސްކުރެވުމުން ވެސް ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމަށް އަބަދުމެ ޢަމަލީ ގޮތުން ގާނޫނާއި ގަވާޢިދު ހިފަހަށްޓައި އަބުރުވެރި ވެރިކަމެއް ކުރެވެން ޖެހޭނެއެވެ. އެއީ އަޅުގަނޑު ރައީސް ޑރ. މުއިއްޒުގެ ކިބައިން އެދޭ އެންމެބޮޑު އެދުންކަމުގައި ވިދާޅުވިއެވެ. ރައީސްއަށް މި މެސެޖު ރައްދުކޮށްލެވޭނެ ގޮތެއް އޮތްތޯ އެއްސެވިއެވެ!

Loading

4 Responses

  1. Siyaasee masakkaiy nukuraa ilmee meehun ginavegene sarukaarun nuhingigen ulheyiru Kaley thikiyanee roa idhikolhah. Ehcheh liyaairu kommeves varalah balailun rangalh

  2. ޑިމޮކްރެސީގެ ދަށުން ދިވެހިރާއްޖޭގައި ކުރަމުންގެންދަނީ ޕާރޓީގެ ސަރުކާރެކެވެ. އެހެންވީމާ ސަރުކާރު ހިންގަންވެސް ޖެހޭނީ ޕާރޓީން އެދޭގޮތަކަށެވެ. މަގާމަށް ކުފޫ ހަމަވިޔަސް ނުވިޔަސް ވެރިޔަކަށް ހުންނަމީހާއަށް ޕާރޓީ ލައިނުން ދިން އިޚްތިޔާރެއް ނޫނީ ނުލިބޭނެއެވެ. މަޖިލީސްމެމްބަރުންވެސް އިންތީޚާބުވެވޭ ދުވަހުންފެށިގެން އަހަރެންނަކީ ޕާރޓީގެ މެމްބަރެއް ނޫނޭ އޮޅިގެންވެސް ނުބުނާނެއެވެ. އެކަމަކު ތަމްސީލު ކުރަނީ ރައްޔިތުންނެވެ. ވެރިކަން ކުރާމީހާވެސް ބުނާނީ އަހަރެންގެ ވެރިކަމަކީ ޕާރޓީގެ ވެރިކަމެވެ. ތަމްސީލުކުރާނީ ރައްޔިތުންނެވެ. އިންތިޚާބު ކާމިޔާބު ވުމާއެކު ރައްޔިތުންގެ ދައުރު ނިމުނީއެވެ. އެއަށްފަހު އޮންނާނީ ޕާރޓީގެ މެންޑޭޓެވެ
    ކުރިމަގުގައި ރައްޔިތުންގެ ވެރިކަމެކޭ ބުނެ ދައުވާކޮށް އަޑު އުފުލާނެ ވެރިއަކު ނުލިބޭނެއެވެ. މިއީ ދިވެހިރައްޔިތުންނަށް އޮޅުވާލައިގެން ގެނައި ޑިމޮކްރެސީއެކެވެ. ދެން މި ބަލާވެރިކަމަކުން ސަލާމަތެއް ނެތެވެ.

  3. ޢަބްދުލްމާނިޢް ޙުސައިން ހައިކޯޓު ގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރީ ޑރ.މުއިއްޒު ހުވާކުރެއްވުމަށް ހަފްތާއަކަށް ވެފައި ވަނިކޮށް އިންތިޤާލީ މަރްޙަލާގައެވެ. އެއީ MDP ގެ އެކްޓިވިސްޓަކަށް ވުމުން ސީދާ ހިސާނު ޙުސައިން އިސްވެ ހުރެ ކުރި ކަމެކެވެ.

  4. މަޤާމު ދޭއިރު ތައުލީމީ ގޮތުން ބަލާނެކަމެއް ނެތް! ތޫރިއަށް ޖަހާނެ ވަރުގަދަ ދަނގަޑުގެ ތަމުރީނު ހުރިތޯ ބެލުން މުހިއްމު ވާނީ. އަދި ހުޝާމަދު ކުުރުން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް