އެކަށިގެންވާ މާހައުލެއް ނެތްކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

މިރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ
22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ.

މިގޮތަށް ނިންމިއިރު މި އިންތިޚާބު ފަސްކުރަން ދެފަހަރެއްގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އަންގަވައިފައެވެ. އޭގެފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އިންތިޚާބު ފަސްކުރަން އެންގިއެވެ.

މި އިންތިޚާބު ފަސްކުރިއިރު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާ ގޮތަށް އޭސީސީއަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް މި މަހުގެ 19 ވަނަ ދުވަހު އޭސީސީގެ ތަހުގީހު އެ އެސޯސިއޭޝަން ރެއިޑްކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް