މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސައިލުމަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތައް ގުނާ ގޮތަށް އަމަލު ނުކުރަން ނިންމީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓާއެކުއެވެ. މި ހުށަހެޅުމާ ދެކޮޅަށް […]

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ލ.ގަން ކައުންސިލް އައުޓް ރީފް މަސް ރޭސް“ މާޗު 2 ގައި

ލ.ގަމު އައުޓް ރީފް ސްޕޯޓްސް ކްލަބުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދަން ނިންމާފައިވާ މަސް ރޭސް އަންނަ މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިއީ އައުޓް ރީފް ސްޕޯޓްސް ކްލަބުން މަސް ރޭސް ބާއްވާ ދެވަނަ ފަހަރެވެ. މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސް ރޭހާ ގުޅޭ ގޮތުން “ސަންދާނު“ އާ މައުލޫމާާތު ހިއްސާ ކުރަމުން އައުޓް ރީފް ސްޕޯޓްސް ކްލަބުން ބުނީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ތިމާވެށްޓާ ރަށްޓެހި އާދަތަކާއި ކަނޑުތަކުގެ […]

ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލުތަކެއް، ސަމާލުވޭ!

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކަމަށް ބުނެ ސްކޭމް ކޯލްތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ. ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓް ތަކަކަށް ފައިސާ ޖަމާ ކުރުމަށް ފޯން ކޯލްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.   މިގޮތުން ފައިސާ ޖަމާކުރުމަށް އެދެނީ އަމިއްލަ ފަރުދެއްގެ […]

ޔާމީން މިނިވަންކުރުމުގެ ވާހަކަ މިހާރުގެ އިދިކޮޅުން ދައްކާއިރު ޔާމީން ޖަލަށްލީ އެ މީހުންގެ ސަރުކާރުގައި

އެއްވެސް މީހަކު ޖަރީމާއެއް ހިންގާފައިވާނަމަ އެ މީހަކަށް އެކަމުގެ އަދަބު ލިބެންޖެހޭނެކަން, ހަމަ ގަބޫލު ކުރާ ކޮންމެ ދިވެހި ރައްޔިތަކުމެ ގަބޫލުކުރާނެއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު އޭރު ހުންނެވީ ޕީޕީއެމްގައެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ޝަރީޢަތްތަކަށް އަތްބާނާ ވާހަކަ އޭރު އެ ދެއްކެވީ ސިޔާސީ ގޮތުންނެވެ. ސިޔާސީ ވާހަކަތަކަކީ ޙަގީގީ ވާހަކަތަކެއްނޫނެވެ. އަބަދުވެސް އިދިކޮޅުގައި އޮންނަ ޕާޓީއަކުން އޭރު އޮންނަ ސަރުކާރުގެ އަގުވައްޓާލަން މަސައްކަތް ކުރާނެއެވެ. ރައްޔިތުންގެ ސިމްޕަތީ ހޯދުމަށްޓަކައި ކުރާ މިފަދަ ސިޔާސީ ކަންކަމަކީ ރައްޔިތުންނަށް […]

ގައުމުގައި ނެތް ފެންވަރަށް ޕްރޮޖެކްޓްތައް ފެށުމުން އެ ޕްރޮޖެކްޓްތައް ހުއްޓޭނެ

ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ނުބަލައި މަޝްރޫޢުތައް ފެށުމުގެ ނަތީޖާއަކީ އެ މަޝްރޫޢުތައް ނިންމާނެ ފައިސާ ދައުލަތުގެ މާލިއްޔަތުގައި ނެތުމުގެ ސަބަބުން މަޝްރޫޢުތައް ހުއްޓިގެން ދިއުމެވެ. އެއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ލަނޑެއް ދިނުމުގެ ގޮތުން ރާވާފައިވާ ރޭވުމެކެވެ. އެހެން ކަމާއެކު ރައީސް މުޢިއްޒު މިހާރު ވަނީ އެ މަޝްރޫޢުތަކާއި އަދި އޭގެ އިތުރުން އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދާނޭ ފައިސާ ހޯއްދެވުމުގެ ކެމްޕޭނެއް ފަށްޓަވާފައެވެ. ރައީސް މުޢިއްޒު […]

ބަންގްލަދޭޝްގައި ”އިންޑިއާ އައުޓް“ ކެމްޕެއިނެއް ފަށައިފި

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް ބަންގްލަދޭޝްގައި އިންޑިއާގެ މުދާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. އެގޮތުން، ނިމިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ ކޮންޒިއުމަރ ގުޑްސް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ މެރިކޯއަށް ޑާކާގެ ޕަންތަޕަތް ސަރަހައްދުން ލިބިފައިވަނީ ފިނި މަރުހަބާއެކެވެ. މެރިކޯއިން އުފައްދާ އިސްތަށިގަނޑުގައިލާ ތެލާއި، ކައްކާ ތެލާއި، ލޯޝަނާއި، އެހެނިހެންވެސް ސާމާނުގެ ޑެލިވަރީ ބަލައިގަތުމަށް އެސަރަހައްދުގެ ފިހާރަތަކުންވަނީ ދެކޮޅު ހަދާފައެވެ. މެރިކޯގެ ބެސްޓްސެލަރ އެއްކަމަށްވާ، ޕެރެޝޫޓް އޮއިލްގެ ސޭލްސް މުޅިންހެން ހުއްޓިއްޖެ.“ ޑާކާގައި […]

އިގުތިސާދީ ފުދުންތެރިކަން ނެތި މިނިވަންކަމުގެ ރާހަތެއް ނުކުރާނެ

ހަނގުރާމަކޮށް ލޭ އޮހޮރުވައި އެތައްބައެއްގެ ފުރާނައިން ގުރުބާންވެގެން ގިނަ ގައުމުތަކެއް އިސްތިއުމާރީ އަޅުވެތިކަމުން ސަލާމަތްވެ މިނިވަން ދައުލަތަކަށްވުމުގެ އުފާ ލިބިގެންފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ މިނިވަން އެންމެ ފުރިހަމަގޮތުގައި ނޫނަސް ފުރިހަމަ ގޮތެއްގައިވެސް ދެމެހެއްޓޭނީ އެ ގައުމެއްގެ އިގުތިސާދު ރަނގަޅަށް މެނޭޖް ކުރެވިގެންނެވެ. ގައުމަށް ލިބޭ އެއްޗަކަށްވުރެން ޚަރަދު ބޮޑުވަމުން ގޮސް ދަރަނިވެރިވެ ގައުމުގެ ރައްޔިތުން ބިކަވެ އަތާއި އަނގަޔާ ދިމާނުވާ ހާލަތަކަށް ދިއުމުން މިނިވަން ގައުމެކޭ ކިއުން ޖާއިޒު ވެގެންނެއް ނުވެއެވެ. ބައެއް ގައުމުތަކުން މުޅިދުނިޔެ […]

ރައީސް މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވެރިރަށް ދުބާއީގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ބައެއް ނޫސްވެރިން ވެސް ބައިވެރިވާނެއެވެ. މި ދަތުރުފުޅަށްފަހު ރައީސް މުޢިއްޒު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ […]

އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުލިބޭނެ: އީސީ

އިންތިޚާބަށް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާޗު 17 ގައި ނަމަވެސް އިންތިޚާބުތަކާބެހޭ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން މި ތާރީޚު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށާއި ފޯމު ބަލައިގަތުމުގެ އެންމެ […]

ކުރީގެ ރައީސް ޞާލިޙްގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަންއިން ކޯޓަށް ދަނީ

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މޯލްޑިވިއަންއިން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ފުލައިޓުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5,629,861 ރ. އަށް އަރާ ކަމަށެވެ. މޯލްޑިވިއަންއިން ބުނީ ދެ ފަރާތުން އެއްބަސްވީ ޚިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ފައިސަ ދައްކާފައި ނުވާކަމަށެވެ. […]