މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސައިލުމަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތައް ގުނާ ގޮތަށް އަމަލު ނުކުރަން ނިންމީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ވޯޓާއެކުއެވެ.

މި ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސައިލަން ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ އަމުރަށް އަމަލުކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަން އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު އަަސްލަމެވެ.

މަޖިލީހުގެ މި ދައުރަށް އިންތިޚާބުކުރީ 87 މެންބަރުންނެވެ. ނަމަވެސް ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ހަތް މެންބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާއެކު ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ދާއިރާތަކެއް ނުގުނާނެއެވެ. އެގޮތުން މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ.

Loading

2 Responses

  1. Gaa noon nah vure mathee ga dho MDP mi ulhe nee verikan bey numas bodu varus thiya ee mihaaru mi ulhe ni make haa dhuvaha nama ves aslam veteran kuraa hithun rayithun ge saaf agu labiyya thun hovi veri yaku mahe nuva nees azul kuran nin mumakee dictatorship ge amale

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް