ބަންގްލަދޭޝްގައި "އިންޑިއާ އައުޓް" ކެމްޕެއިނެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް ބަންގްލަދޭޝްގައި އިންޑިއާގެ މުދާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

އެގޮތުން، ނިމިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ ކޮންޒިއުމަރ ގުޑްސް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ މެރިކޯއަށް ޑާކާގެ ޕަންތަޕަތް ސަރަހައްދުން ލިބިފައިވަނީ ފިނި މަރުހަބާއެކެވެ. މެރިކޯއިން އުފައްދާ އިސްތަށިގަނޑުގައިލާ ތެލާއި، ކައްކާ ތެލާއި، ލޯޝަނާއި، އެހެނިހެންވެސް ސާމާނުގެ ޑެލިވަރީ ބަލައިގަތުމަށް އެސަރަހައްދުގެ ފިހާރަތަކުންވަނީ ދެކޮޅު ހަދާފައެވެ.

މެރިކޯގެ ބެސްޓްސެލަރ އެއްކަމަށްވާ، ޕެރެޝޫޓް އޮއިލްގެ ސޭލްސް މުޅިންހެން ހުއްޓިއްޖެ.“ ޑާކާގައި ފިހާރައެއް ހިންގާ އަމަނުﷲ ބުނެފައިވެއެވެ. ”އިންޑިއާއިން ގެންނަ މުދާ ހަމަ ނުވިކެނީ. ނުވިކިހުރި ތަކެތި އަދިވެސް ހަރުތަކުގަ އެބަހުރި. އެހެންވީމަ އިތުރު ސްޓޮކްއެއް ނުގަންނާނަން.“ އޭނާ ބުންޏެވެ

ބޮޑުވަޒީރު ހޮވުމަށް ޖަނަވަނީ މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ މަގާމުގައި ޖެހިޖެހިގެން ތިން ދައުރު ފުރިހަމަކުރައްވާފައިވާ ޝެއިޚް ހަސީނާއެވެ. އަދި ޝެއިޚް ހަސީނާއަށް ލިބުނު ކާމިޔާބީއާއި ގުޅިގެން އިދިކޮޅުން ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށްފަހު، ސިޔާސީ ކަންކަމުގައި އިންޑިއާގެ ބޮޑު ނުފޫޒެއްވާކަމަށްބުނެ އިންޑިއާ ބޭރުކުރުމަށްޓަކައި ބޮޑު ހަރަކާތެއް ފަށާފައެވެ.

އެކި ގައުމުތަކުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންޑިއާއާއި ދެކޮޅު މި ހަރަކާތަށް ބާރުދީފައިވާއިރު، އެފަރާތްތަކުން ގެންދަނީ އިންޑިއާއިން އުފައްދާ އެތެރެކުރާ މުދާ ބޮއިކޮޓްކުރުމަށްވެސް ގޮވާލަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމްވެސް ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ފެއްޓެވި ހަރަކާތާއި އެއްގޮތް ބައެއް ކަންކަން ހުރި ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް