އެމެރިކާގެ ދިފާއީ ވުޒާރާގެ ކާރގޯއައިއެކު ދަތުރުކުރި ދެ ބޯޓަށްވެސް ޙަމަލާ ދީފި

އެމެރިކާގެ ދިދައިގެ ދަށުން އެމެރިކާގެ ދިފާއީ ވުޒާރާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ދެ ބޯޓަކަށް މިދިޔަ ބުދަ ދުވަހު ޔަމަނުގެ ޙަމަލާތަކާ ކުރިމަތިލާންޖެހިއްޖެއެވެ. މިޙަމަލާއިން ކޮންޓެއިނަރ އުފުލާ ދެބޯޓު މާރސްކް ޑެޓޮރެއިޓާއި މާރސްކް ޗެސާޕީކެ އަށް ޙަމަލާ ދިނުމުން ބާބުލް މަންދޫބްގެ ތެރެއިން ދަތުރު ކުރުމުގައި ނުރައްކާއޮތް މިންވަރު ހާމަވެގެން ހިނގައްޖެއެވެ. ރެޑްސީގެ ތެރޭގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ކަނޑުސިފައިންގެ ބާރުތަކުން އެ ޙަމަލާތައް ހުއްޓުވަން ވަރަށް ގަދަޔަށް ރައްދު ޙަމަލާދެމުން ގެންދިޔަ ކަމަށާއި އޭގެތެރެއިން ބައެއް ޙަމަލާ މަތަކުރެވުނުކަމަށްވެސް އެމެރިކާގެ އޮފިޝަލުން ހާމަކުރިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިޙަމަލާތަކުގެ އިލްޒާމް އަޅުވަނީ ޔަމުނުގެ ހޫތީޖަމާޢަތުގެ ބޮލުގައެވެ. އަދި އެ ބޯޓުފަހަރަށް […]
މިނިސްޓަރުންނާ ސުވާލު ކުރުމަށް ކުރިއަށް ގެންދާ ”އަހާ“ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މިރޭ

މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމް ”އަހާ“ ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ. ދެ މަހުން އެއްމަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. ރައީސް އޮފީހުން ވިދާޅުވީ މިރޭގެ ފޯރަމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، […]
ކަނޑިންމަ ރިސޯޓު ކައިރިން ނުވަ ފޫޓުގެ ކިނބުލެއް ފެނިއްޖެ

ދ.އަތޮޅުން ނުވަ ފޫޓުގެ ކިނބުލެއް ފެނިއްޖެއެވެ. މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންނެވެ. އެމްއެންޑީއެފްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް, ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ […]
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފި

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައި މިއަދު އެކަން އިއުލާނުކޮށްފިއެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ މި ސަރުކާރު އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް […]
އެމެރިކާއަށް އެކަނި ޔޫ އެފް އޯ ފެންނަނީ ކީއްވެގެން

ދުނިޔޭގެ އެއްވެސް ގައުމަކަށް ޔޫ އެފް އޯ ނުވަތަ ގޮތްނޭންގޭ ޖައްވީ އުޅަނދުގެ މައްސަލަ ދިމާވަމުންދާކަން ބައިނަލް އަގްވާމީ މީޑިއާ ތަކުން ފާހަގަ ނުކުރާއިރު އެމެރިކާގެ ކޮންގްރެސް ތެރެއަށްވެސް މި އެއްޗެއްގެ ބަހުސް ވަދެގަނެގެން މިއުޅެނީ ކީއްވެގެންތޯ ޚިޔާލު ކޮށްލުން ހަމަ ރަނގަޅު ކަމަށް ދެކެމެވެ. ބައެއް މޫސުމުގައި ހެނދުނާއި ހަވީރު އަންނަ ދޫނިބައިގަނޑެއް ފަދައިން ޒިޔާރަތް ކުރަމުންގެންދާ ޔޫ އެފް އޯ ފެންނަމުންދާ ކަމަށް ޕެންޓަގަނުންވެސް ޢިއުތިރާފް ވެއެވެ. އެންމެފަހުން ކޮންގްރެސްގައި ކުރެވުނު ބަހުސްގައި ކޮންގްރެސް އެރިކް ބާރލިސަން ބުނެފައިވަނީ […]
މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ 2019 ވަނަ އަހަރުއެވެ. އެ ގޮތުން އެ ނިންމުން ބާތިލުކުރުމަށާއި ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި […]
ޑރ.ޒިޔާދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާގެ އިސްތިއުނާފު މައްސަލަ އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދަށް ދައުވާ އުފުލީ ދާރުއްޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާއި ޚިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީއާއި އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ […]
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ ބޯޑުގެ މެންބަރުކަމަށް ފުރުސަތުހުޅުވާލައިފައިވަނީ ދެ ދާއިރާއަކުންކަމަށެވެ. އެއީ އާންމު ސިއްޚަތާ ބެހޭ ތަޖުރިބާކާރެއްގެ އިތުރުން ކޮންޒިއުމާ ހައްގުތަކާ ބޭހޭ ދާއިރާގެ ފަރާތެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. ދުންފަތްކޮންޓްރޯލްކުރުމާ ބެހޭ ބޯޑަކީ 2010 ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދާފައިވާ ބޯޑެކެވެ. މި ބޯޑުގެ މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރެވެ. ބައިވެރިވާ […]
މިއަދު އިސްރާއީލުންގެ 21 ސިފައިން މަރާލައިފި

ފަލަސްތީންގައި އިސްރާއީލުން ގަތުލު އާންމު ހިންގަންފެށިފަހުން މިއަދަކީ އިސްރާއީލުގެ ސިފައިންނަށް އެންމެ ބޮޑު އަޒާބަކާއި ކުރިމަތިލާން ޖެހުނު ދުވަހެކެވެ. މިއަދު މިހާތަނަށް އިސްރާއީލުގެ 21 ސިފައިން ޖަހަންނަމައަށް ފޮނުވާލައިފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން މަޢުލޫމާތު ދެމުން އެބަ ގެންދެއެވެ. މިއީ ހަނގުރާމަ ހުއްޓާލަން ބައިނަލް އަގްވާމީ މުޖުތަމައުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށްވެސް ބައެއް މީޑިޢަތަކުގައި ވަނީ ސިފަކޮށްފައެވެ. އެގޭފަހުން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ މިހާރު ޚާން ޔޫނިސްގެ ދެކުނު ޝަހަރުތައް އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކުން ވަނީ […]
އިހުދު ބަރަކް، ނަތެންޔާހޫއަށް: ކަލާންގެ ރަސްކަންފުޅަށްޓަކާ ކަލޭ މިތަނުންދޭ

މާތްކަލާންގެ ރަސްކަންފުޅަށް ޓަކައި ކަލޭ ވެރިކަމުން ފައިބައި މިތަނުން ދާށެވެ!އެހެންނޫނީ މި ގައުމު ފެންނާނީ ކުރިއަށް އޮތް އެތައް އަހަރަކަށް ފަލަސްތީނު ގައްޒާގެ ކިސަޑުތަކުގެ ތެރެއަށް ގެނބިފައި ވަނިކޮށެވެ. މިއީ އިސްރާޢީލުގެ މިލިޓްރީގެ އެންމެ މަތީ ކުލަތައް ޙާސިލު ކުރައްވާފައިވާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހުދު ބަރަކް މިހާރުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އާއި މުޚާތަބުކޮށް މިހިނގާ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިންވެސް އިސްރާއީލު ބޭރަށް ނިކުންނަން ޖެހޭ ވަގުތުވެސް މާބޮޑަށް ލަސްވެއްޖެ ކަމަށާއި މިބާވަތުގެ ދެކޮޅުވެރި ކަމުގައި ސަތޭކަ ދުވަސް ހޭދަވެގެން ދިއުން އިސްރާޢީލުގެ ރައްޔިތުންވެސް ގަބޫލުކުރަމުން އައި އުސޫލުތަކާ ޚިލާފު […]