ދ.އަތޮޅުން ނުވަ ފޫޓުގެ ކިނބުލެއް ފެނިއްޖެއެވެ.
މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންނެވެ.
އެމްއެންޑީއެފްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް, ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ރާއްޖެއަކީި ކިނބޫ އުޅޭ ގައުމެއް ނޫނަސް ދޭތެރެދޭތެރެއިން ކިނބޫ ފެނެއެވެ.