ބޭބެއަށް ހަމަލާދީ މަރައިލި ކޮއްކޮ 12 އަހަރަށް ޖަލަށް

އައްޑޫ ސިޓީގައި ބޭބެއަށް ހަމަލާދީ މަރައިލިކަމުގެ ދައުވާ ލިބޭ ކޮއްކޮ ކުށަށް އިއުތިރާފުވެފައިވާތީ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މަރަދޫފޭދޫގައި އެއްބަނޑުއެއްބަފާ ބޭބެއަށް ކަތުރަކުން ހަމަލާދީ މަރައިލި މައްސަލާގައި ދައުވާ ކުރަނީ އެ ރަށު ބްލޫސްޓާރ ޙުސައިން މަވާޒުގެ މައްޗަށެވެ. ބްލޫސްޓާރ, އަޙްމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މަވާޒު ވަނީ ކުށަށް އިއުތިރާފުވެ ހާދިސާ ހިނގި ގޮތް ކިޔައިދީ, އެކަމަށް ހިތާމަ ކުރާ ކަމަށާއި ތައުބާވެފައިވާ […]
ޔޫކްރެއިންގެ އިދިކޮޅު ހަމަލާތައް ފޭލިވާތީ ހުޅަނގުން ވެލި ކާންޖެހިދާނެ

ޓެލިގްރާފުން ޚަބަރު ދީފައިވާގޮތުގައި ހުޅަނގުގެ ފުރިހަމަ އެއްބާރުލުމާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރިއަށްގެންދާ ކައުންޓަރ އޮފެންސިވް ހަމަލާތައް ކާމިޔާބު ވަމުންނުދާތީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ކުރިމަތި ލުމުގެ ގާބިލުކަން ނެތްކަމުގައި ގަބުޅުކުރަން ޖެހިދާނެއެވެ. ހުޅަނގުގެ ބާރުގަދަ ބަރު ހަތިޔާރުތަކާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް 18 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ޔޫކްރެއިނަށް ޙާސިލުކުރެވުނު ފާހަގަ ކުރެވިދާނެފަދަ ކާމިޔާބީއެއް ފެންނާކަށް ނެތެވެ. ކިތަންމެވަރަކަށް އަޑުގަދަކޮށްފާ ޔޫކްރެއިން ކާމިޔާބު ކުރާނެއޭ ގޮވަމުންދިޔަ […]
މުޢިއްޒަކީ ހަރުކަށި ބޭފުޅެއް ނޫން, އެވަރުގެ ތެދުވެރި ވަފާތެރި ފިރިއަކު ނުލިބޭނެ: ސާޖިދާ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި ހައްގުތަކުން މަހުރޫމު ކުރާނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަންނާނެ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާތީ ސުވާލުކުރުމުން މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މުޢިއްޒާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް ދައްކަނީ ކީއްވެކަން ސާފުވާން ޖެހޭ ކަމަށެވެ. އެއަށްފަހު ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންގެ ހައްގުތައް ފުރިހަމައަށް […]
ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ. ފުވައްމުލަކު ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓި ހިނގި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އާދިއްތަ ދުވަހު މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ވަނީ އޭނާ ނިޔާވެފައެވެ. ނިޔާވީ ފުވައްމުލަކު ދެބުދާރުގޭ އިސްމާޢީލް ޙަސަން (30 އ) އެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން […]
ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދާން އެމްއެންޕީއިން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލުގައި 37 މެންބަރުގެ ވޯޓާއެކުއެވެ. “މިރޭ ބޭއްވުނު އެމްއެންޕީގެ ގއުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކީ މަޝްވަރާ ކުރިއަށް ގެންދިއުން ކަމަށްވާތީ އެމްއެންޕީގެ ލީޑަރޝިޕްއިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި“ އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓުގައިވެއެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު […]
30 ސެޕްޓެމްބަރަށް ދިވެހީން ސަމާލުވޭ!!!

އާދެ! 09 ސެޕްޓެމްބަރ 2023 ގައި ނެގުނު ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ލިބިފައި ނުވާތީ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެނޑިޑޭޓުން މެދުގައި 30 ސެޕްޓެމްބަރ 2023ގައި އަލުން ވޯޓުލެވޭނެއެވެ. އެހެންކަމުން ދިވެހީން އަދިވެސް ނިކަން ހުޝިޔާރުވެ ތިބެން އެބަޖެހެއެވެ. އަހުރެންގެ ނަޒަރުގައި މިފަހަރު ކިންގް މޭކަރ އެއް ނެތެވެ. އެހެނީ ޑރ. މުއިއްޒު އެކަނި ލިބިވަޑައިގަތީ 100723 ވޯޓެވެ. ހަމައެހެންމެ އެމް.ޑީ.ޕީ އަށް ލިބުނު 85126 ވޯޓު އަދި ޑިމޮކްރެޓްސް އަށް […]
ޔޫކްރެއިންގެ ބަނދަރު ހަލާކުކޮށްލުމުން ރޮމޭނިޔާ ރަތަށް

ދަ ޓެލެގްރާފުން ޚަބަރު ދީފައިވާގޮތުގައި ރޮމޭނިޔާއާއި އިންވެގެން ދަނޫބު ޑެލްޓާގައި އޮންނަ ޔޫކްރެއިންގެ ބަނދަރަށް ޑްރޯނުން ޙަމަލާދީ ހަލާކުކޮށްލުމުން ރޮމޭނިޔާއިން ރަޝިޔާއަށް ރުޅިވެރިކަން ފާޅުކުރަން ފަށައިފިއެވެ. އެއީޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރަން މިހާރު ބޭނުންކުރާ ވަރަށްމުހިންމު ބަނދަރެކެވެ. އެހެންނަމަވެސް ހަނގުރާމައިގެ ކުރިން އެ ބަނދަރު އޮތީ އަޅާނުލާ ދޫކޮށްލެވިފައެވެ. ބުކަރެސްޓުން ބުނެފައިވާ ގޮތުގައި ދަނޫބު ކޯރުގެ އިރުމަތީގައި އޮންނަ ރެނީގެ ބަނދަރު ހަލާކުކޮށްލުމަކީ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ. އަދި އާންމުންގެ އިމާރާތްތަކަށްވެސް […]
ރައްޔިތުން ތިބޭ ހޭލާ, ދެވަނަ ބުރުގައި މާ ބޮޑު ތަފާތަކުން ރައްޔިތުން މި ސަރުކާރު ބަލި ކުރާނެ: މުޢިއްޒު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްވުރެ މާ ބޮޑު ތަފާތަކުން ރައްޔިތުން ދެވަނަ ބުރުގައި މި ސަރުކާރު ބަލި ކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި މިއަދު ހަވީރު ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ކަންކަން ބަދަލެއް ނުވާ ކަމަށާއި އެއީ ތެދު ހަގީގަތްކަން ސާފުކޮށް އެނގެމުންދަނީ އެ ކަންކަމަށް ފަސްއަޅައި ވާހަކަ ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. “މި ގައުމުގަ […]
މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އިތުރު ތާއީދަށް ޔާމީން އެދިވަޑައިގެންފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރެއްގައި ތާއީދު އިތުރުކޮށްދެއްވުމަށް ޕީއެންސީ-ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން، މުއިއްޒަަށް 101،128 ވޯޓު ލިބުނުއިރު، ރައީސް ސޯލިހަށް ލިބުނީ، 85،989 ވޯޓެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް މި އިންތިހާބު އެއް […]
“ޝުކުރިއްޔާ ދިވެހިން“ ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޚާއްސަ ރެލީއެއް މިރޭ

ރިޔާސީ އިންތިޚާބުގެ ފުރަަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބަށްފަހު ދެވަނަ ބުރުގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ މާލޭގައި ޚާއްސަ ރެލީއެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ “ޝުކުރިއްޔާ ދިވެހިން“ މި ނަމުގައި ބާއްވާ ޚާއްސަ ރެލީއެއް މިރޭ އޮންނާނެ ކަމަށެވެ. މިރޭ 20:45 ގައި މި އިވެންޓް ކުރިއަށްދާނީ އާޓިފިޝަލް ބީޗުގައި ކަމަށް ޠަލާލް ވިދާޅުވިއެވެ. އިއްޔެ ބޭއްވި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް […]