މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އިތުރު ތާއީދަށް ޔާމީން އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރެއްގައި ތާއީދު އިތުރުކޮށްދެއްވުމަށް ޕީއެންސީ-ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން، މުއިއްޒަަށް 101،128 ވޯޓު ލިބުނުއިރު، ރައީސް ސޯލިހަށް ލިބުނީ، 85،989 ވޯޓެވެ.

ނަމަވެސް އެއްވެސް ބޭފުޅަކަށް މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ ދެވަނަ ބުރެއްގެ ވޯޓުލުން މި މަހުގެ 30 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެއާއެކު ރައީސް ޔާމީން ވަނީ، އެ މަނިކުފާނުގެ ވަކީލުން މެދުވެރިކޮށް ރައްޔިތުންނަށް މެސެޖެއް ދެއްވާފައެވެ.

”ޑރ. މުއިއްޒަށް ތިޔަބޭފުޅުންގެ އިތުރު ތާއިދު ދެއްްވައި، ހިތްވަރު ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ“. ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. މުހައްމަދު ޖަމީލް މެދުވެރިކޮށް އެމަނިކުފާނު ދެއްވި މެސެޖުގައި ވެއެވެ.

އެ މެސެޖުގައި ޔާމީން ވަނީ، މުއިއްޒަށް ވެރިކަން ހޯދައިދިނުމަކީ، ރާއްޖެއިން ބޭރުގެ ސިފައިން ބޭރުކޮށް ގައުމު މިނިވަންކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް