''ޝުކުރިއްޔާ ދިވެހިން'' ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޚާއްސަ ރެލީއެއް މިރޭ

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގެ ފުރަަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބަށްފަހު ދެވަނަ ބުރުގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ މާލޭގައި ޚާއްސަ ރެލީއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ “ޝުކުރިއްޔާ ދިވެހިން“ މި ނަމުގައި ބާއްވާ ޚާއްސަ ރެލީއެއް މިރޭ އޮންނާނެ ކަމަށެވެ.

މިރޭ 20:45 ގައި މި އިވެންޓް ކުރިއަށްދާނީ އާޓިފިޝަލް ބީޗުގައި ކަމަށް ޠަލާލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 101,100 (%46.06) ވޯޓެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ބުރުން ކެންޑިޑޭޓަކު މިހާ ގިނަ ވޯޓު ހޯއްދެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 100,000 އަށްވުރެ ގިނަ ވޯޓު ހޯއްދެވިފައެއް ނުވެއެވެ.

އިންތިޚާބުގެ ކާމިޔާބަށްފަހު މުޢިއްޒު ރޭ ވިދާޅުވީ އެކިއެކި ނުފޫޒުތަކާއި ފިކުރުތަކާ ދެކޮޅަށް ގައުމީ ފިކުރު ކުރިއަށްނެރެ ރައްޔިތުން ދެއްކީ ވަރަށް ވަރުގަދަ މިސާލެއް ކަމަށެވެ. އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށާއި ދެވަނަ ބުރުގައި ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް