ބޯނަސްގެ ގޮތުގައި އެމްއޭސީއެލްްގެ ކޮންމެ މުވައްޒަފަކަށް 25،000ރ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި މި އަހަރުވެސް 25،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ. އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް 25,000 ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ބޯނަސް ލިބޭނީ މިިދިޔަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް ވެސް ސާކިއުލާގައިވެއެވެ. ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ […]
ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭނު ނުކުރަން އިލްތިމާސްކޮށްފި
އަންނަ މަހު އޮންނަ ރިޔާސީ އިންތިހުބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ކުރާއިރު، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނު ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް، ކެމްޕޭނު ކުރާއިރު، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ކަންކަން […]
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައިވަނީ އިންތިޚާބާބެހޭ މައި މަރުކަޒުކަމަށްވާ ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގުރުއަތު ނެގުމުގައި ބައިވެރިވެވަޑައިގަތީ ފަސް ކެންޑިޑޭޓުންނެވެ. ދެން ތިއްބެވި ކެންޑިޑޭޓުންގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެބޭފުޅުންގެ އިންތިޚާބީ އެޖެންޓުންނެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް: ކެންޑިޑޭޓް ނަންބަރު 01: އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ކެންޑިޑޭޓް […]
ޕީއެންސީގެ ރަނިންގމޭޓް ޙުސައިންއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އަށް މަރުހަބާ ވިދާޅުވެއްޖެެއެވެ. ރައީސް ޞާލިޙް ޙުސައިން އަށް މަރުހަބާ ވިދާޅުވީ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ޙުސައިން ކަނޑައެޅުއްވުމުން އެކަމަށް މަރުހަބާ ވިދާޅުވަމުން ރައީސް ވިދާޅުވީ ޙުސައިންއަކީ އެމަނިކުފާނުގެ […]
އަބަދުވެސް ޔާމީނަށް ވަފާތެރިވާނަން: މުޢިއްޒު
އަބަދުވެސް ހުންނަވާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވަފާތެރިކަންމަތީގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒުގެ ވާހަކަ ފަށްޓަވަމުން ވިދާޅުވީ އޭނާއަށް އިތުބާރު ކުރައްވައި ތާއީދު ކުރައްވަން ރައީސް ޔާމީން ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކޮށް އެންމެ ފުރަތަމަ ވެސް ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކުރުމަކީ އެންމެ އިސް ޒިންމާކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މިކަމުގައި […]
ގޭންގުތަކާއި ހަނގުރާމަކުރުމަށް އެލް ސެލްވަޑޯރގެ އެތައް ހާސް ސިފައިންނެއް މަގުމައްޗަށް ނެރެނީ
ގޭންގު މާރާމާރީއާއި ހަމަނުޖެހުން ނައްތާލުމަށްޓަކައި އަސްކަރީ ބާރުގެ 8000 ސިފައިން މަގުމައްޗަށް ނެރުމުގެ އަމުރެއް ސެލްވަޑޯރގެ ރައީސް ނަޔިބް ބުކޭލޭ ނެރުއްވައިފިއެވެ. އޭނާ ވެރިކަމަށް ހޮވިވަޑައިގަތީ އެގައުމުގައި ދިރިއުޅޭ ހުރިހާ ގޭންގު މެންބަރުން ހިފައި ހައްޔަރުކުރުމަށް ވައުދުވެގެންނެވެ. އެގޮތުން، ސެލްވަޑޯރގެ އެތައް ހާސް ސިފައިންނާއި ފުލުހުން ގޭންގުތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް އޮންނަ ކަބާނާސްގެ މައި ސަރަހައްދު މިހާރު ވަށާލާފައިވާކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ބުކޭލޭ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވަނީ މިދިޔަ […]
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ފުވައްމުލަކަށް ފުރާވަޑައިގެންފި
ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް މިއަދު ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދާއި ރިޔާސީ ކެންޑިޑޭޓު އިލްޔާސް ރިޔާސީ ކެމްޕޭނަށް ކުރައްވާ މި ދަތުރުފުޅުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އިލްޔާސްގެ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އިލްޔާސް ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީގެ […]
އަމިއްލަގޮތުން ވާދަކުރައްވާ ތިން ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ނިންމައިފި
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާ ތިން ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލެވެ. އީސީން ބުނީ އެ ބޭފުޅުންގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް […]
މަޑަވެލީގައި ރައީސްގެ ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ހުޅުޖަހައިފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ.މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފިއެވެ. މަޑަވެލީގެ އުތުރު ފަރާތުގައި ހަދާފައި ހުރި އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މުޅި ތަން އޮތީ އަނދާފައި ކަމަށާއި ދެން އެ ތަނުގައި ޖަލްސާ ނުބޭއްވޭނެކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. މިކަމުގެ ސަބަބުން ދަތުރުފުޅު ލަސްކުރި ނަމަވެސް ރައީސް ޞާލިޙް މިހާރު ވަނީ މަޑަވެއްޔަށް ވަޑައިގެންފައެވެ. ޖަލްސާ […]
ސިޔާސީ ވިސްނުން ބަދަލުވާން ސިކުންތެއްވެސް ނުނަގާނެ!
މިދުވަސްވަރަކީ ރިޔާސީއިންތިޚާބުގެ ފޯރި ނުހަނު ގަދައަށް އުޅޭދުވަސްވަރެކެވެ. އެއްޕާޓީ އަނެއްޕާޓީއާއި ވާދަކޮށް ރިޔާސީ އިންތިޚާބުގެ ކުޅިފަސް ލިބޭނޭ ކަމުގެ އުންމީދާއިއެކު ކުލަ ހުވަފެންތައް ބަލަމުން ދައްކަމުން ދަނީއެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފައި އެވަނީ ދިވެހީންނެވެ. ދިވެހީންގެ ތެރޭގައި އުޅެ ބޮޑުވި ދިވެހި ދަރީންނެވެ. މިގައުމަކީ ކުޑަކުޑަ އާބާދީއެއްގެ މަށްޗަށް ބިނާވެފައިވާ ކުޑަކުޑަ ގައުމަކަށް ވުމުން އެކަކަށް ނޭނގޭ އަނެކެއް ނެތެވެ. ރިޔާސީ ރޭހުގައި ވާދަކުރުމަށް ފޫގަޅާފައި ތިބި އެންމެންގެ ފަތިފުށް އޮންނާނީ އެންމެނަށް ސާފުވެފައެވެ. ރިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހެއްގެ ދެފުށް ހޯދާ ބަލާލުމުން މާ އުނދަގުލަކާނުލާ ރައްޔިތުންނަށް […]