ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

Loading

Facebook
Twitter
WhatsApp

އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތުނެގުން 

ކުރިއަށް ގެންގޮސްފައިވަނީ އިންތިޚާބާބެހޭ މައި މަރުކަޒުކަމަށްވާ ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގުރުއަތު ނެގުމުގައި ބައިވެރިވެވަޑައިގަތީ ފަސް ކެންޑިޑޭޓުންނެވެ. ދެން ތިއްބެވި ކެންޑިޑޭޓުންގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެބޭފުޅުންގެ އިންތިޚާބީ އެޖެންޓުންނެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް:

ކެންޑިޑޭޓް ނަންބަރު 01: އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު 

ކެންޑިޑޭޓް ނަންބަރު 02: އަމިއްލަ ގޮތުން ވާދަކުރައްވާ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލް  

ކެންޑިޑޭޓް ނަންބަރު 03: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ކެންޑިޑޭޓް ނަންބަރު 04: ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު

ކެންޑިޑޭޓް ނަންބަރު 05: ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް

ކެންޑިޑޭޓް ނަންބަރު 06: އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމް ރައީސް އަޙްމަދު ފާރިޝް މައުމޫން

ކެންޑިޑޭޓް ނަންބަރު 07: ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

ކެންޑިޑޭޓް ނަންބަރު 08: އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް