ރައީސް ބައިޑްން އަށް އެމެރިކާގެ ގައުމީސަލާމް އޮޅިއްޖެ
އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރަށް ވައިޓް ހައުސްގައި މަރުޙަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޖޯ ބައިޑްން ޑޭސް އަށް އަރާވަޑައިގަތުމާއި އެކު ދެގައުމުގެ ގައުމީ ސަލާމް ކުޅެވޭނެ ކަމަށާއި އެންމެ ފުރަތަމަ އިވިގެންދާނީ އިންޑިއާގެ ގައުމީ ސަލާމް ކަން ޢިއުލާން ކުރެވިގެންދިޔައެވެ. އަދި އިންޑިއާގެ ގައުމީ ސަލާމް ޖަނަ ގަނަ މަނަ ފެށުމާއެކު އިޙްތިރާމް އަދާކުރުމުގެ ގޮތުންރައީސް ބައިޑްން ގެ އަތްޕުޅު މޭމަތީގައި ބޭއްވިއެވެ. އެހެންނަމަވެސް ދިހަވަރަކަށް ސިކުންތު ފަހުން ރައީސް […]
ޙައްޖު މޫސުމުގައި މެދުވެރިވެފައިވާ ބައެއް ހިތާމަވެރި ހާދިސާތައް
މިއީ ޙައްޖުގެ މަތިވެރި އަޅުކަމުގެ މޫސުމެވެ. އިސްލާމްދީނުގެ ފަސްވަނަ ރުކުން ފުރިހަމަ ކުރުމަށްޓަކައި މުޅި އިސްލާމީ އުންމަތް ތައްޔާރުވަމުންދާ މޫސުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިވާ އަޚުންނާއި އުޚުތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މޫސުމެވެ. މިއަހަރު އެ ނަސީބު ލިބިފައިނުވާ އަޚުންނާއި އުޚުތުންވެސް މިއަންނަ އަހަރަށް އުންމީދުކުރަމުން އެ އުފަލުގައި ބައިވެރި ވަމުންދާ މޫސުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން މައްކާއަލް މުކައްރަމާ އާއި މަދީނާ އަލް މުނައްވަރާއަށް އަދި މިމޫސުމުގައި އާންމުކޮށް ސަޢޫދީ އެރޭބިޔާއަށް ދަތުރުކުރާ […]
ތުރުކީގައި ހުންނަވާ އޮނޮރަރީ ކޮންސުލަށް ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްނުދެވުނު؟
ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ފަރާތުން ތުރުކީގެ އިސްތާންބުލްގައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ މަގާމަށް ޚަލީލް އިބްރާހިމް ބަކާސީ އައްޔަނުކުރީ 12 ފެބުރުވަރީ 2019 ގައެވެ. ތުރުކީއަށްދާ ދިވެހީންނަށް ދިމާވާ އުނދަގޫތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަޅާލުމަކީ މި މަގާމުގައި ހުންނަވާ ކޮންމެ ދޭސީ އަދި ބިދޭސީ ފަރާތެއްގެ ވެސް ޒިންމާއެކެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން ތުރުކީގައި ދިވެހީންނަށް ދިމާވާ އިމިގްރޭޝަނާއި، ވިސާ އަދި ފުލުހުންގެ މައްސަލަތަކާއި އެހެނިހެން ދަތިތަކުގައި ބަކާސީއާއި ބައްދަލުކުރުމަށާއި، ގުޅުމަށާއި، ވާހަކަދެއްކުމަކީ ވަރަށް […]
މުސްލިމަކު ޤަތުލުކުރި އެމެރިކާ ސިފައިންގެ މީހަކު 55 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަފްޣާން ރެފިއުޖީއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ނަފްރަތުވެ ބަސްބުނި އެމެރިކާގެ ކުރީގެ އަސްކަރީ ފުލުހެއް 55 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. ތިންދުވަހުގެ ކޯޓު އަޑުއެހުންތަކަކަށްފަހު އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ކޯޓަކުން ޖަލުހުކުމެއް ނެރެފައިވަނީ ޑަސްޓިން ޕަސަރެލީއާއި ދެކޮޅަށެވެ. އިސްލާމްދީނަށް ނަފުރަތުވެ ޕަސަރެލީ ދިން ހަމަލާގައި މަރާލާފައިވަނީ 32 އަހަރުގެ މުސްޠަފާ އައްޔޫބީ ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ރެފިއުޖީއެކެވެ. ބަޑިފަދަ ހަތިޔާރެއް ގެންގުޅުމުގެ ދައުވާ ސާބިތުވުމުން ޕަސަރެލީގެ ހުކުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. ދެމީހުންގެ މެދުގައި މަގުމަތީގައި ހިނގައިދިޔަ ކުރިމަތިލުމަކަށްފަހު، ޕަސަރެލީވަނީ […]
ޤާސިމް, ރައީސަށް: “ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް“
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, މިހާރުން މިހާރަށް “ގެއަށް ކަނޑާލުމަށް“ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާަސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ދަންނަވައިފިއެވެ. ޤާސިމް މިހެން ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. “އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވާށޭ ކިޔައިގެން އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ސާފުވޭ ވަރަށް ވަރަށް ރަނގަޅަށް ސާފުވޭ. އަމިއްލަ ފަރުދުންގެ ކަރަށް އަތްބާނަނީއޭ ބުނާކަށެއް ނުވާނެކަންނޭނގެ […]
ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ނިޔަތް ރަނގަޅު
ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ރަޝިޔާގެ ނިޔަތް ރަނގަޅުކަމަށް ދެކިވަޑައި ގަންނަވާ ކަމަށާއި ކުރިއަށްދާ ހަނގުރާމައިގާ ގިނަ ޒިންމާތަކެއް އެމެރިކާގެ ބޮލުގައި އެޅިފައިވާކަމަށް މިއަންނަ އަހަރު އެމެރިކާގެ ރިޔާސަތަށް ޑިމޮކްރެޓުންގެ ފަރާތުން ނިކުމެވަޑައިގަންނަވަން ގަސްދުކުރައްވާފައިވާ ރޮބާރޓް އެފް. ކެނެޑީ ޖޫނިއަރ މިދިޔަ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް […]
ބޮޑު ޗުއްޓީއާއެކު ބޮޑު ވިއްސާރަ
މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކިޔަވަމުން އައި ދަރިވަރުންގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މާލެއާއި ރަށްރަށުގެ ގިނަ ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ބުރާސްފަތި ދުވަހު ރިޕޯޓް ފޯމް ދީފައެވެ. ބޮޑު ޗުއްޓީއަށްފަހު އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ. ކުރިއަށް އޮތީ ބޮޑުވިއްސާރަ: މިހާރު ބޮޑު ޗުއްޓީ ހަމަޖައްސާފައިވާ ގޮތުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ވިއްސާރަ ދުވަސްވަރު ކަމަށްވާ ޖޫން ޖުލައި […]
ކުށްވެރިންގެ ފައިގައި އަލުން ޓެގު އަަޅުވަން ފަށައިފި
ޓެެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިންގެ ފައިގައި އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަަޅުވަން ފަށައިފިއެވެ. ރޭގެވަގުތެއްގައި ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބާގައި ގާއިމުކޮށް ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެ ކަަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު […]
ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޢީދަށް ދިއްލާލަނީ
ބޮޑުޢީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ބޮޑު ޢީދަށް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގާއި އަދި ބޮޑެތި އެހެން މަގުތަކާއި އަދި ވިލިމާލެ ހިމެނޭ ގޮތަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޮޑު އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަ ކުރުން […]
އީރާނަށް ވެރިވެގަތުމުގެ އިންޒާރު ތާލިބާނުން ދީފި
އޭ އެފް ޕީ ގެ ޚަބަރުތައް ބުނާގޮތުގައި އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި އަދި އެމެރިކާ ސިފައިން އެގައުމުން ބޭލުމަށްފަހު މިހާރު ގާއިމް ކޮށްފައިއޮތް ތާލިބާނުންގެ ސަރުކާރުގެ ވެރިންނަށް ވެރިކަން ކުރަން އެނގޭ ހަމައެކަނި ސިޔާސަތެއް ކަމަށް ބެލެވިފައި މިވަނީ ގަދަފަދަކަން ދެއްކުމާއި އަނިޔާވެރިކަމާއި ގޮތްދޫނުކުރުމެވެ. […]