ބޮޑު ޗުއްޓީއާއެކު ބޮޑު ވިއްސާރަ

Loading

Facebook
Twitter
WhatsApp

މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކިޔަވަމުން އައި ދަރިވަރުންގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ.

މާލެއާއި ރަށްރަށުގެ ގިނަ ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ބުރާސްފަތި ދުވަހު ރިޕޯޓް ފޯމް ދީފައެވެ.

ބޮޑު ޗުއްޓީއަށްފަހު އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ.

ކުރިއަށް އޮތީ ބޮޑުވިއްސާރަ:

މިހާރު ބޮޑު ޗުއްޓީ ހަމަޖައްސާފައިވާ ގޮތުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ވިއްސާރަ ދުވަސްވަރު ކަމަށްވާ ޖޫން ޖުލައި އަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވެސް ބުނެފައި ވަނީ ކުރިއަށް އޮތީ ވަރަށް ވިއްސާރަ ދުވަސް ތަކެއް ކަމަށެވެ.

ސްކޫލް ތަކުގެ ބޮޑުޗުއްޓީއާއި ދިމާކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެން ކަމާއެކު ކޮންމެ އަހަރަކުވެސް ބޮޑުޗުއްޓީ މި ދުވަސްވަރާ ދިމާވާތީ ބެލެނިވެރިންގެ ޝަކުވާ ކުރަމުން ދެއެވެ.

ރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސެއް:

އެޗްޕީއޭއިން މި މަހުގެ 22 ގައި ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތީ ޢީދު ބަންދާއި ސްކޫލު ބޮޑު ޗުއްޓީކަމުން މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ދުވަސްވަރު ޑެންގީއާއި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުކަމަށް އެ އެޖެންސީގެ ތަފާތުހިސާބުތަކުން ދައްކާ ކަމަށާއި އެެހެންކަމުން ގައިިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތުު ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.

ރައްކާތެރި ކަމުގެ ބައެއް ފިޔަވަޅުތައް:

މާސްކު އަޅައިގެން އުޅުން. 

ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން.

ވެކްސިން ޖެހުން.

ބަލިވެގެން ޑޮކްޓަރަށް ދައްކާއިިރު ބަލިމީހާއާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން.

ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުން ނުދިއުން.

Loading

One Response

  1. ސަލާމަތްތެރިކަމާއި އެކު ދަތުރުކުރައްވަށެވެ. ކުރީގެ ވިއްސާރައިގާވެސް ވަނީ އެތައްބަޔަކު ގެއްލި އަދި މަރުވެފައެވެ. ވީމާ ފަރުދީ ޒިންމާ އުފުއްލަވާށެވެ. ކަމެއްވީމާ ސަރުކާރު ނުވަތަ މިވެނި މީހަކު ކުއްވެރިކުަރން ނުހައްދަވާށެވެ. ރައްކާވެތިބިއްޔާ ދަތުރޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް