ޤާސިމް, ރައީސަށް: ''ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް''

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, މިހާރުން މިހާރަށް “ގެއަށް ކަނޑާލުމަށް“   ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާަސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ދަންނަވައިފިއެވެ.

ޤާސިމް މިހެން ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

“އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވާށޭ ކިޔައިގެން އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ސާފުވޭ ވަރަށް ވަރަށް ރަނގަޅަށް ސާފުވޭ. އަމިއްލަ ފަރުދުންގެ ކަރަށް އަތްބާނަނީއޭ ބުނާކަށެއް ނުވާނެކަންނޭނގެ ދެއްތޯ. އެހެންވީމަ އަޅުގަނޑު އެހެނެއް ނުބުނާނަން އިނގޭތޯ.“ ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ޞާލިޙް “ޅައެތި އަޅަމުން ގޮސް ގޮބޮޅި ކޮޅަށް ދާންދެން އަޅައި ހުސްކޮށްފި“ ކަމަށާއި ގެންދަވަނީ މަތިމައްޗަށް ގޯސް ހައްދަވަމުން ކަމަށެވެ.

“މިހާރު ދާންވީ ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ 

މިހާރު ކަނޑާލަންވީ ގެއަށް.“ ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ދައުލަތުގެ ތިން ބާރުން ކުރެ އެއް ބާރު މިއަދު އެ އޮތީ ތަަޅުލާފައި ކަމަށާއި އެކަން ކުރީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ އެމްޑީޕީން ކަމަށެވެ. އެހެންކަމުން މަޖިލިސް ޑެޑްލޮޮކަކަށް ދިއުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަންޖެހޭނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް