އިމްރާނުގެ ސަޕޯޓަރުންނަށް ހުކުމް އިއްވުމަށް ތައްޔާރުވުމުން ކަންބޮޑުވުން ފާޅުކޮށްފި

އާންމު ރައްޔިތުންގެ މައްޗަށް އަސްކަރީ ޤާނޫނުގެ ދަށުން ހުކުމް އިއްވުމަށް ޕާކިސްތާނުން ތައްޔާރުވަމުންދާތީ އިންސާނީ ހައްޤުތަކަށް ގޮވައިލާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޖަމިއްޔާތަކުން ބުނެފައިވާގޮތުގައި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތު ފުރިހަމަވެގެން ދިޔުމުގެ ހައްޤުން އެމީހުން މަހުރޫމްވެގެން ދާނެއެވެ. ޕާކިސްތާނުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުމުގައި 10 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކުވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ޤާނޫނުގެ ހުރުމަތް ކަނޑާލައި، ބާރުގެ ބޭނުން ނުހައްޤު ގޮތުގައި […]
މޮސްޓާގެ ބޮޑެތި ތުހުމަތުތަކެއް ސަޢީދަށް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދާމެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. މޮސްޓާ މިފަދަ ތުހުމަތުތަކެއް ކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް އިއްޔެ ބަހުސް […]
އިސްރާއީލު-ފަލަސްތީނު: ނަކްބާއަކީ ކޮބާ؟

ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ”ނަކްބާ“ ގެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީނުގެ ބިމަށް އަރައި އެގައުމުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް، ގައުމުން ބޭރުކޮށް، އެފަސްގަނޑަށް އަތްގަދަކުރި ދުވަހުގެ ގޮތުގައި އެގައުމުގެ ރައްޔިތުން ފާހަގަކުރަމުން އަންނަ ހިތާމައިގެ ދުވަހެކެވެ. ނަކްބާ މި ލަފްޒަކީ އަރަބި ބަހެއް ކަމުގައި ވީއިރު، ބަހުގެ ލަފްޒީ މާނައަކީ އިނގިރޭސި ބަހުން ނަމަ ”ކެޓެސްޓްރޮފީ“، އަދި ދިވެހިބަހުން ނަމަ […]
ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާގައި އެމެރިކާގެ ޕޭޓްރިއަޓް ސިސްޓަމް ހަލާކުވެއްޖެ

ރަޝިއާއިން ޔޫކްރެއިނަށް އަންގާރަދުވަހު ހެނދުނު ދިން ވައިގެ ހަމަލާތަކެއްގައި އެއްފަހަރާ ފޮނުވައިލި މިސައިލުތަކެއްގެ ސަބަބުން ޔޫކްރެއިނުން ބޭނުންކުރަމުން އައި އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ދިފާޢުކުރާ ނިޒާމަށް ގެއްލުންވެފައިވާކަމަށް އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ. ”ފޭސްޑް އެރޭ ޓްރެކިންގ ރޭޑާރ ފޮރ އިންޓަރސެޕްޓް އޮން ޓާރގެޓް“ (ޕޭޓްރިއަޓް) އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ވައިގެ ދިފާޢީ ނިޒާމެވެ. ޕޭޓްރިއަޓް ފަރުމާކޮށްފައިވަނީ ތަފާތު މަތިންދާ ބޯޓުތަކާއި، ކްރޫޒް މިސައިލުގެ އިތުރުން ބަލިސްޓިކް މިސައިލުތަކުން ދިފާޢުކުރާ ގޮތަށެވެ. އެހެންނަމަވެސް، ރަޝިއާއިން ފޮނުވައިލި […]
އިމްރާން ޚާން އަނެއްކާވެސް އެންޓި ކޮރަޕްޝަން އެޖެންސީގެ އަށް ޙާޒިރު ކުރަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ކާން އަނެއްކާވެސް މާދަމާ އެންޓިކޮރަޕްޝަން އޭޖެންސީއަށް ޙާޒިރުވާން އަންގައިފިއެވެ. ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ޕާކިސްތާނުގެ ތަޙްރީކޭ އިންސާފް ޕާރޓީގެ ލީޑަރ އިމްރާން ޚާނަށް އަންގަވާފައިވަނީ ބިމާބެހޭ މައްސަލައިގާ ތަޙްގީގަށް އެއްބާރުލުން ދިނުމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ބައެއް ލިއެކިއުންތައް ހާމަކޮށްދިނުމަށާއި ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށްވެސް އަންގަވާފައިވާ ކަމަށް ބުނެފިއެވެ. […]
ދޮގު ބަޔާން ދެއްވިކަމަށް ބުނެ މުޢިއްޒުގެ މައްޗަށް އުފުލި ސާބިތެއްނުވި

ނޫމަޑި މައްސަލާގައި ދޮގު ބަޔާން ދެއްވި ކަމުގެ ތުހުމަތުގައި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މޭޔަރު މުޢިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލީ ނޫމަޑި ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނެއެވެ. މި […]
އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު ނޯޓިސް ފޮނުވައިފި

ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ގާނޫނާ ޚިލާފަށް އަމަލުކުރެއްވި ކަމަށް ބުނެ, އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މިއަދު ފަށާފައިވާއިރު, އެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބު ރިފްޢަތުގެ […]
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންނެވި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕީޖީން މަސައްކަތް ފަށާފައިވަނީ އިއްޔެގައެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން މަދުވެގެން 22 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެނގިފައިވާ ގޮތުން އީވާގެ މައްސަލަ […]
ތުރުކީގެ އިންތިޚާބުގައި އިދިކޮޅު ޕާރޓިތަކަށް މިވީ ކީއްތަ !

މިމަހުގެ 14 ވަނަދުވަހު ތުރުކީގައި ބޭއްވުނު ޢާންމު އިންތިޚާބަކީ އުސްމާނީ ވެރިކަމަށްފަހު މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އަދި އާދަޔާޚިލާފް އިންތިޚާބެވެ. އެއްކޮޅުން ވާދަކުރެއްވީއިސްލާމީވަންތަކަން ތުރުކީގައި ދެމެހެއްޓުމަށް ވަކާލާތު ކުރައްވަމުންގެންދަވާ މިހާރުގެ ރައީސް އުރުދުޣާނެވެ. ހުޅަނގުގެ ގައުމުތަކުން ދެކޭގޮތުގައި ސައްދާމް ހުސޭނު ވެރިކަމުން ދޫކުރަން ބޭނުންކުރި އުކުޅުތައް ނޫން އެހެން އުކުޅުތަކެއް ބޭނުން ކޮށްގެންވެސް އެމީހުން ދެކޭގޮތުގައި ވެރިކަމުން ދުރުކުރަން ޖެހިފައިވާ އިސްލާމީ ލީޑަރެކެވެ. އެހެނީ އެމީހުންގެ ބަހަށް ނުހެއްލި ބޮޑާ ދައްކާތީއެވެ. ދެން ވާދަކުރެއްވީ ހުޅަނގުހެ ހުރިހާ ރުހުމަކާއި ތާއީދެއް ލިބިވަޑައިގެން ހުންވެ ކަމާލް ކިލިޖްދަރޯލޫ […]
ގެއްލިގެން ހޯދަމުންދިޔަ ޢާތިފް ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިއްޖެއެވެ. މާލެއިން ގެއްލިގެން ހޯދަމުން ދިޔައީ ދ.ކުޑަހުވަދޫ/ދިލްކަޝްވިލާ ޢަލީ ޢާތިފް ސާފީ (30އ) އެވެ. ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ, ގެއްލިގެން އާއިލާގެ ފަރާތުން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކުރުމުންނެވެ. އޭނާ ހޯދަމުންދާކަން ފުލުހުންގެ އިދާރާއިން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މެންދުރުފަހު 13:40 ގައި […]