މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ޕީޖީން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންނެވި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕީޖީން މަސައްކަތް ފަށާފައިވަނީ އިއްޔެގައެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެމްބަރުންގެ ތެރެއިން މަދުވެގެން 22 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެނގިފައިވާ ގޮތުން އީވާގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ވެސް ވަނީ ހަމަވެފައެވެ.މިހާރު ކުރިއަށްދަނީ އިދާރީ ބައެއް މަސައްކަތްތަކެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަދުވެގެން 43 މެންބަރުންގެ ވޯޓާއެކުގައެވެ. އެމްޑީޕީގައި މިހާރު ވެސް 55 މެމްބަރުން ތިއްބެވިއިރު އެއީ އުނދަގޫކަމެއް ނޫނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން  ހ.ބޮޑުފެންވަޅުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުބާރު ނެތްކަމުގެ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އީވާ ވިދާޅުވީ އެމްޑީޕީއަށް ވަދެވަޑައިގަތީ މަގާމެއް ހޯއްދެވުމަކަށް ވެސް އަދި މަގާމެއް ދިފާއުކުރެއްވުމަކަށް ވެސް ނޫން ކަމަށާއި އޭނާއަށް އެއްވެސް މަގާމެއް މުހިންމެއް ނޫން ކަމަށެވެ. މަގާމު ގެއްލިދާނެތީ ބިރުނުގަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް