ތުރުކީގެ އިންޓީރިއަރ މިނިސްޓަރު އެމެރިކާގެ ސަފީރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފި

ތުރުކީގެ އިންޓީރިއަރ މިނިސްޓަރ، ސުލޭމާން ސޮއިލޫ، އެމެރިކާއިން ތުރުކީ އަށް އައްޔަންކޮށް އަންކާރާގައި ހުންނަވާ ސަފީރު ޖެފްރީ ފްލޭކް އަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ.  ހަބާރްޓާރކް ނޫހާއި ޙަވާލާދީ، ސުލޭމާން ސޮއިލޫވަނީ ”ތިޔަ މުޑުދާރު އަތުން ތުރުކީގައި އަތްނުލާތި“ މިހެން ވިދާޅުވެ ބަހުގެ ޙަމާލަތަކެއް ދެއްވާފައެވެ. އެނޫހުގައި އިތުރަށް ވިދާޅުވެފައިވަނީ ތުރުކީއަށް އައްޔަން ކުރާ ކޮންމެ އެމެރިކާ ސަފީރެއްވެސް އަވަސްވެގަންނަނީ ތުރުކީގައި ޤާނޫނާއި ދެކޮޅު ބަޣާވާތެއް ކުރުމަށްކަމަށެވެ.  ސޮއިލޫ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ ސަފީރުންގެ ވިސްނުމަކީ އަބަދުވެސް ތުރުކީ ހަލަބޮލިކޮށްލުން ކަމަށެވެ. އަދި މި އެޖެންޑާއަކީ އެންމެނަށްވެސް […]

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ޗާންދަނީ މަގުގައި ހުންނަ “ރެޑްބީ“ ފިހާރައިގައި ކަމަށެވެ. އެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާދިސާއާބެހޭ އިތުރު މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ. މާލޭގައި މީގެ […]

ޕްރޮސްޓޭޓް ކެންސަރު

ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ އާންމު ކަމެކެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ.  ޕްރޮސްޓޭޓް މައްސަލަ ގޯސްވެ ކެންސަރަށް ބަދަލުވާން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑްގައި ހިމެނޭ ސެލްތައް ބަދަލުވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިއުފެދުމާއި ބެހޭ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން މަސާނާ އާއި ކުޑަކަމުދާ ހޮޅި […]

ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުންކަމަށް ރައީސް ވިދާޅުވެއްޖެ

އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށް އިޚްލާސްތެރިވުމާއި ތެދުވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ފޭސް 1 ގައި ހެދި ސަރުކާރު އޮފީސް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުން ލިބިގަންނަންޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ޤައުމަށްޓަކައި އިޚްލާޞްތެރިވުމާއި ތެދުވެރިވުން ކަމަށާއި, އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ފެންނަނީ ވަޒީފާތަކެއް އަދާކުރުމުގެ ނުވަތަ މަޤާމުތަކެއް ފުރުއްވުމުގެ ގޮތުގައެއް ނޫން […]

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވައިލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ޝަރީފްގެ މައްސަލައިގައި ވިދާޅުވީ ދިރިހުރުމުގެ ޙައްޤަކީ އިސްލާމްދީނާއި ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަމަވެސް ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް […]

ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު ފުލުހަށް, ތަކެތި ނަގައި ނިމުމުން މިފަހަރު ވެސް ވަގުތުން ފޮނުވައިލާނެބާ!

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް އިމިގުރޭޝަނާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލެޓިވިއާގެ 49 އަހަރުގެ ފިރިހެނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. “އެ ގޮތުން ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން.“ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނަގަން އޭނާ ހައްޔަރުކޮށްފައިވާއިރު, […]

ޝަރަހައެއް: “އާދޭ އާދޭ, އެންމެން އާދޭ, އުދުހިފަ އާދޭ, ޑްރަގް އެތެރެކުރަން އުފަލުން އާދޭ“

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެންމެ ހޫނުކޮށް ކުރިއަށް ދިޔައީ ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ ވާހަކައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުންނާއި, މަޖިލީހުގެ ރައީސްގެ ފެކްޝަނުގެ މެންބަރުން ދެއްކެވީ ސަރުކާރުގައި ހުރި ދޯދިޔާކަމާއި, ދޯހަޅިކަމުގެ ވާހަކައެވެ. “ކަނު ކަލޮޔަށް އިރުވާހުދު ދެއްކިހެން,“ ދެން ތިއްބެވި ބައެއް މެންބަރުން ވާހަކަ ދެއްކެވީ ޙަޤީޤަތާ ޚިލާފު ގޮތަކަށް ރައްޔިތުންނަށް ކަންކަން “ތެދު“ ކޮށްދިނުމަށެވެ. ކޮންމެެއަކަސް ޑްރަގްގެ މައްސަލައަކީ ޤައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ދުވަހަކަށްވުރެ ދުވަހަކު […]

ކަޓްނަގާފައިވެސް އައްޑޫގެ މަގުތައްހެދޭވަރު ބަޔަކާ ޙަވާލުކުރާނެނަމަ!

އިންޑިޔާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަނުދީ އަދި ކާންނުލިބޭ ކަމަށްބުނެ އައްޑޫގައި އިޙުތިޖާޖް ކުރަމުން ގެންދަނީއެވެ. އައްޑޫސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފާވަނީ ޓެންޑަރ އުސޫލަކުން ބިޑްކޮށްގެން އަފަދަ މަސައްކަތެއް ކުރެވޭވަރުގެ ފެންވަރުހުރި ނުވަތަ އެންމެ އަގުހެޔޮ ފަރާތެއް ބެލުމަކާއި ލައިގެނެއްވެސް ނޫނެވެ. މި މަސައްކަތް ހުއްޓިފައިވާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ. މަސައްކަތް ހުއްޓުމާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުންތަކެއް ހުރިކަމަށް އައްޑޫސިޓީ ކައުންސިލަރަކު ވަނީ ހާމަކޮށްފިއެވެ. ނަމަވެސް ކައުންސިލްއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ކައުންސިލަރ ވިދާޅުވިއެވެ. މިކަމާއި ބެހޭގޮތުން އަައްޑޫސިޓީން ވާހަކަދެއްކެވި ރައްޔަތަކު، އިބްރާހިމް ސޯލިޙު […]

ވަނަވަރު އަންގަން ބޭނުން ނުވާމީހަކު 30 މިލިއަން ޑޮލަރުގެ އެހީ ތުރުކީ އަށް

އިންސައިޑަރުން މިއަދުގެ އެންމެ ހޫނު ޚަބަރުތަކުގެ ތެރޭގައި އެމެރިކާގައި ދިރިއުޅޭ ޕާކިސްތާނު ދަރިކޮޅު، އެމެރިކާގެ ރައްޔިތަކު 30 މިލިއަން އެމެރިކާ ޑޮލަރާއެކު އެމެރިކާގައި ހުންނަ ތުރުކީގެ އެމްބަސީއަށް ދިން ޚަބަރު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރަމުން އެބަ ގެންދެއެވެ.  ޚަބަރުތައް ބުނާގޮތުގައި އޭނާގެ ބޭނުމަކީ ތުރުކީގައި ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވެ ދިނުމެވެ.  އަދި މި ބޮޑު އެހީ ދިނުމުގައި އޭނާގެ ވަނަވަރު ހާމަކުރަން ބޭނުން ނުވާކަމަށް އޭނާ އެދިފައިވެއެވެ. ޚަބަރު ތަކުން އެނގޭ ގޮތުގައި ބިންހެލުމުގައި މަރުވެފައިވާ މީހުންގެ އަދަދު […]

ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިގެން ބަޔަކު އެބަ އުޅޭ: ޤާސިމް

ކޮންމެވެސް ބަޔަކު ޤާނޫނުއަސާސީގެ ބާރުކަނޑުވާލައިފި ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ޑްރަގް ޓްރެފިކްކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް އަލަށް އެކުލަވައިލި ގަވާއިދު އިސްލާހުކުރަން ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޤާސިމް މިއަދު ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް ގަވާއިދެއް ނެހެދޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ގަވާއިދެއް ނުހެދޭ ތަނުގައި އޭގެއިތުރުން ކުރާ ޢަމުރަކަށް […]