ޕްރޮސްޓޭޓް ކެންސަރު

Loading

Facebook
Twitter
WhatsApp

ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ އާންމު ކަމެކެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. 

ޕްރޮސްޓޭޓް މައްސަލަ ގޯސްވެ ކެންސަރަށް ބަދަލުވާން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑްގައި ހިމެނޭ ސެލްތައް ބަދަލުވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ.

ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިއުފެދުމާއި ބެހޭ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން މަސާނާ އާއި ކުޑަކަމުދާ ހޮޅި އާއި ގުޅޭ ހިސާބުގައި އެހޮޅީގެ ވަށައި ލެވިގެންނެވެ. މިގްލޭންޑްގެ މަސައްކަތަކީ މަނީގައި ހިމެނޭ ދިޔަ އުފެއްދުމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުންނަށް ޖެހޭ ކެންސަރުގެ 16-20 ޕަސަންޓަކީ ޕްރޮސްޓޭޓް ކެންސަރެވެ. އާއްމު ގޮތެއްގައި މި ބާވަތުގެ ކެންސަރު ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.

ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތައް:

* އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހުން. 

* ދަނޑުވެރިން / ދަނޑުވެރިކަން ކުރުން . 

* ތަފާތު ބާވަތްތަކުގެ ކެމިކަލްތައް ބޭނުންކޮށްގެން ކުލައާއި ދަވާދުލުން ފަދަ  މަސައްކަތްކުރާ މީހުން·  

* ކެޑްމިއަމްއަށް ހުށަހެޅޭ މީހުން. 

ޕްރޮސްޓޭޓް ގްލޭންޑްއަށް ކެންސަރުޖެހިދާ ސްޓޭޖް ކަމުގެ ޢަލާމާތްތައް ބަލީގެ ކުރީކޮޅު ފާހަގަކުރަން އުދަނގޫވާނެ އެވެ. ޕްރޮސްޓޭޓް ކުރީކޮޅުގެ ޢަލަމާތުގެ ތެރޭގައި ރޭގަނޑު ނިދި ގެއްލޭގޮތައް ކުޑަކަމު ދިއުމަށް ގިނަގިނައިން ތެދުވެން ޖެހޭކަމުގައި ވެއެވެ. އަދި ގިނައިން ކުޑަކަމުދާން ޖެހިފާވާހެން ވަރަށް ގިނައިން ހީވާނެއެވެ.  

ނަމަވެސް ބަލީގެ ފަހުގެ މަރުޙަލާތަކުގައި ބައެއްކަހަލަ ޢަލާމާތްތައް ފެނެއެވެ. 

އެގޮތުން ކުޑަކަމުދާއިރު ތަދުވުމާއި ދިލަ ނެގުމާއި ޖިންސީ އެދުން ފުއްދޭއިރު ތަދުވުމާއި ކުޑަކަމުދާ ތަކެތީގައި ލޭ، މަނި، ނުވަތަ ދޮސް ހުރުން ފަދަ ކަންކަމާއި ބޮޑުކަމުދާއިރު ތަދުވުން ފަދަ ކަންކަން ހިމެނެއެވެ.

ޕްރޮސްޓޭޓް ކެންސަރަކީ އޮޕަރޭޝަން ކޮށްގެންނާއި ކީމޯތެރަޕީ އަދި ރޭޑިއޭޝަން ތެރަޕީ ދީގެން ފަރުވާކުރެވިދާނެ ބައްޔެކެވެ.

Loading

One Response

  1. ވަރަށް މުހިންމު ލިޔުމެއް. ތަފާތު މިކަހަލަ ލިޔުންތައް ވަރަށް ބޭނޫންވާނެއެވެ. ރާއްޖޭގެ ސިޔާސީ ރަންޑީ ކުޅީގެ ޚަބަރު ކިޔާހިތެއް މިހާރަކު ނުވެއެވެ. މަކަރާ ޙީލަތުން ދައުލަތުން ވައްކަން ކުރުމަށް ކޮންމެގޮތެއް ހަދާފަވެސް އެމީހުން ބޭނުންވަނީ ސަރުކާރެއްގައި ބައިވެރިވެ ބައިއެޅުމެވެ. ވަރަށް ގޯސް އިންސާނުންތަކެކެވެ. ދޮގުން ފުރިފައިވާ ބައިގަނޑެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް