ބަޣާވާތް ދިވެހީންނަށް އޮޅުވާލުން ނުވަތަ އޮޅުނީ

އާދެ! ތާރީޚް އެއީ އެއިރެއްގައި ލިޔުނު ބަޔަކު ލިޔުނީމަ ލިޔުނު އެއްޗަކަށް ވެދެއެވެ. އެހެނަސް ލޮލަށް ފެންނާން ހުރި ޙަޤީޤަތްތައް ނުވަތަ އަމާނަތްތެރި ޚަބީރުންގެ ކިބައިން ލިބޭ ޚަބަރުތަކަކީ ކޮންމެ ޒަމާނެއްގައިވެސް ބަޔަކު ލިޔެ ފޮރުވާ ނުވަތަ ދެން އަންނަން އޮތް ޖީލުތަކަށް ކިޔައިދޭ ނުވަތަ ނަގުލުކޮށްދޭ ވަރަށް މުހިންމު ތަކެއްޗެވެ. ދިޔަމިގިލީ ރަސްކަމުގެ ދުވަސްވަރު ޤާޟީ ޙަސަން ތާޖުއްދީންގެ ދެބެއިން ވެރިކަމުގެ ދަހިވެތިކަމުގައި މިޤައުމަށްކުޅަ ދެރައިގެ ސަބަބުން ދިމާވި ކަންތަކުގެ ނަތީޖާއެވެ. މުރުތައްދުވި 9 ވަނަ ޙަސަނުގެ ކްރިސްޓިއަން […]
ރައީސް ޔާމީނުގެ ޙުކުމް އިސްތިއުނާފު ކުރުމަށް ހުރަސް އަޅާ

ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލުގެ ޙުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރުމަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ޙައްގަށް ސަރުކާރުން ހުރަސް އަޅަމުން ދާކަމުގައި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ޙުކުމެއްވަނީ 25 ޑިސެމްބަރުގައި އިއްވާފައެވެ. ޒޭން ވިދާޅުވީ ދަށު ކޯޓުން ކުރާ ޙުކުމް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ޙައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްގެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ.ނަމަވެސް ރައީސް ޔާމީންގެ […]
ސްރީލަންކާ ޖެހުނު ދަރަނީގެ ދަންތޫރައިން ސަލާމަތްނުވެވިފާ

ސްރީލަންކާ އަށް މެދުވެރި ބޮޑުތަދުން ސަލާމަތް ވުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން އެ ގައުމުން ނިންމައިފިއެވެ. ސަރުކާރުގެ ސްޕޯކްސްޕަރސަން އަދި މީޑިއާއާއި ބެހޭ ވަޒީރު ބަންދުއްލާ ގުނަވަރްދަނާ ވިދާޅުވީ ކޮންމެ މިނިސްޓްރީއަކުން ހުށައަޅާ ބަޖެޓުން 5 އިންސައްތަ އުނިކުރާނެކަމަށާއި މިއީ ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމުގައެވެ. ސްރީލަންކާގެ ޕާރލަމެންޓުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ނެގެހެއްޓުމަށާއި ސަބްސިޑީ ދެމުންގެންދާ މިންވަރު ކުޑަކުރުމަށް ބާރު އަޅަމުން 5.82 ބިލިއަން އެމެރިކާ ޑޮލަރުގެ […]
އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އީވްނިން ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 6:12 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށްވެސް ބުންޏެވެ. އިވްނިން ކެފޭހައި އަލިފާން ފުރަތަމަ ރޯވީ ދެ ބުރިއަށް ހަދާފައިވާ އެ ކެފޭގެ އުނދުނެއްގައެވެ. ނަމަވެސް އަލިފާންގަނޑު ދެވަނަ ބުރިއަށް ފެތުރިފައެވެ. އެއީ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެކެވެ. އިވްނިން ކެފޭގައި ރޯވި އަލިފާންގަނޑު މިހާރު […]
މާދަމާ ރައީސް ސޯލިޙް އައްޑޫއަށް

ދެވަނަ ދައުރަކަށް ވެރިކަން ހޯއްދެވުމަށްޓަކާ އެމްޑީޕީ ގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ހިންގަވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މާދަމާ އައްޑު އަށް ވަޑައިގަންނަވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ޙާއްސަ ރަސްމިއްޔާތަކާއި ގުޅުވައިގެން ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އައްޑު އަށް މިކުރައްވާ ދަތުރުފުޅުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ […]
އިންޑޮނޭޝިޔާގެ ނިއު ކެޕިޓަލް ތަރައްގީކުރުމުގައި މެލޭޝިއާ ބައިވެރިވާނެ

އިންޑޮނޭޝިޔާއާއި މެލޭޝިޔާ ޙިއްސާ ކުރަމުންގެންދާ ބޯރނިއޯ ޖަޒީރާގައި އަލަށް ޢިމާރާތްކުރެވޭ އިންޑޮނޭޝިޔާގެ ވެރިރަށް ތަރައްގީކުރުމުގައި މެލޭޝިޔާއިން ބައިވެރިވާނެ ކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުގައި ޖަކާޓާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާތަނަށް މެލޭޝިޔާގެ ދިހަވަރަކަށް ކުންފުނިން ނުސަންތާރާގައި އިންވެސްޓް ކުރާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނުސަންތާރާއަކީ ބޯނިއޯ ޖަޒީރާގައި އަލަށް ބިނާކުރެވޭ އިންޑޮނޭޝިޔާގެ އާ ވެރިކަންކުރާނެ ރަށެވެ. އިންޑޮނޭޝިޔާގެ މިހާރުގެ ކެޕިޓަލް ސިޓީ ޖަކާޓާއިން ނުސަންތާރާއަށް ވެރިކަން ބަދަލުކުރަން ނިންމާފައިވަނީ 2019 ވަނައަހަރުގައެވެ. އެއީ ޖަކާޓާއިން ފެށިގެން […]
ޕެޓްރޯޑޮލަރުން ޕެޓްރޯޔުއާނަށް ބަދަލުވުމުގެ މަގު ބެއިޖިންނާ ދިމާލަށް

ކައިރިމުސްތަގްބަލް ގައި އެމެރިކާޑޮލަރުގެ އެއްވަނަ މަގާމު ބަދަލުނުވެދާނެއެވެ. އެކަމަކު ދުނިޔޭގައި އެންމެގިނައިން ތެލުގެ ބާވަތްތައް އެތެރެކުރާ ގައުމަކަށް ޗައިނާ ވުމާއިއެކު ޕެޓްރޯޑޮލަރުގެ ބާރުކެނޑި ޕެޓްރޯޔެންއަށް ބަދަލުވުމުގެ މަގުތައް ބެއިޖިންއާއި ދިމާލަށް ހުޅުވިގެން ހިގައްޖެއެވެ. މިހާތަނަށް ޗައިނާއިންވެސް ތެލުގެ ބާޒާރުގައި ބޭނުން ކުރަމުން އައީ އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް ޗައިނާއިން ގަންނަ ތެލުގެ ބާވަތްތަކަށް މިހާރު އަގު އަދާކުރަން ބޭނުންވަނީ ޔުއާނުންނެވެ. ކޮންމެ ވިޔަފާރިއަކީވެސް ވިއްކާމީހާއާއި ގަންނަމީހާގެ އިޚްތިޔާރުތަކެއް އެކުލެވިގެންވާ މުޢާމަލާތެކެވެ. އެހެންވީމާ ޗައިނާއަށް ތެލުގެބާވަތްތައް ވިއްކަން އެދޭނަމަ ޔުއާނުން އަގު ގަބޫލުކުރަން މިއޮތީ މަޖްބޫރުވެފައެވެ. ތަޖްރިބާކާރުން […]
ކޮވިޑްގެ އާ ވޭރިއެންޓެއް ސިންގަޕޫރު ސިއްސުވާލައިފި

ކޮވިޑްގެ އައު ވޭރިއެންޓް އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ސިންގަޕޫރުގެ ސިއްހީ އިދާރާތަކުން އެ ގައުމުގެ ރައްޔިތުންނަށް މާސްކް އެޅުމަށް ގޮވާލައިފިއެވެ. ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓް XBB ނަމަކަށް ކިޔާ މި އައު ވޭރިއެންޓަކީ މުޅި ދުނިޔެ ސިއްސުވާލި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓަށް ވުރެ ފަސް ގުނަ ބާރުގަދަ ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ވޭރިއެންޓްގެ ވައިރަސް ޖެހުމުން ކެއްސާ ކިނބިހި އެޅުމާއި ހުން އައުން ފަދަ އަލާމާތްތަކެއް ނުފެނެއެވެ. މި ވައިރަހުން އިންފެކްޓް ވުމުން ފެންނަ […]
ޤާނޫނީ ކަންކަން / ކޯޓުން ބޭރުން ކަންކަން ހައްލު ކުރުން- 2

https://sandhaanu.today/25922/ އާއި ގުޅޭ… އާބިޓްރޭޝަންގައި ޞުލްޙަ އިސްލާމީ ޝަރީޢަތުގައި ޞުލްޙަ އަދި އާބިޓްރޭޝަން އަކީ މުޅިން ވަކިކުރެވިފައި ދޭއްޗެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތާއި ކީރިތި ރަސޫލާ صلى الله عليه وسلّم ގެ ސުންނަތުން ޞުލްހައިގެ ގޮތުގައި އާބިޓްރޭޝަން ބޭނުން ކުރެވިދާނެކަން އެނގެން އެބައޮތެވެ. ތިންވަނަ ބައިވެރިއަކު ބޭނުން ކޮށްގެން އާބިޓްރޭޝަން ގެ ގޮތްތަށް ކަމުގައިވާ ކޮންސިލިއޭޝަން އަދި އެޖުޑިކޭޝަން ބޭނުން ކުރެވިދާނެކަން ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތުން އަދި ކީރިތި ރަސުލާ صلى الله عليه […]
ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލިއްޖެނަމަ ރައީސް ޔާމީންއާއި ގުޅޭނެ!

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެނަމަ ރައީސް ޔާމީން އާއި ގުޅިގެންނަމަވެސް އެމްޑީޕީ ޙިސޯރުކޮށްގެން އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ރިޝްވަތާއި ނުފޫޒްގެ ބޭނުންކޮށްގެން އަތްގަދަކޮށްގެން އުޅޭ ހިންގާލާ ގުރޫޕް އަތްދަށުން ގައުމު ސަލާމަތް ކުރަށްވާނެކަމަށް ނަޝީދުގެ ފެކްޝަންގެ ބޮޑަކު ސަންދާނަށް ވިދާޅުވެއްޖެއެވެ. އަދި މިވަގުތު ނަންހާމަކުރަން ބޭނުންނުވެ އޭނާ ކިޔައިދިންގޮތުގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ ފިކުރު ނުދަންނަ ބަޔަކު ރައީސް އިބޫގެ ބޮލަށް ސަވާރުވެގެން ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ނަމުގައި ގައުމުދަރުވާލީއެވެ. އަދި ޖުމްލަގޮތަކަށް ރައްޔަތުންނަށް މިވަނީ […]