ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލިއްޖެނަމަ ރައީސް ޔާމީންއާއި ގުޅޭނެ!

Loading

Facebook
Twitter
WhatsApp

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެނަމަ ރައީސް ޔާމީން އާއި ގުޅިގެންނަމަވެސް އެމްޑީޕީ ޙިސޯރުކޮށްގެން އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ރިޝްވަތާއި ނުފޫޒްގެ ބޭނުންކޮށްގެން އަތްގަދަކޮށްގެން އުޅޭ ހިންގާލާ ގުރޫޕް އަތްދަށުން ގައުމު ސަލާމަތް ކުރަށްވާނެކަމަށް ނަޝީދުގެ ފެކްޝަންގެ ބޮޑަކު ސަންދާނަށް ވިދާޅުވެއްޖެއެވެ.

އަދި މިވަގުތު ނަންހާމަކުރަން ބޭނުންނުވެ އޭނާ ކިޔައިދިންގޮތުގައި ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ ފިކުރު ނުދަންނަ ބަޔަކު ރައީސް އިބޫގެ ބޮލަށް ސަވާރުވެގެން ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގެ ނަމުގައި ގައުމުދަރުވާލީއެވެ. އަދި ޖުމްލަގޮތަކަށް ރައްޔަތުންނަށް މިވަނީ އަނިޔާވެރިވެފައެވެ.  ސަބަބުތައް ބައިވަރެވެ. ފެކްޝަން ނަޝީދުން ކިޔައިދިން ގޮތުގައި އިންޑިޔާގެ އަތްދަށަށް މިވަރަކަށް ގައުމު ގެންދެވުނީ ބެލެންސް ފޮރިން ސިޔާސަތެއް ގެންގުޅެން ނޭނގުމުންނެވެ. 

ކޯލިޝަންނަށް ބައި އެޅުމަށްޓަކާ މަތިބަރު ސަރުކާރެއް އުފަށްދައި އަދި މިނިސްޓަރުންގެ ގޮތުގައިވެސް ޕަރފޯމް ނުކުރެވޭ ފެންވަރުދަށް ނާގާބިލް ގިނަ މިނިސްޓަރުން ތަކެއް އިސްކުރެވި އަދި އެމީހުންނަށް ޕަރފޯރމް ނުކުރެވޭކަން އެނގުމުންވެސް އެފަދަ މަގާމުތަކަށް ބަދަލު ނުގެވުމުގެ ސަބަބުން އެނގިގެން ވިޔަސް ނޭންގިވިޔަސް އިންޑީޔާގެ ބާރުގެދަށް ގައުމުމިވަނީ ގޮއްފައެވެ. ހަމަ އެހެންމެ އެމްޑީޕީގެ ފިކުރާއި ދެކޮޅަށް ރައީސް ޔާމީނުގެ ސަރުކާރަށް ވުރެވެސް ސިޔާސީ މަގާމުތަށް ގިނަކޮށް ކޯލިޝަން ރުއްސުމަށްޓަކައި ސިޔާސީ މަގާމުތަށް ޑަބަލްއަށް ވުރެވެސް ގިނަވީއެވެ. އޭގެ މާނަޔަކީ އެމީހުންގެ މުސާރަތަކާއި ޢިނާޔަތްތަށް ސިވިލްސާރވަންޓުންގެ އެންމެގެ މުސާރަޔަށްވުރެ ޖުމްލަ ބޮޑުވީއެވެ. އަދި ހަމަ އެހެންމެ އެމްޑީޕީގެ ގިނަ މެމްބަރުންނަށް ފުރުސަތު ގެއްލިފައިވުންވެސް އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އެމްޑީޕީގެ ސިޔަސަތުތަކާއި ދެކޮޅަށް މިފަދަ ނާގާބިލް ސަރުކާރެއް ހިންގަމުންދާއިރު އަޅުގަނޑުމެނަކަށް ބޮޑުވަރިހަމަ ވެގެންނެއް ނުތިބެވޭނެ. އޭނާ ބުނިގޮތުގައި ހިންގާލާ ގުރޫޕުން ”ބާޣީން“ ނާއި އެކު ކޯލިޝަން ހަދައިގެން ދައުލަތް ހިންގުމަށް ނާގާބިލު މިނިސްޓަރުތަކެއް ލައިގެން އެމީހުންގެ މަންފާ ޔަގީން ކުރުމަށް އިންޑިޔާ ފަރސްޓް ޕޮލިސީ، އެމްޑީޕީގެ ގްރާސްރޫޓް މެޖޯރެޓީ މެމްބަރު ގަބޫލެއް ނުކުރެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދެވުނުޙަމަލާވެސް ވަރަށް ފިނިކޮށް ނިންމާލެވިފައި ވާކަން އެންމެނަށް ވެސް އެނގޭނެ. ފައިނޭސް ކުރީ ކާކުތޯ އަދި އެ ނިރުބަވެރި ޙަމަލާ ބޯމަތިވަމުން އަންނަކަން އެމީހުނަށް ރިޕޯޓްކުރުމުންވެސް ބީރުކަންފަތެއް ދީގެން ތިބިތިބުން މިހާރު އަހަރެމެން ޝައްކުގެ ނަޒަރުން ބެލޭ. އޭނާ ބުންންޏެވެ.

ގައުމަށްޓަކައި އެމްޑީޕީ އެގޮތަށް ބަޔަކު ޙިސޯރުކޮށްގެން އެމްޑީޕީ އިން ރައްޔަތުންނަށް ވެފައިވާ ވަޢުދުތަށް ނެތިކޮށްލައި ބައެއްގެ ފައިދާއަށް އާއި މަންފާއަށް ގައުމު ކަތިލާކަށް ޖާގަނުދެވޭނޭކަށެވެ. އެހެންވީމާ މިމަހު 28ގައި ޕްރައިމަރީން ނަޝީދުގެ ފެކްޝަން ބަލިވުމަކީ އެމްޑީޕީ ބަލިވުން ކަމުގައެވެ. މިހާރުވެސް އިބޫފެކްޝަންގެ ބުރޯމެން އެވަނީ އަހަރެމެންގެ އެތަކެއް ހާސް މެމްބަރަކު މިޕާޓީއިން ވަކިކޮށްފައެވެ. ވީމާ ނަތީޖާ ވަގަށް ނުނަގާނެޔެކޭ ބުނާކަށް ނުކެރޭނެެއެވެ. އެހެންވެއްޖެނަމަ އެހިސާބުން އަހަރެމްން އެމީހުނަށް އަމާންދޭވަރަށްވުރެ ރައްޔަތުންގެ ތާއީދު އަހަރެމެނަށް ބޮޑެވެ. 

ދެން ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ ރޭހުގައި ބައިވެރިވުމަށްފަހު ފުރަތަމަ ރައުންޑްގެ ނަތީޖާއަށް ބަލައި، އެންމެ ގައުމަށް އަދި ރައްޔަތުންށް ފައިދާ ބޮޑީ ކޮންގޮތަކަށްއަހަރެމެން ނިންމާނަމެވެ. 

މިހާރުވެސް ދެވަނަ އޮޕްޝަން އޮތީ ހުޅުވިފައެވެ. ރައީސް ޔާމީނު އާއި މިފެކްޝަންގުޅެފިނަމަ ދެން އެމީހުން ޖެހޭނީ މަހަށްދާން ކަމުގައިވެސް އޭނާ ބުންޏެވެ. ނިކަން ފޯރިގަދަކޮށް ނިމާލާނެ ކަމަށް ބުންޏެވެ.

Loading

6 Responses

  1. ރައްޔިތުންނަށް އެންމެ މޮޅުގޮތޭ ނުކިޔާ ތިޔަ ހުރިހާ ފެކްޝަންތަކުން މަހަށްދޭބަލަ. ޓެކްސީއަކަށް އެރިޔަސް މިހާރު ދައްކާ ވާހަކަ އަކީ ޑިމޮކްރެސީން ދިވެހިރައްޔިތުންނަށް ގެނެސްދިން “ ބަލާވެރިކަމުގެ “ ވާހަކަ.

  2. ޔާމީނާއި އޭނަގެ އަވްވާނުންނަށް ވެރިކަންލިބިއްޖެނަމަ ޔަޤީންވާކަމަކީ
    އެއްމއކުރިން ޖަލަށްލާ މީހުނއގެ ތެރޭގައި އާބިދާގެ މުހައްމަދު ހިމެނޭ ނެ!
    ރާއްޖޭގަ ބޮޑުހުޅުޖެހިމަދްއަލަގައވެސް އައްނި 8000 އަހަރަށްޖަލަށްލާންޖެހޭ!

  3. އެމްޑީޕީގެ ސިޔާސަތާއި ފިކުރު މިހާރު ކާކަށް ނޭންގެނީ؟ ކުރުކޮށް ބުނެލަންޏާ ހެދުނު ދޮގެއް ހަދައިގެން ރައްޔަތުން ބޯކާލައިގެން ވެރިކަން ކުރުމެވެ. ނަޝީދުވެސް ކުރީ ހަމަ އެކަމެވެ. ތަފާތަކީ އިބޫވެސް އިންޑިޔާއަށް ގައުމުދިންކަމެވެ. ނަމަވެސް އެއީވެސް ހަމަ އެމްޑީޕީގެ ވެސް ފިކުރެވެ. އެހެނީ އެވެސް ވެރިކަމުގައި ތިބުމަށެވެ. މާބޮޑު ތަފާތެއް ފިކުރުގައެއް ނެތެވެ.

  4. ޔޭސް، ހަމަ ކޮށްފާނެ ކަމެކެވެ. އެހެނީ ބޭނުމީ ވެރިކަމުގައި ބެއްދުމެވެ. ވީމާ ޔާމީނާ އެކުގަވެސް އެމްޑީޕީ ތި ކިޔާ ބާޣީ ގުރޫޕާއި އެކުގަވެސް ވެރިކަމުގައި ބެއްދެންޏާ ހަމަ އޯކޭ ނޫންތޯއެވެ. ސިވިލް ސާރވަންޓުން ދައުލަތް ހިންގަންތިބޭނޭެ ކޯޑިނޭޓަރު ގެ މައްޗަށް ކޯޑިނޭޓަރުން ލައިގެން ޔާމީނު ހެޔޮނުވާނެ ނޫންހޭ ރައްޔަތުންގެ ފައިސާ އެގޮތަށް ތަޅާ ބުރުވަން ދެރަވެ ދެރަވެފާ ކީ އިބޫ ހީވޭތޯ ކަމެއް ހެން. ސިވިލް ސާރވަންޓުން އެންމެނަށް ޚަރަދު ކުރާވަރު ސަރުކާރެއް ހިންގަން ސިޔާސީ މީހުންތައް އެ ޚަރަދުކޮށްލަނީ. ސަހަރޯ،، މަ ހަމަބުރާންތި އަރައިފިއެވެ. އެމްޑީޕީގެ ދޮގުތަކާއި މަކަރުން ގައުމު ސަލާމަތްކުރަން އެންމެންވެގެން އަލުން ހިފުން ނޫންގޮތެއް ނެތެވެ. ގިރިތަށް ހަލާކުރި ބައިގަނޑުވެސް ދެތިން މަސްދުވަހުގެ ރެސްޓަކަށް ފަހު އެނުކުތީއެވެ.

  5. ގައުމު ފާލުން ނެއްޓުވީ ކާކުތޯއެވެ. އެނގޭ މީހަކު ހުރިއްޔާ ޖަވާބު ދެއްވާށެވެ. ދިމާވޭތޯބަލަން. މަށަށް ހީވާގޮތާއި ދިމޭވޭތޯބަލާލަން ބޭނުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް